އަދުގެ ޚާއްސަ

Print

އެކަނބުލޭގެ ކިބައިން މިންޖުވާށެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މަހާ ޒުހޫރު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އެކަނބުލޭގެ ދައްކާ ދަޅައަށް ހެއްލުނު މީހުންގެ ވާހަކަ އެވެ.
އެކަނބުލޭގެއަށްޓަކައި އެމީހުން ކުރި ކަންތައްތަކުގެ ވާހަކަ އެވެ.
އެމީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވި އެވެ.
ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ވި އެވެ.

އެކަނބުލޭގެއަށްޓަކައި ފިރިހެނަކު މީހަކު މެރި އެވެ.
އެކަނބުލޭގެއަށްޓަކައި އެހެން މީހަކު ވައްކަންކުރި އެވެ.
އެކަނބުލޭގެއަށްޓަކައި އަންހެނަކު މާތް ﷲ އަށް ކުފުރުވި އެވެ.
އެކަނބުލޭގެއަށްޓަކައި އަންހެނަކާއި ފިރިހެނަކު ނަރަކައަށް ދިޔަ އެވެ.

ހިތުގައި އީމާންކަން އާރާސްތުވެފައިވި މުއުމިނެކެވެ.
އޭނާ އެކަނބުލޭގެއަށްޓަކައި ޖަނަވާރުގެ ދަރަޖައަށް ވެއްޓުނެވެ.
މަންމައާއި ބައްޕަގެ ޚިދުމަތުގައި ހުންނަންޖެހޭ ދަރިއެކެވެ.
އެ ދަރިފުޅު އެކަނބުލޭގެއަށްޓަކައި މަންމައާއި ބައްޕައަށް އުރެދުނެވެ.

އެކަކު އަނެކަކަށް ވަފާތެރިވި ދެ މިތުރުންނެވެ.
އެކަނބުލޭގެއަށްޓަކައި އެކަކު އަނެކަކު ޤަތުލުކުރި އެވެ.
ނުހަނު ލޯބިން އިނދެގެން އުޅުނު ދެމަފިރިންނެވެ.
އެކަނބުލޭގެއަށްޓަކައި އެ ދެމަފިރިން ވަރިވި އެވެ.

މަޢުޞޫމުކަމުން ފުރިފައިވި ކުޑަ ކުއްޖެކެވެ.
އެކަނބުލޭގެއަށްޓަކައި އެކުއްޖާ ބޮޑާވެ ކިބުރުވެރިވި އެވެ.
ޢިއްފަތުގެ ފޭރާމުގައިވި ތަޤުވާވެރި އަންހެނެކެވެ.
އެކަނބުލޭގެއަށްޓަކައި އެކަނބުލޭގެ ބަރަހަނާވި އެވެ.

ދުންޔާ އެވެ! ތިޔަ ފަތުރަނީ ކޮން ފިތުނަވެރިކަމެއް ހެއްޔެވެ؟
ފިރިހެނުންނޭވެ! ދުންޔާގެ ދަޅަތަކުން އެއްކިބާވާށެވެ!
އަންހެނުންނޭވެ! ދުންޔާގެ ވަސްވާސްތަކަށް ނުހެއްލޭށެވެ!
ކުޑަ ކުދިންނޭވެ! ދުންޔާގެ ކުލަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތެވެ!!!

<>

ނޯޓް: ދުންޔާ ނުވަތަ الدنيا އަކީ ޢަރަބި ބަހުން ދުނިޔެއަށް ކިޔާ ނަމެކެވެ. އަދި ދުންޔާ އަކީ އަންހެން ކުދިންނަށް ކިޔާ ނަމެކެވެ.



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ