އަދުގެ ޚާއްސަ

Print

ހަރުފަޔާ ކުޅޭ ތުއްތު ކުއްޖާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްމުޢީދު ޙަސަން


މިއީ އިންޑިއާ މީހެއްގެ އަންހެން ކުއްޖެކެވެ. މިކުއްޖާގެ ބައްޕަ ބުނާ ގޮތުގައި އޭނާގެ ދަރިފުޅަށް ކުޅޭއެއްޗެއް ގަނެދެވޭހާ ތަނަވަސް ކަމެއް އޭނާގެ ކިބަޔަކު ނެތެވެ. މިހެންވެ، ދަރިފުޅަށް އޭނާ ގެނެސްދެނީ ހަރުފަ އެވެ. ބިރެއް، ޖެހިލުމެއް ނެތި، އޭނާގެ ދަރިފުޅު ހަރުފަޔާ ކުޅެ އެވެ. މި ކުއްޖާގެ ޢުމުރަކީ އެންމެ ހަމަހެވެ.

މިކުއްޖާގެ ބައްޕައަކީ ހަރުފަ ހިފުމުގެ މަސައްކަތްކުރާ މީހެކެވެ. ދަރިފުޅު ކުޅެން އޭނާ ގެނެސްދެނީ ވިހަ ނުލާ ވައްތަރު ހަރުފަ އެވެ. ނަމަވެސް މިބާވަތުގެ ހަރުފައަކީ ވެސް ނުރައްކާތެރިކަން ވަކިން ކުޑައެއްޗެއް ނޫނެވެ. މިކުއްޖާގެ ގައިގައި އޮޅިގަނެގެން މިކުއްޖާ މަރާލުމުގެ ބާރު މިބާވަތުގެ ހަރުފައަށް ލިބިފައިވެ އެވެ.



މިކުއްޖާ ކުޅެން ގެންގުޅޭ ބައެއް ހަރުފަތަކުގެ ދިގުމިނުގައި ހަފޫޓު ހުރެ އެވެ. ބައެއް ހަރުފަތައް އެއަށްވުރެ ކުޑަ އެވެ. ނަމަވެސް އެއިން ހަރުފައެއް ދުވަހަކުވެސް މިކުއްޖާއަކަށް ގޯނާއެއް ނުކުރެ އެވެ.




މަޞްދަރު:
އައްރިޔާޟު ދުވަހު ނޫސް
އައުރާޤު ފޯރަމް



ހަމަމިގަލަމުން

އިދާރާ

ވާހަކަ