ލޯބި ހަމަނެތީއެވެ.
ލަވައެއް؛
ރާގު: ސަބުކުޗު ލުޓާކެ ހޯޝްމެ އާއޭތޮކިޔާކިޔާ
ކަނީރު ޢަބްދުއްރަޙީމު
ނެތް އެއްޗަކަށް ހަނާ އެޅިއަސް ޚަބަރު ވާނެހޭ
ކެތްތެރިވެ މަރުގެ ވަގުތު ދެކެން ނުހުރެ ވާނެހޭ
-----------------------------------
1 - ހީ ކުރެވުނޭ މިދުނިޔެ މަތީ ހީ ލެވޭ ނެއޭ
ފިކުރާ ޚިޔާލުގައި ހަމަޖެހި އުޅެލެވޭ ނެއޭ ---- އޯގާވެދޭނެއޭ
ވިސްނާނުލައި ޔަގީންވެވުނީ ނުރޮވި ދާނެހޭ
2 - އެދެވުނުކަމާ ހިތުގެ ޙާލަތު ބުނެދިނިން މެއޭ
އެކަށީގެނެއް ނުވޭހީވޭ ވެސްބުނިން މެއޭ --- ދޮގަކާނުލާމެއޭ
އަމަލާބަހުންނެ ރައްދު ދިނީ ނުއޮޅިދާނެހޭ
3 - އެއްފަހަރުވެސް "މަލޯބިވެއޭ" ނުބުނެއޭ ހިލާ
އެކަމަކު އެލޯބިގާތްކަމުގައި ފިލުވުނޭ އަލާ--- ހޭލާތިބިންމެއޭ
ތަޙުގީގަކުން މިކަން ސާބިތު ނުކުރެވޭނެހޭ
4 - ހޭދަވިވަގުތު ތަކާ ކުރެވުނު އެކި ބަދަލު ތަކާ
ތަފުސީލުކޮށް ކިޔާދޭކަށް ދެންނެތިން މިތާ--- ހެކިތައްހުރީމައޭ
ހައްދާލުމެއް ކަމަށް މިވަރުން ބުނެވިދާނެހޭ
5 - ވަގުތީ އެއީ މަޖާ ކަމުގައި ވެއްޖެނަމަ އިނގޭ
އަގުކީއްކުރަންހެ އޭގެ އަސަރުވެސްނެތީ މިތާ---ގައިމޭޔަގީންމެއޭ
އިހުސާސް ނެތީމަ ވާނެގޮތޭ ނުވެނިމޭނެހޭ
----------------------
(ނިމުނީ)
މި ލިޔުން:
ފޮނުއްވުން: އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމު
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
ޝާއިޢުކުރުން: '' ''