Print

އެކުދިން ސްކޫލަށް ދަނީ ވާފަށެއްގައި އެލިގެންނެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި

ކޮލަމްބިޔާ އިން ޖަޒީރާ ޤައުމުތަކަށް އަގުހުރި ފިލާވަޅެއް!!!

ޢަބްދުލްމުޢީދު ޙަސަން

އެއް ރަށެއްގައިވާ ކުދިން، އަނެއް ރަށެއްގައިވާ ސްކޫލަކަށް ކޮންމެ ދުވަހަކު ކިޔަވަން ދިއުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެ އެވެ...

ނަމަވެސް އެއީ ކޮލަމްބިޔާގެ ރަށްފުށުގެ އަވަށްގަނޑެއްގެ ކުދިންނަށް މާބޮޑު ކަމެއް ނޫނެވެ. އެކުދިން އެލިގަންނަނީ ވަލެއްގަ އެވެ. އެއީ 400 މީޓަރަށް ވުރެ މަތީގައިވާ ވަލެކެވެ. އޭގައި އެލިގަތުމުން ގަޑިއަކު 62 ކިލޯމީޓަރުގެ ބާރުމިނުގައި ސޮއްސާލައިގެން ސްކޫލަށް ދެވެ އެވެ!!!

އާދޭހެވެ. ފޮޓޯގައިވާ ވަލަކީ، ކޮލަމްބިޔާގެ ވެރިރަށުގެ އިރުދެކުނުގައި އޮންނަ ލޮސް ޕިނަސް ގެ ރަށްވެހިންނާ ދުނިޔެއާ ގުޅުވާދޭ ފާލަމެވެ. މިޒަމާނުގައި ދަގަނޑު ނަރުން އެ ވާތައް ހެދުމުގެ ކުރިން އެވާތައް ހަދާފައިވަނީ، ވަކައިންނެވެ. އެވަލުގައި އެލިގަތުމަށް ބޭނުންވަނީ، ކައްޕިއަކާއި ވާކޮޅަކާއި ކަފިގަނޑެކެވެ.



ފޮޓޯގައިވާ އަންހެން ކުއްޖާގެ ޢުމުރަކީ، އެންމެ ނުވަ އަހަރެވެ. މިގޮތަށް ވަލުގައި އެލިގެން މި ކުއްޖާ ކޮންމެ ދުވަހަކު ކިޔަވަން ސްކޫލަށް ދެ އެވެ. މިކުއްޖާގެ އަތުގައިވާ ގޯންޏަކީ ފޮތް ދަބަހެއް ނޫނެވެ. އެކަމަކު އޭގައި ވަނީ އޭނާގެ ކޮއްކޮ އެވެ. އެއީ ވަލުގައި އެލިގަނެވޭ ވަރަށްވުރެ ތުއްތު ކުއްޖެއް ކަމަށްވާތީ، އޭނާ ސްކޫލަށް ގެންދެވެން އޮތީ މިގޮތަށް ގޯންޏަކަށް ލައިގެންނެވެ. މިފޮޓޯ ނަގާފައިވަނީ، ފޮޓޯ ނެގުމަށްޓަކައި މިކުއްޖާއާ އެކު އަނެއް ވަލުން ސޮއްސާލި މީހެކެވެ.



މިކަންތައްތަކާމެދު ވިސްނާވަޑައިގެން ޙައްލު ހޯއްދަވާށެވެ! ކޮންމެ މައްސަލައަކަށް ޙައްލެއްވެ އެވެ. ރަށްތައް ގުޅުވާލަން އޮތް ހަމައެކަނި ޙައްލަކީ، މަތިންދާބޯޓެއް ނޫނެވެ. ނުވަތަ ފާލަމެއް ވެސް ނޫނެވެ. ނުވަތަ ފެރީގެ ނިޒާމެއް ވެސް ނޫނެވެ. ކީއްތޯ އެވެ. ވަކަވަލަކުން ވެސް ރަށްތައް ގުޅުވާލެވިދާނެ އެވެ! ހެތްކާއި ޙުއްޖަތް ފޮޓޯތަކުގައި އެވަނީ އެވެ!!!


މަޞްދަރުތައް:
މުލްތަޤައްޝިފާއިލް އިސްލާމީ.
ޔޫޓިއުބް.




ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ