އަދުގެ ޚާއްސަ

Print

މާލޭގެ ހެދި ގޮނޑުދޮށް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ ޝަރީފް/ ފިލިގަސްދޮށުގެ ކ، މާލެ

ހަވީރުގެ ރީތިނަލަ މަންޒަރު ބަލަން އެތަނަށް ދަމާތޯއޭ
      އަވީގެ ހިޔާލިބޭ ތަނަކުން އަރާމުގެ ވައިލިބޭތޯއޭ

އަދާހަމަޔަށް ތިލައިގައި، ރާޅުބިންދާ، ގާތަކެއް އޮތްތަން
      ހަދައިފިޔެ ރީތި ފުންވިލަކަށް، ފަތާފީނާނަން ދަމާތޯއޭ.

އިހާއަދުގައި ހިނގާކަންކަން ބަލާ ބަޔަކަށް އެނގޭނޭހެން
      ނިހާއީކުރިއެރުން ގައުމުގެ ބިމުންފެށިގެން ނުދޭތޯއޭ

އެތައްމިލިއަން ޚަރަދު ކޮށްގެން މިތަން ހެދިފާމިވާ ބޭނުން
      ހިތަށް ގެންނަން ޚިޔާލުކުރާ ކިތައްމީހުން އުޅޭތޯއޭ

މިހާބައިބޯ ރަށެއްގެ ތެރޭ، އުޅޭ ކުޑަކުޑަކުދިންނަށް ވެސް
      މިހާރު ދެމުންމިދާ ޚިދްމަތްތަކާ މެދު ވިސްނަމާތޯއޭ.

މިފަދަ ރޭވުންތަކަށް ވިސްނާ މިކަމުގައި މަސްލަޙަތު ބަލަމުން
      މިފަދަ ޚިދްމަތްކުރާ ބަޔަކަށް ޝުކުރުވެރިވުން ނުވޭތޯއޭ

ދެކުނުބަނދަރާ، މަގަތު ފާލަން، އެއާއެކު ރީތި މަގުތަކަށާ
      ދެކުނު ތޮއްޓާއި ޕާކްތަކަށް ނަޒަރު ހިނގާލަމާތޯއޭ.

ދިވެހި ޤައުމީ ނަވުގެ ދަތުރަށް ރަނގަޅު މިސްރާބު ފެނިއޮވެގެން.
      ރިވެތި ފަހިވައި ލިބުން އެދިގެން އެކީއެކުގައި ދަމާތޯއޭ

އަމާނާ އަމްނުގައި މިތިބީ، އުފާފާގަތި ޙަޔާތެއްގައި
      ޒަމާނާއެކު ހިނގާދިއުމަށް އިތުރު ފުރުޞަތުދެމާތޯއޭ

(ނިމުނީ)

އިދާރާ

ވާހަކަ