ނުބައި ބަސް ނުބުނާށެވެ.
ލިޔުނީ : އަބުދުއްރަހީމް މާހިރު (އޭ. އާރު. އެމް)
ބުނަންވީ ތާ އަބަދު ހެޔޮބަސް، ކުރަން އުދަގޫ ކަމެއް ޖެހުނަސް
ބުނަން ހިތް އަބަދު އެދިގޮވިޔަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސް
މައިން ބަފައިން ނުބައިވިޔަކަސް، އަދަބު ދިނުމަށް ތަޅާ ހެދިޔަސް
ގައިން ލޭއޮހޮރި ފޭބިޔަކަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސް
ހިތާވާ ލޯބި ނުލިބުނަކަސް، ހިތާ ނަފުސަށް ލޮޅުން އެރިޔަސް
ހިތާމޭ ގޮސް ޒަހަމްވިޔަކަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސް
ނިވާކަން ކުޑަ ހެދުން ތަކަކަސް، ކުދިން ލައިގެން ހިގާ ހެދިޔަސް
ދިމާއަށް ހަމަލޮލަށް ފެނުނަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސ
ް
ނުބައި މީހަކު ދުރުން ފެނުނަސް، ފިލާހުރެ ލޯމަތިން ނުދިޔަސް
ނުބައި ވަސްވާސްތަކެއް އަޔަކަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސް
ވަރަށް އުފަލުން އުޅެން ޖެހުނަސް، ހިތާމައިން ފޯވެ ދާންޖެހުނަސް
ވަރަށް ގިނަ ކަންކަމެއް ޖެހުނަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސ
ް
އެކުގަ އުޅެފާވި އެކުވެރި އަކަސް، ދުނިޔެ ދޫކޮށްފަ ނެތިދިޔަޔަސް
އެކުގަ އެހަނދާން ތަކެއް ވިޔަކަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސް
ތިމާ އެކަނިން އުޅެން ޖެހުނަސް، ހަތަރު އުދަރެސް މި ފެނު ޖެހުނަސް
ތިމާ ދެލޮލުން ކަރުނަ އަޔަކަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސ
ް
މުސީބާތްތައް އަބަދު އަޔަކަސް، ކަނޑުގެ ލޮނުގަޑު އުފުލިދިޔަޔަސް
މުތީފަދަ ގެ ދޮރު ނެތިދިޔަޔަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސ
ް
ބަނޑަށް ޖެހި ކާނެފަދަ ނެތުނަސް، ޢަރުގެ ތެތްކަން އެކީ ކެނޑުނަސް
ބަނޑަށް ހުރެ މަރުވެދާން ޖެހުނަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސް
(ނިމުނީ)