އަދުގެ ޚާއްސަ

Print

ބަދިގެއަށް އަލަށް ލިބުނު ތަކެތި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސުފުރާ


ޢަބްދުލްމުޢީދު ޙަސަން

ބަދިގޭ ސާމާނަކީ އަބަދުވެސް އާވަމުންދާ އެއްޗެކެވެ. އަބަދުވެސް އާތަކެތި އުފެއްދެ އެވެ. އެއިން އިތުރު ލުއިފަސޭހަތައް ލިބެ އެވެ. އެއިން އެއްޗެއް ލޮލަށް ފެނުނަސް ހިތްހަމަޖެހުން ލިބެ އެވެ.

މިލިއުމާއެކުގައިވާ ފޮޓޯތަކުގައި ވަނީ، އަލަށް އުފައްދާފައިވާ ބައެއް ސާމާނެވެ.

ބަޓަރު ފޮތިކުރާ އެތި

މީގެ ތެރެއަށް ބަޓަރު އެޅުމަށްފަހު އެއްފަހަރު ފިތާލުމުން ރީތިކޮށް ކަފާލާފައިވާ ބަޓަރު ފޮއްޗެއް ނުކުންނާނެ އެވެ.



އަލަނާސި ކަފާ ކަޓަރު

މާގަދަ ބާރެއް ނުލައި ވެސް، މިއާލަތުން ހޮޅިބުރަށް އަލަނާސި ކަފާލެވެ އެވެ.



ސައިކުރާ ހަރު

މިއީ ހޫނު ސައިކުރާ ބަހައްޓަން ހަދާފައިވާ ހަރެކެވެ. މިހަރުގައިވާ ކުރައިން ސައިއަޅަން ފަސޭހަ އެވެ.



ހޫނުތަކެތީގައި ހިފާ ހަނޑަސް

މިއީ، ތެލީގައި ކެކިކެކި ހުންނަ ހޫނު ތަކެތީގައި ހިފުމަށް ހަދާފައިވާ ހަނޑަހެކެވެ.



ހިތް ބިސްގަނޑު

މިއީ، ހިތެއްހެން ބިސްގަނޑު އެޅުމަށް ހަދާފައިވާ އެއްޗެކެވެ. ހެނދުނުގެ ސަޔަށް މިފަދަ ބިސްގަނޑެއް ކިހައި ރަނގަޅުވާނެތޯ އެވެ؟



ސިކުނޑިހަދާ ތައްގަނޑު

މިއީ، ސިކުނޑީގެ ސިފައިގައި ގަނޑުފެން ހެދުމަށް ބޭނުންކުރާ ތައްގަނޑެކެވެ. ސައިންސް ކިޔަވާކުދިން މިފަދަ އެއްޗިއްސަށް ލޯބިކުރެ އެވެ.



ދެތަށްޓަށް އަޅާ ޖަގު

މިއީ، އެއްފަހަރާ ދެ ތަށްޓަށް އެޅުމަށް ހަދާފައިވާ ޖަގެކެވެ. ހަމަހަމަކަމަށް ލޯބިކުރާ ދެމަފިރިއަކަށް ވަރަށްވެސް ރަނގަޅު އެއްޗަކަށް ވާނެ އެވެ.



ތަރުކާރީ ފިޔޮހި

މިއީ، ސަޅިކޮށް ތަރުކާރީ ކޮށުމަށް ހަދާފައިވާ ފިޔޮއްސެކެވެ. މިއިން ކޮށަން ވަރަށް ފަސޭހަ އެވެ.



ދަގައްފާނުން ކުރާ އެހެން ކަމެއް

މިއީ ދަގައްފާނު ބޭނުންކޮށްގެން ހަދާފައިވާ ވަޅިބަހައްޓާ އެއްޗެކެވެ. މީގައި ސާފުތާހިރުކަމާއެކު ވަޅިތައް ބެހެއްޓިދާނެ އެވެ.



ރައްކާތެރި ކޮށުން

މިއީ، ރައްކާތެރިކަމާއެކު ތަރުކާރީ ކޮށުމަށް ހަދާފައިވާ އެއްޗެކެވެ. އަލަށް ބަދިގެއަށް ވަންނަ ކުދީންނަށް މިއީ ވަރަށް ފައްކާ އެއްޗެކެވެ.



ނަންބަރު ތަޅުލީ ކަންވާރު

މިކަންވާރަށް އަޅާފައިވާ އެއްޗެއް ނެގޭނީ މީގެ ނަންބަރު އެނގޭ މީހަކަށެވެ. ބަލިމީހުން ބުއިމަށް ޚާއްޞަތަކެތި މިޔަށް އަޅާފައި ބެހެއްޓިދާނެ އެވެ.



ކަރާ އިސްކުރު

މިއީ، ކަރާއިން ވަގުތުން ތާޒާ ޖޫސް ފެލުމަށް ހަދާފައިވާ އިސްކުރެކެވެ.



ޖަގު މަތި

ދޮޅު ލިޓަރުގެ ފެން ފުޅިއެއްގައި މި މަތިގަނޑު ޖެހުމުން، އެފުޅި އަތްގަނޑުލީ ޖަގަކަށް ބަދަލުވީ އެވެ.



ކާމޭޒުމަތީ ޗާޓު

މިއީ، ކާމޭޒުމަތީގައި އެއްޗެހި ބަހައްޓަން ޖެހޭ ގޮތް ކުރަހާފައިވާ ކުޑަ ސުފުރާއެކެވެ. މި ފަންނު ނުދަންނަ މީހަކަށް މީގެ ބޭނުން ހިފިދާނެ އެވެ.



ބިސްފެޅި

މިއީ ބިސްފަޅަން ނުފަރިތަ މީހުންނަށް ބޭނުންކުރެވިދާނެ އާލަތެކެވެ.




މަޞްދަރު:
http://www.bramjnet.com/vb3/showthread.php?t=1108866

ހަމަމިގަލަމުން

އިދާރާ

ވާހަކަ