އަދުގެ ޚާއްސަ

Print

ވެއްޓުނު އާފަލެއްގެ ސަބަބުން

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ސައިންސް


އާދަމް ޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

" އަހަންނަކީ އާފަލެއް ނަމަ
އަދި ގަހެއްގައި އިންދެ ބޮޑުވި ނަމަ
އަހަރެން ވެއްޓޭނެ އެވެ.
ރީތިރީތި ކުއްޖެއްގެ ގޮތުގައެވެ.
އަދި އެކުއްޖަކީ........ "
އެއީ ނިވްޓަން އެވެ. އިނގިރޭސި ސައިންސިސްޓެކެވެ. އޭނާ ފިޒިކްސް، ހިސާބު އަދި އެސްޓްރޮނޮމީއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްފައި ވެއެވެ.
 
1966 ވަނަ އަހަރު ފަސްދުވަހުގެ އަލިފާނުގެ ނަމުން ނަންދެވުނު ހާދިސާއެއްގައި ލަންޑަނުގެ ބޮޑުބައެއް ހަލާކު ވުމާ، އެއަށް ފަހު އެ ތަނުގައި ފެށުނު ޕްލޭގް ގެ ވަބާއާއެކު ލަންޑަން ދޫކޮށް ވަރަށްގިނަ ބަޔަކު އެހެން ތަންތަނަށް ބަދަލުވިއެވެ. ނިވްޓަން އޭނަގެ ގެ ދޫކޮށްލުމަށްފަހު ހިޖުރަކުރީ ކޭމްބުރިޖަށްވެސް ޕްލޭގްގެ ވަބާ ކުރިމަތިވުމާ ގުޅިގެންނެވެ.

އެއްދުވަހަކު ގޭގެ ބަގީޗާތެރޭގައި އިންދައި ނިވްޓަންގެ ނަޒަރުގޮސް ހުއްޓުނީ އެތާހުރި އާފަލު ގަހަކުން ވެއްޓުނު އާފަލަކަށެވެ. މި އާފަލު ވެއްޓުނު ވަގުތުން ފެށިގެން ޒުވާން ނިވްޓަންގެ ހިތުގައި އެއާމެދު ޝަވްޤުވެރިކަން އުފެދުނީ އިންތިހާއަށެވެ.

" އެ އާފަލު މައްޗަށް އަރައިގެން ނުދިޔައީ ކީއްވެބާއެވެ؟ އެ އާފަލު ބިންމައްޗަށް ވެއްޓުނީ ކީއްވެބާއެވެ؟ ބިމާ އާފަލާ ދެމެދު ވާފަށެއް ނެތެވެ. އެވާފަށަށް ދަމާލިމާ ވެއްޓޭނީވެސް އެހެން ނަމަތާއެވެ. މިކަމުގައި ކޮންމެވެސް އެހެން ސިއްރު ތަކެއް ވާނެއެވެ. ކޮންމެވެސް ކަހަލަ ބާރެއް ވާނެއެވެ. އެބާރަކީ ކޮބައި ބާވައެވެ؟ އަހަންނަށް އެ ބާރު މިން ކުރެވިދާނެ ބާއެވެ؟ " މިފަދަ ސުވާލު ތަކެއް އެނާގެ ހިތު ތެރޭގައި އެނބުރި ގަތެވެ.

އެތައް ދުވަހެއްގެ ބުރަ މަސައްކަތަށްފަހު މި ކުޅަދާނަ ސައިންސް ވެރިޔާ އެބާރު ހޯދި އެވެ. އޭނާ މިބާރަށް ދިންނަމަކީ " ދަމާބާރު" މިނަމެވެ. " މިބަށް ދަމާބާރު" މިހެންވެސް ކިޔައެވެ.

ނިވްޓަން ސާބިތު ކޮށްދިން ގޮތުގައި މި ކަވްނުގައިވާ ހުރިހާ އެއްޗެއްގައިވެސް ދަމާބާރެއް ވެއެވެ. ހަމަ އެކަނި އާފަލުގައި ހުންނަ ދަމާބާރު އެކަންޏެއް ނޫނެވެ. މި ބާރު ހަނދާއި ގުޅިފައި ވެއެވެ. ހުރިހާ ޕްލެނެޓްތަކާ އިރާ ގުޅިފައި ވެއެވެ. ކުދި އެއްޗިއްސާ ބޮޑެތި އެއްޗިއްސާ ދެމެދު މި ބާރު ވެއެވެ. މި ގޮތުން ބޮޑެތި އެއްޗެތީގައި މިބާރު ގަދައެވެ.

ހަތަރު އަހަރުގެ ބުރަ މަސައްކަތުން " ލޯ އޮފް ގުރެވިޓި" ކިޔާ ލިޔުމެއް އޭނާ ލިޔުނެވެ. މި މަސައްކަތަށް އޭނާ ދީފައިވާ ނަމަކީ ޕްރިންސިޕިއާ އެވެ. މިއީ އިންސާނަކު މިރޮނގުގައި ލިޔުނު އެންމެ އަގުރި އެއް ލިޔުމެވެ.
 
ވެއްޓުނު އާފަލެއްގެ އެހީގައި ސަރ އިސާކް ނިވްޓަން ބިމަށް ދަމާބާރު ހޯދިގޮތް އެއީ ހަމަ ހައިރާން ކުރުވަނިވި ކަމެކެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ