އަދުގެ ޚާއްސަ

Print

ކަމަނަ ގާތުގަ ބުނެލަދޭށޭ ...

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަލްއަޚުޠަލުއްޞަޣީރް

ކަމަނަ  ގާތުގަ  ބުނެލަދޭށޭ!  ލޯބިވާ   ވީތަން   އެނގޭހޭ؟
      ކެތްކުރަން އޮވެގެން ވެ ޤުރުބާން، ކަށްވަޅަށް ދިޔަކަން އެނގޭހޭ؟

ހަނދުމަކޮށްދޭށޭ  މަގޭ  ހުރި  ރަނގަޅު  ސިފަތައް  އޭނައަށް،
      އަދު ނުރޮއި ވިޔަކަސް ފަހުން ރޮއިފާނެކަން  ގައިމެއް  ނުވޭހޭ؟

ކަމަނަ ފައިދަށުގައިވެ ފުނޑުފުނޑުވުން މަގޭ ކަށިތައް  އެދޭތީ،
      ކަށްގަލަށް ކުރުމަށް އިޝާރާތް،  މި ލިޔެވޭ  ޅެން ފަހެ ނުވޭހޭ؟

މަޙުޝަރުން  އޭނާ  ލޮލަށް   ފެނިދާނެކަން   އުންމީދުވާތީ،
      އަހުރެނީ  އެދުވަހު ޝަޤިއްޔެއްކަން  "ފަތެއްގައި"  ނުލިޔެވޭހޭ؟

ލެއްވިޔަސް  ނަރަކައިގަ  އޭނާ، އަދި އަޅާ ސުވަރުގެ ތެރޭގައި،
      ނަރަކައަށް ދާން ފިރުކިފައި ވެސް އެދި އުޅޭކަން ފަހެ އެނގޭހޭ؟

ތަދުވިޔަސް،  ދެމި  ބިންމަތީގައި  ލޫދެމުން  އޭނާ  ފެނޭތޯ،
      ޙަޟުރަތަށް  މަތިވެރި  އިލާހުގެ  ދަންނަވަން ދާކަން އެނގޭހޭ؟

ހަރު އަޑުން ތަސްބީޙަކިޔަމުން ދާ މަލާކުން ނުރުހުނަސް ވެސް،
      އުޑުތަކަށް  އަހުރެންގެ  ޝަކުވާ އުފުލަމުން ދާކަން  އެނގޭހޭ؟


ދެންނެވީމޭ  ޔާ އިލާހީ!   ކޮން  ކުށެއްތޯއޭ   އަޅަށްވީ؟
      "ކަމަނައަށް އަނިޔާ ތިބާ ކުރިކަން ހަނދާންވެސް  އަދު ނުވޭހޭ؟"

"ކަންޒުގައި އޭނާގެ ވާހައި  ރަން  ޖަވާހިރުތައް  ނަގައިގެން،
      ތުންފަތަށް ގިރިޓީގެ ކުލައެއް ދިން ހަނދާންވެސް  ހަމަ ނުވޭހޭ؟"

"އަޅެ، ތިބާ ބުސްތާނުގައި އިނދެ މަލުތެރަށް މާމުއި އަޅާފައި،
      ކުޅަނދުރަށް އޭނާގެ ކަރުގަނޑު ދިންހަނދާންވެސް ހަމަ ނުވޭހޭ؟"

"ކަރުނައިން ތެމި ފޯވެގެން އޮވެ، ކެތްމަތީ ޤުރުބާންވި ކަމަކީ،
      ދަރުމައެއްނެތް ދެރަ ކަމެއްކަން ކަށަވަރެއް  އަދިވެސް  ނުވޭހޭ؟"

"ޖަންނަތުން ކަމަނާ  ބަރީއަވެދާ  ކުށެއް  ކޮށްފައި  ނުވާތީ،
      ޖަންނަތަށް ދިއުމަށް  ތިބާ  ތައުބާވުމެއް  އަމުދުން   ނުވޭހޭ؟"


ދުރުދުރުން އަހުރެންގެ މަންޒިލް ދެކިލުމަށް ކަމަނާ ނުދަންޏާ،
      ދުރުމިއަށް އަހުރެންގެ  އެރުމަށް އެއްގޮތެއް ވެސް  ދެން ނުވޭހޭ؟


މަޞްދަރު:
ފަތްތޫރަ 276


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ހަމަމިގަލަމުން

އިދާރާ

ވާހަކަ