އަދުގެ ޚާއްސަ

Print

ދެން އަހުރެނާ ވަކިވެ ދޭށެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ މުނީޒު  މަގުސީދާގެ  ހދ. ނޮޅިވަރަން
  
ތިބާއަށް އަހުރެން ވަރަށް ގިނަ  ފުރުޞަތު ދީފީމެވެ.
ޒުވާންކަން ނިމިގޮސް  އަޖޫޒުވެ އަހުރެން ނިމިއްޖެއެވެ.
މިހާވަރު ވީއިރު ތިއީ ނުފުރުނު ހިތެއް ދޯއެވެ؟
ޒަމާނާއެކު މަށަށް  ދެން އަދު ފުދިއްޖެމެއެވެ.
ދެން ވަކިވެ ދޭށެވެ.

އިހު ހުރި ކުލަތައް ފަނޑުކޮށްފިއެވެ.
ފުރި ހުރި އަހުރެން ހުސްވެއްޖެއެވެ.
މަގުތައް ބެދި ގޮސް ވާވެއްޖެއެވެ.
ހަމަ ތިބާގެ ސުންޕާކަމުންނެވެ.
ދެން ވަކިވެ ދޭށެވެ.

ހާދަ އުއްމީދެއް މަގޭ ކުރަމުއެވެ.
ސާފު ނަލަ ހުވަފެންތަކެއް މި ހިތުގައި ވޭމެއެވެ.
އެންމެ ފުރިހަމަ ރިވެތި ހާ ގޮތްގޮތުގައެވެ.
އޮތް ހަމައެކަނި ބޮޑު ހުރަހަކީ ތިއީ އެވެ.
ދެން ވަކިވެ ދޭށެވެ.

ހެޔޮކަމަކަށްނަމަ ތިބާ ހުރަސް އަޅައެވެ.
ކުޅިވަރަކަށް ނަމަ ވާސްވާސް ދޭމެއެވެ.
އަޅުކަމަކަށް ނަމަ ވިސްނުން ގޯސްކޮށްލައެވެ.
"ޖޮބަކަށް" ދާނަމަ ހިތް މާޔޫސް ކުރުވައެވެ.
ކަންނެތްކަމާއެވެ. އާދޭހުގައި ބުނަމެވެ. ދެން ވަކިވެ ދޭށެވެ.

(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ