އަދުގެ ޚާއްސަ

Print

އެލެގްޒެންޑަރ ދަ ގުރޭޓް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ:އާދަމް ޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

އޭނާ ކާމިޔާބު ކުރިއެވެ.
ކޮންމެ ކުރިމަތި ލުމެކެވެ. ކޮންމެ ހަނގުރާމަ އެކެވެ.
ބަލިވުން މިބަސް އޭނާގެ ރަދީފުގައި ނުވެއެވެ.
ދުނިޔެ އޭނަގެ ފައިތިލަ ދަށުގައި ބޭއްވިއެވެ.
އޭނާ ބޭނުންނަމަ ފުނޑުފުނޑު ކޮށްލުމަށެވެ.
ކާމިޔާބީގެ ބުއިންތައް އޭނާ ބުޔެވެ.
ހަނގުރާމަ ތަކުން ބަލިވުމެއް ނެތިއެވެ.
އޭނާއަކީ އެންމެ ގަދަފަދަ ބާރުތައް ފަތަހަ ކުރި އެކަކެވެ.
އެހެނަސް ވަކި ދުވަހަކާއި ހަމައަށެވެ.
އޭނާގެ މޫނު މަރާއި ދިމާވުމުން
މަރު ހިނިތުން ވެލާފައި ބުންޏެވެ.
" ބަލިވެއްޖެތާއެވެ!"

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ