އަދުގެ ޚާއްސަ

Print

ތައުރާތުގައިވާ ކީރިތި ރަސޫލާގެ ނަންފުޅު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

އެއްބަހުން އަނެއް ބަހަށް ތަރުޖަމާކޮށްދޭ ވަސީލަތްތަކުން، ތައުރާތުގައިވާ (מַחֲמַדִּ) މި ނަންފުޅު މިހާރުވެސް ތަރުޖަމާކޮށްދެނީ މުޙައްމަދު ކަމަށެވެ. މިލިޔުމުގައިވާ ވީޑިއޯ ބައްލަވާލައްވާށެވެ!

מַחֲמַדִּ = مُحَمَّدُ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ)


އަލްއަޢުރާފު: 157

މާނައީ، "އެއުރެންނީ، އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބަޢަވާ މީހުންނެވެ. އެ ރަސޫލާއީ، އެއުރެންގެ ގާތުގައިވާ ތައުރާތާއި، އިންޖީލުގައި (ރަސޫލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެން ދެކޭ ރަސޫލާ އެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައްތައް އެއުރެންނަށް ނަހީކުރައްވަތެވެ."

(ނޯޓް: މިއާޔަތުގެ ތަރުޖަމާގައި، ބްރަކެޓްތެރޭ ލިޔެވިފައިވާ (ރަސޫލާގެ ސިފަފުޅުތައް) އަކީ ކީރިތި ޤުރުއާނުގައި ނެތް ޢިބާރާތެކެވެ. އެ ޢިބާރާތް ލިޔުއްވާފައިވަނީ، ތަރުޖަމާނުންނެވެ. މިމަޒުމޫނުގައި ސާބިތުކޮށްދީފައި މިވަނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ނަންފުޅު ތައުރާތުގައި ލިޔެވިގެންވާ ކަމެވެ. މިހެންވެ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި މިނުކުތާ ފާހަގަކުރީމެވެ.)

މީގެ ކުރިން އަޅުގަނޑުމެން ވާނީ، ވީޑިއޯގެ ބައިގައި (The Absolute Truth) މި ފިލްމު ޝާއިޢުކޮށްފަ އެވެ. އެއާއެކު މަޒުމޫނެއް ވެސް ވާނީ ލިޔެފަ އެވެ. އެއީ ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ނަންފުޅު ތައުރާތުގައި ނަންގަނެވިފައިވާ ކަމާ ބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނެކެވެ. އަޅުގަނޑުމެން ޝާއިޢުކުރި މި ފިލްމާއި މަޒުމޫނަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ އެވެ. މިހެންވެ، ކުރިން ޝާއިޢުކުރިވަރަށްވުރެ ރަނގަޅު ފެންވަރެއްގައި މިހާރުވާނީ ފިލްމު ޝާއިޢުކޮށްފަ އެވެ. ފިލްމު ޑައުންލޯޑުކުރެއްވުމަށްޓަކައި

މިތަނަށް

ކްލިކްކޮށްލައްވާށެވެ. ފިލްމުގެ ދިގުމިނަކީ 75 އެމްބީ އެވެ.

މީހަކު ބުނެފާނެ އެވެ. ތިފިލްމުގައިވަނީ ބަޔަކު މީހުން ހަދާފައިވާ ދޮގުތަކެކެވެ. މިހެންވެ، ޙަޤީޤަތް ހާމަކޮށްދޭ މަޞްދަރުތައް މިތާނގައި ހިމެނުމަށް އަޅުގަނޑު ޤަޞްދުކުރީމެވެ. ކޮންމެ ބޭފުޅަކު ވެސް އަމިއްލަފުޅަށް ތެދުދޮގު ބައްލަވައި ކަށަވަރުކުރެއްވުމަށްޓަކަ އެވެ. އަމިއްލަފުޅަށް ބައްލަވާލެއްވުމުން، މި ފިލްމުގައިވަނީ ތެދުކަން ޔަޤީންވެވަޑައިގަންނަވާނެ އެވެ.

ތައުރާތުގައި ކީރިތި ރަސޫލާގެ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ނަންފުޅު ނަންގަނެވިފައިވަނީ، (Song of Songs Chapter 5) ގަ އެވެ. އެ ޗެޕްޓަރަށް ވާޞިލުކޮށްދޭ ފާލަން ތިރީގައި މިވަނީ އެވެ.

http://mechon-mamre.org/p/pt/pt3005.htm

މި ޗެޕްޓަރުގެ 16 ވަނަ ބުރިވަރަށް ބައްލަވާށެވެ! އެ ބުރިވަރުގައި ދެވަނައަށް އޮތީ (מַחֲמַדִּ) މި ލަފުޒެވެ. މި ލަފުޒުގައި މިވަނީ ކީކޭކަން، ތަރުޖަމާކޮށްލެއްވުމުން އެނގިވަޑައިގަންނަވާނެ އެވެ. މިކަން ކުރައްވާނީ ކިހިނަކުންތޯ އެވެ؟ އެއްބަހުން އަނެއް ބަހަށް ތަރުޖަމާކޮށްދޭ ވެބްސައިޓްތައް ވެ އެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި އިތުބާރު ލިބިފައިވާ އެފަދަ ހަރުދަނާ ވެބްސައިޓުތައް ވެސް ވެ އެވެ. އެއިން އެއް ވެބްސައިޓަކީ ފްރީޓްރާންސްލޭޝަނެވެ. އެވެބްސައިޓަށް ވާޞިލުކޮށްދޭ ފާލަން ތިރީގައި މިވަނީ އެވެ.

http://www.freetranslation.com

ތައުރާތުގައިވާ ނަންގަނެވިދިޔަ ލަފުޒު، ހިބްރޫ ބަހުން އިނގިރޭސިބަހަށް ތަރުޖަމާ ކޮށްދިނުމަށް އެދުމުން، މިވެބްސައިޓުން ލިބޭ ނަތީޖާ ތިރީގައި މިވަނީ އެވެ.



މި ލަފުޒު ތަރުޖަމާކުރެއްވުމަށްޓަކައި، ބައިނަލްއަޤުވާމީ އެހެން ވެބްސައިޓެއް ވެސް ބޭނުންކުރެއްވިދާނެ އެވެ. އެވެބްސައިޓަށް ވާޞިލުކޮށްދޭ ފާލަން ތިރީގައި މިވަނީ އެވެ.

http://mymemory.translated.net

ތައުރާތުގައިވާ (מַחֲמַדִּ) މިލަފުޒު ޢަރަބި ބަހަށް ތަރުޖަމާކޮށްދިނުމަށް އެދުމުން މި ވެބްސައިޓުން ލިބޭ ނަތީޖާ ތިރީގައި މިވަނީ އެވެ.



ނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ، ތައުރާތުގެ އިނގިރޭސި ތަރުޖަމާގައި މި ލަފުޒު ރަނގަޅަށް ތަރުޖަމާކޮށްފައި ނުވާ ކަމަށެވެ. ތައުރާތުގެ (Song of Songs Chapter 5) ގައިވާ 16 ވަނަ ބުރިވަރު އިނގިރޭސި ބަހަށް ރަނގަޅަށް ތަރުޖަމާކޮށްފިނަމަ، އޮންނާނެ ގޮތް ތިރީގައި މިވަނީ އެވެ.

His mouth is most sweet: he is Mohammed the Great. This is my Beloved, and this is my Friend, ...

ނަމަވެސް ތައުރާތުގެ އިނގިރޭސި ތަރުޖަމާގައި ވަނީ މިގޮތަކަށް ނޫނެވެ. އޭގައި ތަރުޖަމާކުރެވިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.

His mouth is most sweet; yea, he is altogether lovely. This is my beloved, and this is my friend, ...

މިއީ ރަނގަޅު ތަރުޖަމާއެއް ނޫނެވެ.


މަޞްދަރު:
މައުސޫޢަތުލް އިޢުޖާޒިލް ޢިލްމީ ފިލްޤުރުއާނި ވައްސުންނާ.



ހަމަމިގަލަމުން

އިދާރާ

ވާހަކަ