އަދުގެ ޚާއްސަ

Print

މަޖީދިއްޔާއަކީ....

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙައްމަދު ލަޠީފް ށ،މިލަންދޫ

އެއީ އެތަނުގެ ހިޔާވަހިކަން ދިވެހި ޤައުމަށް ލިބޭތަނެކޭ
             އެއީ އެތަނުގެ ފުރާޅު ދަށުން ޢުލޫމުގެ މާ ފޮޅޭތަނެކޭ.

ޒަމާނުގެ އޮއިވަރާއެކުގައި ޖަހާއަރުވާ ނިކަން ކެރިގެން
             އަމާނާތްތެރިކަމާ އެކުގައި މޮޅަށް ތަޢުލީމު ދޭތަނެކޭ.

ނުދޭ އެއްވެސް ރޮނގެއް އެތަނުން ނެތޭ ތަޢުލީމު ބޭނުންތެރި
             އެދޭ ތަޢުލީމުގައި ޤައުމަށް އެއީ މަންފާ ލިބޭތަނެކޭ.

"އެތައް މޮޅު އިންޖިނޭރުންނާ ނުހަނު މޮޅު ޑޮކްޓަރުން އެތަކެއް"
             އެތައްމިތަނުން އައިސް އެތަނުގެ ފުރާޅު ދަށުން ނިކުތްތަނެކޭ.

އެތާނގެވެރިން އެތާނގެދަރިން ކުރާޤައުމީ އަދާ ވާޖިބު
             ހިތާ ބުއްދިން ވަޒަންކުރުމުން އެއީ ޢިބުރަތް ލިބޭތަނެކޭ.

މިދޭހުގެ އުދަރެހަށް އަލިކޮށް ގެނެސްދިން އިންޤިލާބާމެދު
             ތެދޭހަމަ ދަންނަވަންޖެހެނީ އެއީ ޤައުމުގެ ޙަޟާރަތެކޭ.

މަލާ މާބުރު ދެތަންވިއަކަސް ފޮތާ ގަލަމާ ވަކިވެދިއަޔަކަސް
             ހިލާ އެތަނުގެ ހަނދާން ޤައުމުން ފިލާދިއުމެއް ނުވާ ތަނެކޭ.

އެއީ އެތަނުގެ ކަނޑަށް ޢިލްމީ މޮޅަށް ފީނައިފި ދަރިވަރަކަށް.
             އެއީ ބޭނުންވެގެން ތި އުޅޭ އިތާމުތްތައް ލިބޭ ތަނެކޭ.

ހަލާކާ ގެއްލުމުން ޤައުމުގެ ދަރިން އެތަކެއް ސަލާމަތްކޮށް
             ފަލާޙާ ކާމިޔާބުގެ މަންޒިލަށް ފޮނުވާލި މަރުކަޒެކޭ.
                    -------------------
                       (ނިމުނީ)

މި ލިޔުން؛

   ޓައިޕުކުރުން:   މުޙަންމަދު ލަޠީފު
   އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:  އަޙްމަދު ސަމީޢު


އިދާރާ

ވާހަކަ