އަދުގެ ޚާއްސަ

Print

އަހަރެންގެ މިދެއަތް ކަލާއަށްޓަކައި މަސައްކަތް ކޮށްދޭނެ އެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: އާދަމްޝަރީފު މުޙައްމަދު، ރޯޒީ/ ށ. ފުނަދޫ

ދެ ލޯބިވެރިން އެމީހުންގެ އެންގޭޖުމެންޓުގެ ކަންތައްތައް ނިންމުމަށްފަހު މިހާރު ވިސްނަމުންދަނީ ކުރިމަތިވަމުން އަންނަ ކައިވެނީގެ އުފާވެރި ދުވަހާއި މެދުގައެވެ. ނަސީބު ދެރަކަމުން އެދުވަސް ނާންނަނީސް ފިރިހެން ކުއްޖާއަށް ހަނގުރާމައަކަށް ދާން ޖެހިއްޖެ އެވެ.

ހަނގުރާމައިގެ ކަންތައްތަކުގައި އުޅޭއިރުވެސް ފިރިހެންކުއްޖާ އޭނާގެ ލޯބިވެރިޔާއަށް ސިޓީ ފޮނުވަމުން ގެންދެއެވެ.އެދެމީހުން އެކަކު އަނެކަކަށް ފޮނުވަމުންދާ ސިޓީތަކުން ލޯބި އުތުރި އަރަމުން ދެއެވެ. މިހެން މިކަން ވަމުން ދަނިކޮށް ފިރިހެން ކުއްޖާގެ ފަރާތުން ފޮނުވަމުންދާ ސިޓީގެ ސިލްސިލާ ކުއްލިއަކަށް މެދުކެނޑިއްޖެއެވެ.

މަސްތަކެއްގެ މެދު ކެޑުމަކަށްފަހު އާދަޔާޚިލާފު ސިޓީއެއް އަނހެންކުއްޖާއަށް ލިބިއްޖެއެވެ. ލިޔެފައިވަނީވެސް ހުތުރު އަތު ލިޔުމަކުންނެވެ. އޭގައި ލިޔެފައި ވެއެވެ.

" ވަރުގަދަ ހނަގުރާމައެއް ކުރެވިއްޖެއެވެ. ހަނގުރާމައިގެ ތެރޭގައި އަހަރެންގެ ދެ އަތް ގެއްލިއްޖެއެވެ. މިސިޓީ މިލިޔަނީ ރަހުމަތްތެރިއެއްގެ އެހީތެރިކަމާއެކުގައެެވެ. އަހަރެމެން ދެމީހުންގެ އެންގޭޖުމެންޓު މިއަދުންފެށިގެން އުވާލައިފީމެވެ. ސަބަބަކީ ކަލާއަށްޓަކައި މަސައްކަތް ކޮށްދެވޭފަދަ ހިތްވަރެއް މަށަކަށް މިހާރު ލިބިއެއް ނެތެވެ"

އެސިޓީއަށް ޖަވާބެއް ލިޔުމުގެ ބަދަލުގައި އަންހެންކުއްޖާ އަވަސްވެގަތީ އޭނާގެ ލޯބިވެރިޔާ ގާތަށް ދިއުމަށެވެ. ޖެހިގެން އައިދުވަހު އެ ހޮސްޕިޓަލަށް އޭނާ ދިޔައެވެ. އަދި އެނދުކައިރީ ތަޅުނަގަނޑުމަތީ އިށީނދެ އިނދެ ލޯބިވެތި ބަސްތަކަކުން ފިރިހެން ކުއްޖާއާއި މުޚާޠަބު ކުރިއެެވެ.

" އަހަރެން ކަލާ ދޫކޮށެއް ނުލާނަމެވެ. އަހަރެންގެ މިދެއަތް ކަލާއަށްޓަކައި މަސައްކަތް ކޮށްދޭނެ އެވެ. އަހަރެމެންގެ ދެމީހުންގެ ޙަޔާތް ލޯތްބާއެކު ހޭދަކުރާނަމެވެ. " 

(ނިމުނީ)

މަސްދަރު: ވިސްޑަމް މެގެޒިން

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ