އަދުގެ ޚާއްސަ

Print

އެ ކުނިވަށި

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

             
ޝާކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

ރީތި އެކިއެކި ކުލަކުލައިގާ ވާއެއީ ހަމަވައްޓެކޭ
         ރީތި ބައްޓަންތައް ގެނެސްފައި ފައި ހުއްޓަކަސް އޭ ވައްޓެކޭ

ސާފުކޮށް ގިރިޓީކުރާ ތަންތަނުގެ ކުނިތައްވެސްއަޅާ
         ސާފު ރަންކުލަ އެރިޔަކަސް  މުޑުދާރު އޭ ހަމަ  ވައްޓެކޭ

ބޭނުމެއްނެތިގެން އުކާލާ މުޅަތަކެތިވެސް ފާޅުގާ
         މޭނުބައި ކުރިޔަސް  އަޅަންޖެހިފައި  އެއީ  ދެރަ  ވައްޓެކޭ

ހަރުތަކެއްޗާ މަޑުއެތައް ބާވަތުގެ ކުންޏާވެސްއެކީ
         ކަރުގޮހޮރު  ލޭފެންއަޅާ ވަސްވެސް ނުބައި އޭ     ވައްޓެކޭ

ކާކުހޭ ފަހެ ނާޅަނީ ކަރުކެހިފަ ކުޅުގަނޑު ނުޖަހަނީ
         ކާކުހޭ    ހޭހަންކުރާނީ     ކުނިއަޅާ   ހަޑި   ވައްޓެކޭ

ޙުރުމަތެއް ދެވިފައިނުވާތީ  ކުނިއަޅާއިރުގާ އެއަށް
         ވަރުވަރުން  ގެއްލުން  ލިބުން ހައްދެއްނުވާ އޭ   ވައްޓެކޭ

އެންމެމީހަކު ކުނިއަޅާނަމައީ ވަރަށް ތަރުތީބުކޮށް
         ނަންކުރާ ބޮޑު ކުނިގޮނޑަށް  ނުމެވާނެ އޭ ހަމަ   ވައްޓެކޭ

ހާދަ ވަރަކަށް އެބަރޮއޭ މަޖުބޫރުވާތީ މިކަމުގާ
         މާދަމާ  ގިންޏަށް  ބިރުން ވިރި  އޮހޮރެމުންދާ   ވައްޓެކޭ

ނަސްލުފެށުނީ ކުނިގޮޑުން ކަމުގައިވިޔަސް އެ ފަކީރަކީ
         ގިސްލަ   ގިސްލާފާ  ލޮލުން  ލޭ  ކަރުނަ އޮހޮރާ   ވައްޓެކޭ

(ނިމުނީ)

އިދާރާ

ވާހަކަ