އަދުގެ ޚާއްސަ

Print

ވާހަކައެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ނިޒާރު ޤައްބާނީ

މާމެލީގެ ބަގީޗާގައި ކުރިޔަށް ދަނިކޮށް ބުނެލިއަޑު އިވުނެވެ.
"ތިބާ ހާދަހާ ރީއްޗެވެ!"

އޭރު އަހަރެންގެ އުނގުވަނީ ފިނިފެންމަލުން ފުރިފަ އެވެ.
އޭގެ ބުރަދަނަށް އިޖާބަދީ ގަމީހުގެ މޭމަތިން ވަނީ ގޮށެއް ކެނޑިފަ އެވެ.

އޭރު ގަމީސްވަނީ މޭމަތީގައި ޖަޙީމަކަށް ވެފަ އެވެ.
އޭގެ ވާންކަމުން ވަނާތައްވަނީ ފެލާލެވިފަ އެވެ.

ތޫތު ގަހެއްގެ ނިވަލުން އިވުނު ބަހެއް، އަހަރެން ހެއްވާލި އެވެ.
"ތިބާގެ މޭމައްޗަކީ ހާދަހާ އަގުބޮޑު ޚަޒާނާއެކެވެ."

އަހަރެންގެ މޭމަތީގައިވާ ވަނާތަކާބެހޭ ގޮތުން ބުންޏެވެ.
"އެއީ ޝަރުބަތާއި ނަބީޒުން ފުރިގެންވާ ދެ އާރެކެވެ!"

"އެއީ ރަޙީޤާއި ނޫރުން ފުރިގެންވާ ދެ ކޯރެކެވެ!"
"އެއީ ކަރާއި ކަރު ޖައްސައި ސަލާމްކުރަމުންދާ ދެ އައްސޭރިއެކެވެ."

އަހަރެންގެ ހިތަށްއެރި އެވެ. އަހަރެން ހަމަ އެހައި ރީތި ހެއްޔެވެ؟
އަހަރެންގެ ނާރުތަކުގައި އަންހެންވަންތަކަން ދިރުވާލަންވީ ހެއްޔެވެ؟

އޭނާގެ އަޑުވަނީ ހަރުދަނާކަމާއި ޙިކުމަތްތެރިކަމުން ބަރާވެފަ އެވެ.
އޭނާގެ ލޯވަނީ ނަބީކަމުގެ ނޫރުން އުޖާލާވެފަ އެވެ.

އޭނާގެ ނިތްކުރި ވަނީ ނޫރާނީ އަލިކަމުން ފުރިފަ އެވެ.
އޭނާގެ ތުންފަތް ވަނީ ހުޝިޔާރުކަމާއެކު ބޮސްދިނުމަށް ތައްޔާރުވެފަ އެވެ.

އޭނާދެކެ ލަދުން އަހަރެންގެ ލޮލުގެ އެސްފިޔަޖެހުން އަވަސްވި އެވެ.
ފައިތިލަ ދަށުން ބިންގަނޑު ދެމިގަތްހެން ވެސް ހީވި އެވެ.

އެހިނދު، ލަދުވެތިކަމާއެކު ޢިއްފަތްތެރިކަމާބެހޭ އަހަރެންގެ ލޯ ސުވާލުކުރި އެވެ.
"އަހަރެންގެ ޢިއްފަތްތެރިކަމުގައި ޝަހުވަތްތެރިކަމެއް ވޭ ހެއްޔެވެ؟"

(ޝަހުވަތުގެ އަލިފާނުން) އަންހެނަކު އަނދަމުންދާއިރު، އޭނާއަށް މަލާމާތް ނުކުރާށެވެ!
އެ އަލިފާނުން އަނދަމުންދާއިރު، އެންމެންނަކީ ވެސް އަންހެނުންނެވެ!!!


މަޞްދަރު:
ފަތްތޫރަ: 283 (އޮކްޓޫބަރ 2002)

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


އިތުރު ޅެން



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ