އަދުގެ ޚާއްސަ

Print

ކީރިތި ރަސޫލާ، ހިރަޤުލަށް ފޮނުއްވި ސިޓީފުޅު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިތުރުއެކަލޭގެފާނުގެ އާރާއި ބާރާއި ޢިއްޒަތް ހާމަކުރެއްވިއިރު، ސިޓީފުޅު ރައްދުވާ ފަރާތުގެ ޤަދަރު ކުޑަކޮށެއް ނުލައްވަ އެވެ. އިތުރުއެކަލޭގެފާނު ވަނީ، އެފަރާތުގެ ޢިއްޒަތާއި ޤަދަރު މަތިވެރިކުރައްވައި، އެފަރާތަށް ޙައްޤުވެގެންވާ މަޤާމު ދެއްވާފަ އެވެ.


ޑރ. ރާޣިބުއްސަރުޖާނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ހިރަޤުލަށް ފޮނުއްވި ސިޓީފުޅު، ޞަޙީޙުލް ބުޚާރީގައި ވެ އެވެ. އެސިޓީގައި ވާ ބަސްފުޅުތަކާމެދު ގިނަ ބަޔަކު ހައިރާންވެދާނެ އެވެ. އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން، އެ ސިޓީފުޅު ފޮނުއްވީ، ނުހަނު ކުޑަކުޑަ ދައުލަތަކުންނެވެ. އެއީ މަދީނާގައި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޤާއިމުކުރެއްވި ދައުލަތެވެ. އެ ދައުލަތުގައި އޭރު އޮތް ލަޝްކަރުގައި ތިބީ، އެންމެ ގިނަވެގެން ވެސް، ތިންހާސް ސިފައިންނެވެ. ވަރަށް އާދައިގެ ހަތިޔާރުތަކެއް މެނުވީ ނެތް އެ ދައުލަތުގެ ޢުމުރުން އޭރު ތިން އަހަރު ނުވެ އެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ އެ ދައުލަތާ މެދުގައި އޮތް ގުޅުންތައް ވަރަށްވެސް ކުޑަ އެވެ.

އެހެންކަމާއެކުވެސް، އެ ދައުލަތުގެ ވެރިޔާ، ރޫމީންގެ ރާޖާ، ހިރަޤުލަށް ސިޓީފުޅެއް ފޮނުއްވި އެވެ. ހިރަޤުލަކީ، އޭރު ގާތްގަނޑަކަށް ދުނިޔޭގެ ދެބައިކުޅަ އެއްބަޔަށް ނުފޫޒުހިންގަމުން ގެންދިޔަ، ރޫމީންގެ އެންމެ އިސް ވެރިޔާ އެވެ. އޭރު ރޫމީންގެ ބާރުގެ ދަށުގައި، އިރުމަތީ ޔޫރަޕާއި، ތުރުކީއާއި، ޝާމުކަރައާއި، މިޞްރާއި، އެފްރިކާ ބައްރުގެ އުތުރު ބިތް އޮތެވެ. ފޮނިތޮށި އިތުރުކުރުމެއް ނެތި ބުންޏަސް ބުނެވެން އޮތީ، އޭރު ރޫމީންގެ ލަޝްކަރުގެ ޢަދަދު އެތައް މިލިޔަނުން ގުނާލެވޭ ކަމަށެވެ. އަދި އެލަޝްކަރުގައި ވަނީ، އެޒަމާނުގެ އެންމެ މޮޅު ހަތިޔާރު ކަމަށެވެ. އޭރު ރޫމީންގެ ޢުމުރުން ވަނީ، އެއްހާސް އެތައް އަހަރެއް ވެފަ އެވެ.

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ހިރަޤުލަށް ފޮނުއްވި ސިޓީފުޅު ކިޔާއިރު، މިކަންތައްތައް އެނގެންވާނެ އެވެ.

އެސިޓީފުޅުގައިވެ އެވެ.

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ.

مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ، سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَسْلِمْ تَسْلَمْ. يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ.

މިއަށްފަހު ލިޔުއްވާފައިވަނީ، އާލުޢިމްރާން ސޫރަތުގެ 64 ވަނަ އާޔަތެވެ.

(قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلاَّ نَعْبُدَ إِلاَّ اللهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ)

ސިޓީފުޅުގެ މާނައަކީ:

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ.

"ﷲ ގެ އަޅާ، އަދި އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނުގެ ކިބައިން، ރޫމުގެ އައުދާނަ ރާޖާ ހިރަޤުލަށް ލިޔުއްވަމެވެ. ތެދުމަގަށް ތަބާވެއްޖެ މީހަކަށް ސަލާމަތް ހުށްޓެވެ. އިސްލާމްދީނަށް ވެދެވަޑައިގަންނަވާށެވެ! މަނިކުފާނަށް ސަލާމަތްކަން ލިބިވަޑައިގަންނަވާނީ އޭރުންނެވެ. އަދި ﷲ، މަނިކުފާނަށް ދެފަހަރު ދަރުމަ ދެއްވާނެތެވެ. މަނިކުފާނު އިސްލާމްދީނުން އެއްކިބާވެވަޑައިގެންފިނަމަ، އަރީސީންގެ ފާފަ އެޅޭނީ މަނިކުފާނުގެ އިސްތަށިފުޅުގަ އެވެ."

"ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ އަހުލުވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ އެއްގޮތްވެގެންވާ ކަލިމައަކަށް އަންނާށެވެ! (އެއީ) ﷲ އަށް މެނުވީ އަހަރެމެން އަޅުކަން ނުކުޅައުމެވެ. އަދި އެކަލާނގެޔާ އެއްވެސް އެއްޗެއް އަހަރެމެން ޝަރީކު ނުކުޅައުމެވެ. އަދި އަހަރެމެންގެ އެއްބަޔަކު އަނެއްބަޔަކީ ﷲ ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ މުސްލިމުން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!"

މި ސިޓީފުޅުގައި ވަރަށް ސާފުކޮށް ވިދާޅުވެފައި މިވަނީ:

"އިސްލާމްދީނަށް ވެދެވަޑައިގަންނަވާށެވެ! އޭރުން މަނިކުފާނަށް ސަލާމަތްކަން ހުށްޓެވެ."

މިސިޓީފުޅުގައި، މުޚާޠަބުކުރައްވާފައިވާ ކޮންމެ ކަލިމައަކުންމެ ފެންނަން މިވަނީ، ބާރާއި ޢިއްޒަތާއި ޙިކުމަތެވެ. އެ ކަލިމަތަކުން ދޭހަވާ މާނަތައް ތަޙުލީލުކޮށް ތަފުޞީލުކުރަން އެތައް ވަގުތެއް ބޭނުންވާނެ އެވެ. އޭގައިވާ ދަރުސްތައް ނެރެދެވޭނީ އޭރުންނެވެ. އޭގެތެރެއިން ބައެއް މުހިންމު ދަރުސްތަކަށް މިތަނުގައި އިޝާރާތްކޮށްލާނަމެވެ.


1. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާއި އިސްލާމީ ދައުލަތުގެ ޢިއްޒަތާއި ބާރު، ސިޓީފުޅުގައި ފާޅުކުރައްވާފައިވެ އެވެ. އެގޮތުން، ސިޓީފުޅު ފަށްޓަވާފައިވަނީ، އިތުރު އެކަލޭގެފާނުގެ ނަންފުޅުންނެވެ. ހިރަޤުލްގެ ނަންފުޅު ގެންނަވާފައިވަނީ އެއަށްފަހުގަ އެވެ.

"ﷲ ގެ އަޅާ، އަދި އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނުގެ ކިބައިން، ރޫމުގެ އައުދާނަ ރާޖާ ހިރަޤުލަށް ލިޔުއްވަމެވެ."

މިއުސްލޫބުން ލިޔުއްވުމަކީ، އެޒަމާނުގައި ނުހަނު ޚުޠޫރަތްތެރިކަން ހުރި ކަމެކެވެ. މިބީދައިން ފެށްޓެވުމަށްފަހު، ގޮވާލައްވާފައި އެވަނީ އިސްލާމްދީނަށް ވެދެވަޑައިގަތުމަށެވެ.

"އިސްލާމްދީނަށް ވެދެވަޑައިގަންނަވާށެވެ! މަނިކުފާނަށް ސަލާމަތްކަން ލިބިވަޑައިގަންނަވާނީ އޭރުންނެވެ."

ދީނަށް ގޮވާލެއްވުމުގައި އިތުރުއެކަލޭގެފާނު ފަސްޖެހިވަޑައިނުގަންނަވާކަން މި ޢިބާރާތުން އެނގެ އެވެ.


2. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، އިތުރުއެކަލޭގެފާނުގެ އާރާއި ބާރާއި ޢިއްޒަތް ފާޅުކުރެއްވި އިރު، ސިޓީފުޅު ރައްދުވާ ފަރާތުގެ ޤަދަރު ކުޑަކޮށެއް ނުލައްވަ އެވެ. އިތުރުއެކަލޭގެފާނު ވަނީ، އެ ފަރާތުގެ ޢިއްޒަތާއި ޤަދަރު މަތިވެރިކުރައްވައި، އެ ފަރާތަށް ޙައްޤުވެގެންވާ މަޤާމު ދެއްވާފަ އެވެ. އެހެނީ އިތުރުއެކަލޭގެފާނު ލިޔުއްވާފައިވަނީ:

"ރޫމުގެ އައުދާނަ ރާޖާ ހިރަޤުލަށް ލިޔުއްވަމެވެ."

މިފަދައިންނެވެ.

ލޯބި އުފެއްދުމާއި ޒިންމާދާރުކުރުވުމުގެ ފަންނު ވެސް، ސިޓީފުޅުން ފާހަގަކުރެވެ އެވެ. އިސްލާމްދީނާމެދު ހިރަޤުލްގެ ހިތްޕުޅުގައި ލޯބި އުފެއްދެވުމަށްޓަކައި ލިޔުއްވާފައިވަނީ:

"އިސްލާމްދީނަށް ވެދެވަޑައިގަންނަވާށެވެ! މަނިކުފާނަށް ސަލާމަތްކަން ލިބިވަޑައިގަންނަވާނީ އޭރުންނެވެ."

މިފަދައިންނެވެ. ޒިންމާދާރުކުރެއްވުމަށްޓަކައި ލިޔުއްވާފައިވަނީ:

"މަނިކުފާނު އިސްލާމްދީނުން އެއްކިބާވެވަޑައިގެންފިނަމަ، އަރީސީންގެ ފާފަ އެޅޭނީ މަނިކުފާނުގެ އިސްތަށިފުޅުގަ އެވެ."

މިފަދައިންނެވެ. އިތުރުއެކަލޭގެފާނު، ލޯބި އުފެއްދެވުމާއި ޒިންމާދާރުކުރެއްވުމުގެ ބަސްފުޅު ފުރިހަމަކުރައްވާފައި އެވަނީ ވަރަށްވެސް މަދު ކަލިމަތަކަކުންނެވެ.


3. ސިޓީފުޅު ނިންމަވާލެއްވުމަށްޓަކައި ލިޔުއްވާފައިވާ އާޔަތް އިޚުތިޔާރުކުރައްވާފައިވަނީ، ވަރަށް ރަނގަޅަށް ބައްލަވައިގެންނެވެ. އެހެނީ، އެ އާޔަތަކީ އަހުލުކިތާބީންގެ ހިތްތައް މުސްލިމުންނާ ކައިރިކޮށްދޭނެ ކަންތައްތަކެއް ބަޔާންކުރައްވާފައިވާ އާޔަތެކެވެ. މުސްލިމުންނާއި އެބައިމީހުން ބައިވެރިވާ ބަހާތައް، އެ އާޔަތުގައި ވެ އެވެ. އެއީ، އިސްލާމްދީނާމެދު ވިސްނާ ފިކުރުކުރުމަށް އެބައިމީހުންގެ ބުއްދިތައް ހުޅުވައިލާނެ އާޔަތެކެވެ. އަދި މުސްލިމުންނާ އެބައިމީހުންނާ ދެމެދުގައިވާ ގިނަ ހުރަސްތައް ވެސް ނެތިކޮށްލާނެ އާޔަތެއް ވެސް މެ އެވެ.


މަޞްދަރު:
ޤިއްޞަތުލް އިސްލާމް.


<><><>


ބައެއް ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަ:


"މަނިކުފާނަށް ސަލާމަތްކަން ލިބިވަޑައިގަންނަވާނީ އޭރުންނެވެ."

މަނިކުފާނަށް އާޚިރަތް ދުވަހު ސަލާމަތް ލިބިވަޑައިގަންނަވާނީ، އޭރުންނެވެ. އެދުވަހު މަނިކުފާނު ނަރަކައިން މުއްތިކުރައްވާނީ އޭރުންނެވެ.


"އަދި ﷲ، މަނިކުފާނަށް ދެފަހަރު ދަރުމަ ދެއްވާނެތެވެ."

ފުރަތަމައަށް ދެއްވާ ދަރުމައަކީ، މުޤައްދަސް އިންޖީލަށް އީމާންވީތީ ދެއްވާ ދަރުމަ އެވެ.
ދެވަނައަށް ދެއްވާ ދަރުމައަކީ، ކީރިތި ޤުރުއާނަށް އީމާންވީތީ ދެއްވާ ދަރުމަ އެވެ.


އަރީސީން:

މި ލަފުޒުގެ މާނައާމެދު ޢިލްމުވެރިންގެ މެދުގައި ދޭހަ ތަފާތުވެފައިވެ އެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އަރީސީންނަކީ، ރާޖާގެ ބެއްލެވުމުގެ ދަށުގައި ތިބި މީހުންނެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އަރީސީންނަކީ، މަސައްކަތްކުރާ ދަނޑުވެރިންނާއި އެމީހުންގެ ވެރިންނެވެ.

<><><>


މަތީގައިވާ ލިޔުމުގައި ޑރ. ރާޣިބުއްސަރުޖާނީ އަލިއަޅުވާލައްވާފައިވަނީ، ސިޓީފުޅުގައިވާ ބައެއް ނުކުތާތަކަށެވެ. ސިޓީފުޅު ފޮނުއްވީ އިސްލާމްދީނަށް ގޮވާލެއްވުމަށްޓަކައިކަން ސާފުކޮށް އެނގޭތީ، ސިޓީފުޅުގައިވާ އެ ނުކުތާއަށް އަލިއަޅުވާލައްވާފައެއް ނެތެވެ. އަދި އާލުޢިމްރާން ސޫރަތުގެ 64 ވަނަ އާޔަތް ލިޔުއްވާފައިވަނީ (قُلْ) ހިމަނުއްވައިގެންނެވެ. މިގޮތަށް މިކަންކަން ކުރައްވާފައިވަނީ، ޤިއްޞަތުލް އިސްލާމް ގައި، ޑރ. ރާޣިބު، މި ލިޔުން ލިޔުއްވާފައިވާ މަޤާމާއި ޙާލަތުގެ ގޮތުން ކަމަށް ބެލެވެ އެވެ.

ތިރީގައި މިވަނީ، ބުޚާރީގައި ރިވާވެފައިވާ ރިވާޔަތެކެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ހިރަޤުލަށް ފޮނުއްވި ސިޓީފުޅުގެ ނައްޞު މިރިވާޔަތުގައިވެ އެވެ. މި ރިވާޔަތުގައި ފެހިކުލައިން ފާހަގަކޮށްފައި އެވަނީ އެ ނައްޞެވެ.

حَدَّثَنَا أَبُو الْيَمَانِ الْحَكَمُ بْنُ نَافِعٍ قَالَ أَخْبَرَنَا شُعَيْبٌ عَنِ الزُّهْرِىِّ قَالَ أَخْبَرَنِى عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ أَخْبَرَهُ أَنَّ أَبَا سُفْيَانَ بْنَ حَرْبٍ أَخْبَرَهُ أَنَّ هِرَقْلَ أَرْسَلَ إِلَيْهِ فِى رَكْبٍ مِنْ قُرَيْشٍ - وَكَانُوا تُجَّارًا بِالشَّأْمِ - فِى الْمُدَّةِ الَّتِى كَانَ رَسُولُ اللَّهِ -صلى الله عليه وسلم- مَادَّ فِيهَا أَبَا سُفْيَانَ وَكُفَّارَ قُرَيْشٍ فَأَتَوْهُ وَهُمْ بِإِيلِيَاءَ فَدَعَاهُمْ فِى مَجْلِسِهِ وَحَوْلَهُ عُظَمَاءُ الرُّومِ ثُمَّ دَعَاهُمْ وَدَعَا بِتَرْجُمَانِهِ

فَقَالَ أَيُّكُمْ أَقْرَبُ نَسَبًا بِهَذَا الرَّجُلِ الَّذِى يَزْعُمُ أَنَّهُ نَبِىٌّ

فَقَالَ أَبُو سُفْيَانَ فَقُلْتُ أَنَا أَقْرَبُهُمْ نَسَبًا.

فَقَالَ أَدْنُوهُ مِنِّى وَقَرِّبُوا أَصْحَابَهُ فَاجْعَلُوهُمْ عِنْدَ ظَهْرِهِ.

ثُمَّ قَالَ لِتَرْجُمَانِهِ قُلْ لَهُمْ إِنِّى سَائِلٌ هَذَا عَنْ هَذَا الرَّجُلِ فَإِنْ كَذَبَنِى فَكَذِّبُوهُ.

فَوَاللَّهِ لَوْلاَ الْحَيَاءُ مِنْ أَنْ يَأْثِرُوا عَلَىَّ كَذِبًا لَكَذَبْتُ عَنْهُ ثُمَّ كَانَ أَوَّلَ مَا سَأَلَنِى عَنْهُ أَنْ قَالَ كَيْفَ نَسَبُهُ فِيكُمْ
قُلْتُ هُوَ فِينَا ذُو نَسَبٍ.

قَالَ فَهَلْ قَالَ هَذَا الْقَوْلَ مِنْكُمْ أَحَدٌ قَطُّ قَبْلَهُ

قُلْتُ لاَ.

قَالَ فَهَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ

قُلْتُ لاَ.

قَالَ فَأَشْرَافُ النَّاسِ يَتَّبِعُونَهُ أَمْ ضُعَفَاؤُهُمْ

فَقُلْتُ بَلْ ضُعَفَاؤُهُمْ.

قَالَ أَيَزِيدُونَ أَمْ يَنْقُصُونَ

قُلْتُ بَلْ يَزِيدُونَ.

قَالَ فَهَلْ يَرْتَدُّ أَحَدٌ مِنْهُمْ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ

قُلْتُ لاَ.

قَالَ فَهَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ

قُلْتُ لاَ.

قَالَ فَهَلْ يَغْدِرُ

قُلْتُ لاَ وَنَحْنُ مِنْهُ فِى مُدَّةٍ لاَ نَدْرِى مَا هُوَ فَاعِلٌ فِيهَا.

قَالَ وَلَمْ تُمْكِنِّى كَلِمَةٌ أُدْخِلُ فِيهَا شَيْئًا غَيْرُ هَذِهِ الْكَلِمَةِ.

قَالَ فَهَلْ قَاتَلْتُمُوهُ

قُلْتُ نَعَمْ.

قَالَ فَكَيْفَ كَانَ قِتَالُكُمْ إِيَّاهُ

قُلْتُ الْحَرْبُ بَيْنَنَا وَبَيْنَهُ سِجَالٌ يَنَالُ مِنَّا وَنَنَالُ مِنْهُ.

قَالَ مَاذَا يَأْمُرُكُمْ

قُلْتُ يَقُولُ اعْبُدُوا اللَّهَ وَحْدَهُ وَلاَ تُشْرِكُوا بِهِ شَيْئًا وَاتْرُكُوا مَا يَقُولُ آبَاؤُكُمْ وَيَأْمُرُنَا بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ وَالصِّلَةِ.

فَقَالَ لِلتَّرْجُمَانِ قُلْ لَهُ سَأَلْتُكَ عَنْ نَسَبِهِ فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ فَكَذَلِكَ الرُّسُلُ تُبْعَثُ فِى نَسَبِ قَوْمِهَا وَسَأَلْتُكَ هَلْ قَالَ أَحَدٌ مِنْكُمْ هَذَا الْقَوْلَ فَذَكَرْتَ أَنْ لاَ فَقُلْتُ لَوْ كَانَ أَحَدٌ قَالَ هَذَا الْقَوْلَ قَبْلَهُ لَقُلْتُ رَجُلٌ يَأْتَسِى بِقَوْلٍ قِيلَ قَبْلَهُ وَسَأَلْتُكَ هَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ فَذَكَرْتَ أَنْ لاَ قُلْتُ فَلَوْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ رَجُلٌ يَطْلُبُ مُلْكَ أَبِيهِ وَسَأَلْتُكَ هَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ فَذَكَرْتَ أَنْ لاَ فَقَدْ أَعْرِفُ أَنَّهُ لَمْ يَكُنْ لِيَذَرَ الْكَذِبَ عَلَى النَّاسِ وَيَكْذِبَ عَلَى اللَّهِ وَسَأَلْتُكَ أَشْرَافُ النَّاسِ اتَّبَعُوهُ أَمْ ضُعَفَاؤُهُمْ فَذَكَرْتَ أَنَّ ضُعَفَاءَهُمُ اتَّبَعُوهُ وَهُمْ أَتْبَاعُ الرُّسُلِ وَسَأَلْتُكَ أَيَزِيدُونَ أَمْ يَنْقُصُونَ فَذَكَرْتَ أَنَّهُمْ يَزِيدُونَ وَكَذَلِكَ أَمْرُ الإِيمَانِ حَتَّى يَتِمَّ وَسَأَلْتُكَ أَيَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ فَذَكَرْتَ أَنْ لاَ وَكَذَلِكَ الإِيمَانُ حِينَ تُخَالِطُ بَشَاشَتُهُ الْقُلُوبَ وَسَأَلْتُكَ هَلْ يَغْدِرُ فَذَكَرْتَ أَنْ لاَ وَكَذَلِكَ الرُّسُلُ لاَ تَغْدِرُ وَسَأَلْتُكَ بِمَا يَأْمُرُكُمْ فَذَكَرْتَ أَنَّهُ يَأْمُرُكُمْ أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا وَيَنْهَاكُمْ عَنْ عِبَادَةِ الأَوْثَانِ وَيَأْمُرُكُمْ بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ.

فَإِنْ كَانَ مَا تَقُولُ حَقًّا فَسَيَمْلِكُ مَوْضِعَ قَدَمَىَّ هَاتَيْنِ وَقَدْ كُنْتُ أَعْلَمُ أَنَّهُ خَارِجٌ لَمْ أَكُنْ أَظُنُّ أَنَّهُ مِنْكُمْ فَلَوْ أَنِّى أَعْلَمُ أَنِّى أَخْلُصُ إِلَيْهِ لَتَجَشَّمْتُ لِقَاءَهُ وَلَوْ كُنْتُ عِنْدَهُ لَغَسَلْتُ عَنْ قَدَمِهِ.

ثُمَّ دَعَا بِكِتَابِ رَسُولِ اللَّهِ -صلى الله عليه وسلم- الَّذِى بَعَثَ بِهِ دِحْيَةُ إِلَى عَظِيمِ بُصْرَى فَدَفَعَهُ إِلَى هِرَقْلَ فَقَرَأَهُ فَإِذَا فِيهِ:

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ. مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ. سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى أَمَّا بَعْدُ فَإِنِّى أَدْعُوكَ بِدِعَايَةِ الإِسْلاَمِ أَسْلِمْ تَسْلَمْ يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ (يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ)



قَالَ أَبُو سُفْيَانَ فَلَمَّا قَالَ مَا قَالَ وَفَرَغَ مِنْ قِرَاءَةِ الْكِتَابِ كَثُرَ عِنْدَهُ الصَّخَبُ وَارْتَفَعَتِ الأَصْوَاتُ وَأُخْرِجْنَا فَقُلْتُ لأَصْحَابِى حِينَ أُخْرِجْنَا لَقَدْ أَمِرَ أَمْرُ ابْنِ أَبِى كَبْشَةَ إِنَّهُ يَخَافُهُ مَلِكُ بَنِى الأَصْفَرِ.

فَمَا زِلْتُ مُوقِنًا أَنَّهُ سَيَظْهَرُ حَتَّى أَدْخَلَ اللَّهُ عَلَىَّ الإِسْلاَمَ. وَكَانَ ابْنُ النَّاظُورِ صَاحِبُ إِيلِيَاءَ وَهِرَقْلَ سُقُفًّا عَلَى نَصَارَى الشَّأْمِ يُحَدِّثُ أَنَّ هِرَقْلَ حِينَ قَدِمَ إِيلِيَاءَ أَصْبَحَ يَوْمًا خَبِيثَ النَّفْسِ فَقَالَ بَعْضُ بَطَارِقَتِهِ قَدِ اسْتَنْكَرْنَا هَيْئَتَكَ.

قَالَ ابْنُ النَّاظُورِ وَكَانَ هِرَقْلُ حَزَّاءً يَنْظُرُ فِى النُّجُومِ فَقَالَ لَهُمْ حِينَ سَأَلُوهُ إِنِّى رَأَيْتُ اللَّيْلَةَ حِينَ نَظَرْتُ فِى النُّجُومِ مَلِكَ الْخِتَانِ قَدْ ظَهَرَ فَمَنْ يَخْتَتِنُ مِنْ هَذِهِ الأُمَّةِ قَالُوا لَيْسَ يَخْتَتِنُ إِلاَّ الْيَهُودُ فَلاَ يُهِمَّنَّكَ شَأْنُهُمْ وَاكْتُبْ إِلَى مَدَايِنِ مُلْكِكَ فَيَقْتُلُوا مَنْ فِيهِمْ مِنَ الْيَهُودِ.

فَبَيْنَمَا هُمْ عَلَى أَمْرِهِمْ أُتِىَ هِرَقْلُ بِرَجُلٍ أَرْسَلَ بِهِ مَلِكُ غَسَّانَ يُخْبِرُ عَنْ خَبَرِ رَسُولِ اللَّهِ -صلى الله عليه وسلم- فَلَمَّا اسْتَخْبَرَهُ هِرَقْلُ قَالَ اذْهَبُوا فَانْظُرُوا أَمُخْتَتِنٌ هُوَ أَمْ لاَ.

فَنَظَرُوا إِلَيْهِ فَحَدَّثُوهُ أَنَّهُ مُخْتَتِنٌ وَسَأَلَهُ عَنِ الْعَرَبِ فَقَالَ هُمْ يَخْتَتِنُونَ.

فَقَالَ هِرَقْلُ هَذَا مَلِكُ هَذِهِ الأُمَّةِ قَدْ ظَهَرَ. ثُمَّ كَتَبَ هِرَقْلُ إِلَى صَاحِبٍ لَهُ بِرُومِيَةَ وَكَانَ نَظِيرَهُ فِى الْعِلْمِ وَسَارَ هِرَقْلُ إِلَى حِمْصَ فَلَمْ يَرِمْ حِمْصَ حَتَّى أَتَاهُ كِتَابٌ مِنْ صَاحِبِهِ يُوَافِقُ رَأْىَ هِرَقْلَ عَلَى خُرُوجِ النَّبِىِّ -صلى الله عليه وسلم- وَأَنَّهُ نَبِىٌّ فَأَذِنَ هِرَقْلُ لِعُظَمَاءِ الرُّومِ فِى دَسْكَرَةٍ لَهُ بِحِمْصَ ثُمَّ أَمَرَ بِأَبْوَابِهَا فَغُلِّقَتْ ثُمَّ اطَّلَعَ فَقَالَ يَا مَعْشَرَ الرُّومِ هَلْ لَكُمْ فِى الْفَلاَحِ وَالرُّشْدِ وَأَنْ يَثْبُتَ مُلْكُكُمْ فَتُبَايِعُوا هَذَا النَّبِىَّ فَحَاصُوا حَيْصَةَ حُمُرِ الْوَحْشِ إِلَى الأَبْوَابِ فَوَجَدُوهَا قَدْ غُلِّقَتْ فَلَمَّا رَأَى هِرَقْلُ نَفْرَتَهُمْ وَأَيِسَ مِنَ الإِيمَانِ قَالَ رُدُّوهُمْ عَلَىَّ.

وَقَالَ إِنِّى قُلْتُ مَقَالَتِى آنِفًا أَخْتَبِرُ بِهَا شِدَّتَكُمْ عَلَى دِينِكُمْ فَقَدْ رَأَيْتُ.

فَسَجَدُوا لَهُ وَرَضُوا عَنْهُ فَكَانَ ذَلِكَ آخِرَ شَأْنِ هِرَقْلَ.

رَوَاهُ صَالِحُ بْنُ كَيْسَانَ وَيُونُسُ وَمَعْمَرٌ عَنِ الزُّهْرِىِّ.

<><><>



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ