އަދުގެ ޚާއްސަ

Print

އައްތަވާޅި އާއި ތިންމުގޯލި އާއި ލޮންޑާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން

ލޮންޑާއާ ބެހޭ ގޮތުން ފަންވަތުގައި ލިއުމުން، އެއީ އައްތަވާޅި ކަމަށް ޚިޔާލު ހުށަހެޅުނެވެ. އަދި އެއީ ތިންމުގޯއްޔާ ވައްތަރު، އެހެނަސް އެއާ ވަރަށް ބޮޑަށް ތަފާތު ކުޅިވަރެއް ކަމަށް ވެސް ޚިޔާލު ހުށެހެޅުނެވެ.

މި ލިއުމުގައި ގެނެސްދީފައިވާނީ މިކުޅިވަރުތަކާބެހޭ ގޮތުން، ބަސްފޮތުގައިވާ މަޢުލޫމާތެވެ.


އައްތަވާ


(1) ދަނޑުވަށައިގެން ހިނގޭނޭހެން އަލިކޮށްފައި އޮންނަ މަގުއެތެރޭ ދާރަފަށް.
(2) ދަނޑާއިވަލާ ދެމެދު ހުސްކޮށްފައި އޮންނަ ހިސާބު. މިހެން ހަދަނީ ދަނޑުގައި ހުޅުޖެހީމާ ވަލަށް ހުޅުވަދެދާނެތީއެވެ.
(3) އިން ދެތަނެއް ނުވަތަ ދެހިސާބުގަނޑެއް ވަކިކުރުމުގެ ތަރަހައްދު.


އައްތަވާޅި


(1) ކާށި ކިބައިގެ އެތެރެ ދާރަފަށް.
(2) ހަތް އައްތަވާޅިން ގާނެގުމުގެ ކުޅިވަރުގައި ގައު އަޅައިފައި ހުންނަ މުގޯލި.


ހަތްއަތްތަވާޅީންގާނެގުން


ރިޔަނު ދެކޮޅުން މުގޯއްޔެއް އަޅަމުން ގޮސް ހަތްމުގޯލި އަޅައި ކޮންމެ މުގޯއްޔެއްގައި ހަތްގައުކޮޅު ބާއްވައިގެން ކުޅޭ ކުޅިވަރެއް. މިކުޅިވަރުގައި އެއް މުގޯލި ދޮށުގައި އުޑަފައިން އިށީނދެ ގައުކޮޅެއް ހިފައިގެން ތެދުވެ ހިންދަމާލައި ދެން ޖެހިގެން ހުރި މުގޯލި ކައިރީގައި އުޑަފައިން އިށީދެ ބާއްވަނީއެވެ. މިގޮތް މަތީން އެއް މުގޯއްޔަށް ފަހު އަނެއް މުގޯލި ހުސްކުރަމުންގޮސް ހަތްމުގޯލި ހުސްކުރަނީއެވެ.


މުގޯލި


ފައިގެ ފުންނާބު ބިންމަތީގައި ޖައްސައިގެންހުރެ، ފުންނާބު މެދަށްލައި ބޮޑުވައި އިނގިލިން ނުވަތަ ފައިތިލައިން ވައްރޮނގެއް އެޅުމުން ފާހަގަކުރެވޭތަން. މުގޯލި ބޭނުންކުރަނީ، ތިންމުގޯލި ރަމަންރަމަން ފޯލި އަދި ހަތްއައްތަވާޅީން ގާނެގުން ފަދަ ކުޅިވަރުތަކުގައެވެ.


މުގޯލިއެޅުން


(1) މުގޯއްޔަކަށް ވާހެން ފައިތިލައިން ރިނގުއެޅުން.
(2) މަޖާޒު: އެއްހިސާބުގަނޑެއްގައި ގިނައިރުވަންދެން ބުރު ޖަހަޖަހާ ހުރުން.


ތިންމުގޯލި


ވަކިދުރުމިނެއްގައި ތިންމުގޯލި އަޅައިގެން ފިލާގަނޑަކާއި ޓެނިސް ބޯޅައަކުން ކުޅޭ ކުޅިވަރެއް. މިކުޅިވަރު ކުޅޭއިރު ބައެއްގައިތިބޭ މީހުންގެ ވަކިޢަދަދެއް ކަނޑައެޅިފައެއްނޯވެއެވެ. ކުޅޭގޮތަކީ ބޯޅައެއްލީމާ ފިލާގަނޑުންޖަހައި ބޯޅަދުއްވައިލުމާއެކު އަރާ މުގޯއްޔަށް ނުވަތަ ކޮޅުމުގޯއްޔަށް ދުވެއަންނަނީއެވެ. މިގޮތަށް ދުވަނިކޮށް މުގޯއްޔަށް ނޭރެނީސް ކުޅުންތެރިޔާގައިގައި ނުވަތަ އަރަންދާ މުގޯލިތެރޭގައި ބޯޅައިން ޖަހައިފިނަމަ ކުޅުންތެރިޔާ ނުބައިވީއެވެ. ކުޅުންތެރިޔާ ޖަހާބޯޅަ ހިފައިފިނަމަ، މުޅިބައި ނުބައިވީއެވެ.


ލޮންޑާ


(ގ.) ކުޅޭ ކުޅިވަރަކަށް ކިޔާނަމެއް.


މަޞްދަރު:
ދިވެހި ބަސްފޮތް.


ހަމަމިގަލަމުން

އިދާރާ

ވާހަކަ