އަދުގެ ޚާއްސަ

Print

ކާފަ މަރުވި ވަގުތު...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް
     (މަޤުތޫލު)

ދުފައިގެން ބޮޑު އުނދޯލީގައި މި ގޭގައި ބައްޕަ އޮތް ހެއްލަން
     ދުންފަންދީފައިމެ ބަދިގޭގައި އޮތީ ގޮސް މަންމަ،  މަސް ތެއްލަން

ވިކޭ މުދަލާ، މެކޭ ނަގުދާ، ފިހާރައިން ދޮންބެ އަށް ފެނުމުން،
    އެކެއް އެއްކޮށް އިނީ ގުނަކޮށް، ސުމެއް ސުމަކުން ކަނޑާ ގެއްލަން

ދޮޅިއްސައިން ފަސްހަ ބާރަ ހިޔައިން ބެވޭތީ މީރު ފަސްރޮނގުމަސް
    ދޮޅަސް ދޮށި ހޯދި ދަރަވަންދޫ ފަޅުން ތިއްތޭބެ އޮޑި   ނެއްލަން

ދެފަށް ނަރު އަނބުރަމުން ތުއްތޭބެ، ދުވެޔޭ ޚާއްޞަ ޕާޓީއަށް،
    އުފަންދުވަހާ   މުނާސަބުކޮށް    ގެޔާ މުޅި ގޯތި އެކު ދިއްލަން

އެހެން މީހަކު އަތުން ލޯނެއް ނަގަން ތުއްތޮންބެ ވަން އެގެއަށް،
    އިހަށް ދުހު އަންހެނުން ގޯތިން ލިބުނު ބައި ހަބުރިއަށް ހިއްލަން

ދެތިން ދުވަހަށް ފަހުން، ފައިނަލް މެޗަށް މީހުން ހޮވާނެޔަތީ،
    ހިތުން އުފަލުން ދުވީ އައި   ބޯޅަޔަށް ކުޑަ ބޭބެ ފައި އެއްލަން

ބަލަން ކަންދީ އިނީ، ބޮޑުދައިތަ، ކުކުޅަށް ކާން އަޅައި ނިމުނުން
    އަލަށް ދަރިމައިވި ކަޅު ކުކުޅެއް    އުޅޭހެން ހީވެގެން ފިއްލަން

އުފާވެރިކަމުގެ ބޮޑު އީދޭ ކޮބާ ފެންކުޅި އެ ފަންކުޅުމާ؟
    ކަފާ ވައިރޯޅިތައް   ދޮންދައްތަ   ދޭ ފަންބޯން ފަނަށް އަތްލަން

ބަލައިލަން އެންމެ ކުލަތައް ގަދަ ހެދުން، ގަހަނާ އަޅައި ހަމަކޮށް،
    ބަލާށޭ ތުއްތަ އެހެރަ ދަނީ   ޒުވާން   ހިތްތައް ޤަތުލު ކޮށްލަން

އަވަށްޓެރިއެއްގެ އަނބުގަހަކުން ފަތެއް އަޔަތީ ވަޔާ މި ގެއަށް،
    އަވަދި ކޮށްލަން އެގޭ މީހުން ނިކުމު     ހުއްޓޭ ފަހަރި ހޮއްލަން

ދެތިން ފުއްޕާހަމާ ކުޑަބަޑިޔަކާ ކޮއްކޮގެ އަތަށް ދީގެން،
    އެ ތަންވަޅު މާމަ ގާތަށް ޅިޔަނު ގޮސް ހުއްޓުނު... އެ ކޮއި ބައްލަން

                      (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ