އަދުގެ ޚާއްސަ

Print

ވިހަ ހަރުފަ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޝަކީލާ ޙާމިދު

ކުރިމަތީ ހުރި ގޮނޑީގައިވި  މައިނާ   ފުރި އުތުރި ގެން އަރާފަދަ ޚަޒާނާ
        އަރިއަހުން ލިބުނު  އެކިއެކި ހަނދާނާ ދިރިމަހުންނަށް ލިބުނު ތީއެކާނާ

ރީތި ނަލަނަލަ ހަނދެއްފަދަވި މޫނާ   ރީތި ހިނިތުންވުމުގެ ތިޔަ ނަމޫނާ
        ވީތިބާ އަރިހުގައި  ގިނަ ހަނދާނާ  ރީތިމަސްތީ  ބެލުމުގައިވި ހޫނާ

ލޯބިވެތިބަސްތަކާ ގިނަ އަދާތައް  ލޯބި ފިރުމުންތަކާ ހެޔޮދުޢާތައް
         ލޯބިލޯބިން އެދިން ގިނައުފާތައް   ލޯބިހިތުގައި  ފެވުނުތިޔަ ހަނދާނާ

ކަޅިރަވައިން ފޮނުވި ޖާދޫގެ އަސަރުން އޮޅިމަގޭ ބުއްދިފިލިޔޭ އެނަޒރުން
         ވަޅިޔަކުން ނޫނަކަސް ވީއެޒަޚަމުން  މުޅިޙަޔާތް  ބަނަވެ ވީއަދު މަރޯނ
ާ
މަޑުމަޑުން ބަދަލު އަންނަންފެށީމާ  ބަނޑިތަކެއްފެނުނެ ހަށިގަނޑު ބެލީމާ
         އަޑުއަހާށޭ  މަށަށްލިބުނު ސިހުމާ ދަނޑިވަޅުން ބަދަލުވީ ރިތި  މޫނާ

ހަށިގަނޑަށް އެކިބަދަލު އައި ގޮތުންނާ  ތޮށިގަނޑެއް ކުރަކި ލެވިފައި ވުމުންނާ
         ފޮށިއެހެން ކުޅުޖަހާ  ވިހަލުމުންނާ ކޮށިވެ  ވިސްނުންއެރީ  އާސްމާނާ


ވެއްޖެދުޅަ ހަށިގަނޑާ މޫނުއެކުގައި  ކެއްނުވާވަރުގެ ދިލައެއްނަގާފައި
          ނެތްލިބޭނޭ ޝިފާއެއް މިކަމުގައި ދެންނިކުމެގެން ހިނގައިދާނެ އަހަރެން ފުރާނާ

ވިސްނަވާށޭ މަށަށްލިބުނު ކެހިއަދު  ހުސްނުބާނޫގެ ދަރުބާރު ދުއްހިދު
          ރަސްމު ފުރިހަމަވެގެން ދިޔަގޮތާމެދު  އަސްލު  އަހަރެން  ވެފައިވީ ދިވާނާ

ކުރި އެއިތުބާރު ގެއްލުނު ގޮތާމެދު  ހުރެވުނީ ސިކުނޑި ސުމަކަށް އަރާއަދު
         އަރިއަހުން ފެނުނު ނިޔަނެތިކަމާމެދު މަރުވެދާނޭ ލިބޭ ގަދަމި  ވޭނާ

އެންމެ ފުރަތަމަ މަށަށް ހީކުރެވުނީ އެންމެނާ އެއްފަދައިން ސޫރަވެވުނީ
        އެންމެހާ ލޯތަކަށް  ހާމަވެވުނ ީ އެންމެ ކަމުދާ  އެއީކަމު  ނަމޫނާ

ގެންގުޅޭނަމަ މިފަދަ ވިހަ ހަރުފަތައް  ގެއްލުމެއްދީ ހިނގައިދާނެ މިގޮތަށް
        ދެންލިބުންނެތް ގޮތެއްގައި  އުފާތައް  ހެއްލުމުން ގެއްލިދާނޭ  ޒަމާނާ

(ނިމުނީ)


އިދާރާ

ވާހަކަ