Print

ހޫދުގެފާނާއި ޢާދު ބާގައިގެ މީހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

މާތް ﷲ، ހޫދުގެފާނު ފޮނުއްވީ، ޢާދު ބާގައިގެ މީހުންގެ ގާތަށެވެ. ޢާދު ބާގައިގެ މީހުންނަކީ ބުދަށް އަޅުކަން ކުރި ބަޔަކު ކަމަށް މުއައްރިޚުން ލިއުއްވާފައި ވެއެވެ. ހޫދުގެފާނު އެބައިމީހުންގެ ގާތަށް ވަޑައިގެން، މާތްﷲ އަށް އަޅުކަން ކުރުމަށް ގޮވާލެއްވިއެވެ. ދެން އެބައިމީހުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. އެކަލޭގެފާނަކީ މޮޔައެއް ކަމުގައި ބުންޏެވެ. އެކަލޭގެފާނު ވިދާޅުވި ފަދައިން އާޚިރަތް ދުވަސް ނާންނާނެ ކަމަށާއި ޙިސާބު ބައްލަވާނެ ދުވަހެއް ނެތް ކަމަށް އެބައިމީހުން ބުންޏެވެ.

މާތްﷲ އެބައިމީހުންގެ މައްޗަށް ލެއްވި ކޯފާއާބެހޭ ގޮތުން މުފައްސިރުން ލިއުއްވާފައި ވެއެވެ. ކަޅުކުލައިގައިވާ ވިލާގަނޑެއް މާތްﷲ އެބައިމީހުންގެ މައްޗަށް ފޮނުއްވިއެވެ. އެއިން ވެހުނީ ފެނެއް ނޫނެވެ. އެކަމަކު އަޅިއާއި ހިލައާއި އަލިފާނެވެ.

އެހެން ރިވާޔަތެއްގައިވަނީ، އެބައިމީހުން ހަލާކުކުރެއްވުމަށް ފޮނުއްވީ، ބާރުގަދަ ފިނި ވައިރޯޅީގެ ޠޫފާނެއް ކަމަށެވެ. އެ ވައިރޯޅިތައް އެބައިމީހުން ނަގައިގެން މައްޗަށް އުފުލާލުމަށްފަހު، ބިމަށް ވައްޓާލަމުން ގެންދިޔައެވެ. މި ޠޫފާން ހަތް ދުވަސް ވަންދެން ދެމިއޮތުމަށްފަހު، ނިމުނު އިރު އެބައިމީހުންވަނީ ހަލާކުވެފައެވެ.

ޢާދު ބާގައިގެ މީހުންނަކީ، އިސްކޮޅުން ދިގު ބިޔަ ބަޔެކެވެ. އެބައިމީހުންގެ ގާތަށް މާތް ﷲ ފޮނުއްވި ހޫދުގެފާނުގެ މަޤްބަރާ އަކީ ވެސް ވަރަށް ދިގު މަޤުބަރާއެކެވެ. މި މަޒުމޫނާއެކުގައިވާ ފޮޓޯގައި އެވަނީ ހޫދުގެފާނުގެ މަޤްބަރާއެވެ. އެ މަޤްބަރާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކު، އޭގެ ދިގު ކަމާމެދު ޙައިރާންވެއެވެ. އެ މަޤްބަރާ ވަނީ ޔަމަނުކަރައިގެ ޙަޟުރަމައުތު ގައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ