އަދުގެ ޚާއްސަ

Print

ލޯބި ހަމަނެތީއެވެ.

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ލަވައެއް؛

   ރާގު: ސަބުކުޗު ލުޓާކެ ހޯޝްމެ އާއޭތޮކިޔާކިޔާ



ކަނީރު ޢަބްދުއްރަޙީމު
   
ނެތް އެއްޗަކަށް ހަނާ އެޅިއަސް ޚަބަރު ވާނެހޭ
   ކެތްތެރިވެ މަރުގެ ވަގުތު ދެކެން ނުހުރެ ވާނެހޭ
   -----------------------------------
 1 -   ހީ ކުރެވުނޭ މިދުނިޔެ މަތީ ހީ ލެވޭ ނެއޭ
        ފިކުރާ ޚިޔާލުގައި ހަމަޖެހި އުޅެލެވޭ ނެއޭ ---- އޯގާވެދޭނެއޭ
               ވިސްނާނުލައި ޔަގީންވެވުނީ ނުރޮވި ދާނެހޭ

   2 -  އެދެވުނުކަމާ ހިތުގެ ޙާލަތު ބުނެދިނިން މެއޭ
                    އެކަށީގެނެއް ނުވޭހީވޭ ވެސްބުނިން މެއޭ --- ދޮގަކާނުލާމެއޭ
                             އަމަލާބަހުންނެ ރައްދު ދިނީ ނުއޮޅިދާނެހޭ

   3 -  އެއްފަހަރުވެސް "މަލޯބިވެއޭ" ނުބުނެއޭ ހިލާ
                    އެކަމަކު އެލޯބިގާތްކަމުގައި ފިލުވުނޭ އަލާ--- ހޭލާތިބިންމެއޭ
                             ތަޙުގީގަކުން މިކަން ސާބިތު ނުކުރެވޭނެހޭ

   4 -  ހޭދަވިވަގުތު ތަކާ ކުރެވުނު އެކި ބަދަލު ތަކާ
                   ތަފުސީލުކޮށް ކިޔާދޭކަށް ދެންނެތިން މިތާ--- ހެކިތައްހުރީމައޭ
                             ހައްދާލުމެއް ކަމަށް މިވަރުން ބުނެވިދާނެހޭ

   5 - ވަގުތީ އެއީ މަޖާ ކަމުގައި ވެއްޖެނަމަ އިނގޭ
                  އަގުކީއްކުރަންހެ އޭގެ އަސަރުވެސްނެތީ މިތާ---ގައިމޭޔަގީންމެއޭ
                            އިހުސާސް ނެތީމަ ވާނެގޮތޭ  ނުވެނިމޭނެހޭ
----------------------
(ނިމުނީ)


މި ލިޔުން:

   ފޮނުއްވުން:    އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމު
   އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:      ''        ''



އިދާރާ

އެނގޭތަ؟

ވާހަކަ