އަދުގެ ޚާއްސަ

Print

ނައްވާފުލްޤުދައިމީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން

އޭނާގެ ފުރިހަމަ ނަމަކީ، ނައްވާފު ބިން ޢަބްދުއްރަޙުމާން އަލްޤުދައިމީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް، އައްރިޔާޟު ގަ އެވެ. ތާރީޚަކީ، 14 ޖޫން 1976 އެވެ.

ކިޔަވާވިދާޅުވީ، ކިންގ ސުޢޫދު ޔުނިވަރސިޓީގަ އެވެ. ތަޢުލީމީ ރޮނގަކީ، ނޫސްވެރިކަމެވެ. ދަސްވެނިވެވަޑައިގެންނެވީ 2000 ވަނަ އަހަރުގަ އެވެ.

އަލްއުސްތާޛު ނައްވާފަކީ، މެދުއިރުމަތީގެ މަޝްހޫރު ނޫސްވެރިއެކެވެ. ލިޔުންތެރިއެކެވެ. ޒުވާން މުފައްކިރެކެވެ. އިސްލާމީ ފިކުރާއި ސިޔާސީ މައިދާނުގައި އޭނާގެ ފިކުރުވަނީ ބާކީކޮށް ނުލެވޭނެވަރުގެ ބުރަދަނެއް ހޯދާފަ އެވެ.

2006 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު އުސްތާޛު ނައްވާފު ވަނީ ފަސް ފޮތް ނެރުއްވާފަ އެވެ. އޭނާގެ ލިޔުންތަކުގައި ޚާއްޞަ ޝަޚުޞިއްޔަތެއް ވެ އެވެ. އުޅުމާއި ގުޅުމުގައި އޭނާއަކީ ހަމަހިމޭން ޒުވާނެކެވެ. އެސިފަ، އޭނާގެ ލިޔުންތަކުގައި ވެސް ވެ އެވެ. ހިމޭންކަމާއެކު، ކިޔުންތެރިންގެ ހިތްތައް އޭނާ ފަތަޙަކުރައްވަ އެވެ. ކިޔުންތެރިންގެ ވިސްނުމާ ހަމައަށް އޭނާގެ ފިކުރާއި ޚިޔާލު ފޯރުކޮށްދެއްވަނީ، އެންމެ ކުރު މަގުންނެވެ.

އުސްތާޛު ނައްވާފުގެ ފޮތްތަކަށް މެދުއިރުމަތީގެ ގިނަބަޔެއްގެ ތަރުޙީބު ލިބިފައިވެ އެވެ. ޚާއްޞަކޮށް "އަޝްވާޤުލް ޙުއްރިއްޔާ" ނަމަކަށް ކިއުނު ފޮތެވެ. އޭނާގެ ލިޔުންތެރިކަމުގެ އިތުރު މޭވާތައް، ކުރިޔަށް އޮތް ދުވަސްތަކުގައި ދޮންވެ ފައްކާވާނެ ކަމަށް އުންމީދުކުރެވެ އެވެ.


މަޞްދަރުތައް:
http://nofah.com
www.miraatzubair.com


ހަމަމިގަލަމުން

އިދާރާ

ވާހަކަ