މައްކާގެ ބޮޑު ގަޑި
ޢަބްދުލްމުޢީދު ޙަސަން
މިހާރު ދުނިޔޭގައިވާ އެންމެ ބޮޑު ގަޑިއަކީ، މައްކާގެ ބޮޑު ގަޑި އެވެ. އެ ގަޑި ބަހައްޓާފައިވާ ބިނާގެ ޖުމްލަ އުސްމިނަކީ، 601 މީޓަރެވެ. މައްކާގެ ކޮންމެ ތަނެއްގައި ހުއްޓަސް މިގަޑި ފެންނާނެ އެވެ. އެހެންކަމުން މިއީ ޙައްޖާޖީންނަށް ނުހަނު ބޭނުންތެރި ލޭންޑްމާކަކަށް ވާނެ އެވެ. ބިނާވެށީގެ މާހިރުން ދެކޭ ގޮތުގައި އެ ގަޑީގެ ސަބަބުން މައްކާގެ މަލަމަތީގެ ރީތިކަން ވަނީ އިތުރުވެފަ އެވެ.
އެ ގަޑީގެ މަތީގައި ލިޔެފައިވާ ތަކުބީރު (الله أكبر) އަކީ، މިހާތަނަށް ލިޔެވިފައިވާ ތަކުބީރުގެ އެންމެ ބޮޑު ކަލިމަ އެވެ... ޖަލާލަތުގެ ލަފުޒުގެ އަލިފުގެ ދިގުމިން 23 މީޓަރަށްވުރެ ދިގެވެ... މަތީގައިވާ ހަނދުފަޅިއަކީ ދުނިޔޭގައިވާ އެންމެ ބިޔަ ހަނދުފަޅި އެވެ. އޭގެ ދިގުހުރަހުގައި 23 މީޓަރ ވެ އެވެ... ގަޑީގެ ބަރުދަނަކީ، 36000 ޓަނެވެ.
ގަޑީގެ ދެ ފަރާތުގައި ޝަހާދަތުގެ ދެ ކަލިމަ (لا إله إلا الله محمد رسول الله) ލިޔެފައި ވެ އެވެ. ގަޑި ފަރުމާކޮށްފައިވަނީ، އިސްލާމިކް އާކިޓެކްޗަރ އާއި ފަންނު ދައްކުވާދޭ ރަމްޒެއްގެ ގޮތުގަ އެވެ.
މަޞްދަރު:
www.libyanyouths.com
ނޯޓް: މި ލިޔުމުގައިވާ ފޮޓޯތައް ފަންވަތަށް ގެނެސްފައިވަނީ، މަޞްދަރު ސައިޓުގައި ދީފައިވާ ފާލަންތަކުންނެވެ. އެ ފާލަންތަކުން މި ފޮޓޯތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް ފަންވަތަށް ވެސް އަންނާނެ އެވެ.