އަދުގެ ޚާއްސަ

Print

އަހަރެންގެ.... މަންމަ

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަހަރެންގެ އުމުރުގެ އެކި ހިސާބުގައި އަހަރެންގެ މަންމަ..


އިބްރާހީމް ނަޢީމު


އަހަރެންގެ އުމުރުން 4 އަހަރެވެ. އަހަރެންގެ މަންމަ އަހަރެންނަށް ހުރިހާކަމެއްވެސް ކޮށްދޭނެއެވެ. ނުވަތަ ކޮށްދެވޭނެއެވެ.

އަހަރެންގެ އުމުރުން 8 އަހަރެވެ. އަހަރެންގެ މަންމައަށް އަހަރެންގެ ހުރިހާކަމެއްވެސް އެނގޭނެ އެވެ. އެނގެންވެސް ވާނެ އެވެ. މަންމަ ގާތުގައި ބުނަން ވެސް ވާނެ އެވެ.

މިހާރު އަހަރެންގެ އުމުރަކީ 12 އަހަރެވެ. މަންމައަށް ހުރިހާކަމެއް އެނގެންޖެހޭނެ ބާވަ އެވެ. އަހަރެންގެ އަމިއްލަ ކަންތައްތަކެއް ނުހުންނާނެބާވަ އެވެ. އެކަންކަމާ މަންމަ ބެހެންޖެހޭހެއްޔެވެ.

އުމުރުން 14 އަހަރު ފުރުނީ އެވެ. ޙަޤީޤަތުގައި ވެސް މަންމައަކަށް ނޭނގެ އެވެ. ނުވަތަ ނުވިސްނެ އެވެ. ދެން ހަމަ އެއްޗެކޭ ކިޔަނީ އެވެ.

މިހާރު އުމުރަކީ 16 އަހަރެވެ. ހުހް... އެއްކަލަ، ފެށީ އެވެ. ދެން ކަންތަކާޖެހުނީ އެވެ. މުޅިދު ވަސް ޚަރާބުވީ އެވެ.

18 އަހަރު ފުރުނީ އެވެ. އެއްކަލަ މުސްކުޅި ދައިތަގަނޑުގެ ކަންތައް މިއޮތީ ލައިގެންފަ އެވެ. ތަޅާއަނގައިން ބޯފަޅައިގެން ދާހައި ވެ އެވެ. މިކަމުން ސަލާމަތްވާނީ ކޮންއިރަކުން ބާވަ އެވެ.

މިހާރު އުމުރަކީ 25 އަހަރެވެ. މަންމަ ދޯ އެވެ. ފަހަރެއްގައި ރަނގަޅު ލަފައެއް ވެސް ލިބިދާނެ އެވެ. މަޝްވަރާކޮށްލުމަކުން ދެރައެއްނުވާނެ އެވެ.

އުމުރުން 35 ފަހަނައަޅަނީ އެވެ. ވަކިގޮތެއް ނިންމުމުގެކުރިން މަންމަމަގެ މަޝްވަރާއެއް ވެސް ހޯދާލަންވާނެ އެވެ. އޭރުން މަންމަ ވެސް ހިތްހަމަޖެހޭނެ އެވެ.

މިހާރު އުމުރަކީ 45 އެވެ. ހީވާގޮތުން މިކަމުގައި އެންމެރަނގަޅު ލަފައެއް ދެވޭނީ މަންމަމައަށެވެ. އެންމެ ފުރަތަމަ ވެސް އަހާނީ މަންމަގާތުގަ އެވެ. މަންމަގެ ތަޖުރިބާ އަހަރެންގެ މުޅިއުމުރާ ވެސް ނުބައްދަލުވާނެ އެވެ.

މި އަދު މީ އުމުރުން 65 ފުރު ދުވަހެވެ. މަންމަ ދުނިޔޭގައި ހުރިނަމަ ހާދަރަނގަޅުވީހެވެ.

----------------
 (ނިމުނީ)

ހަވާލާ؛

  މަޢުލޫމާތު:
  http://www.dayformothers.com

  ފޮޓޯ:
     ފުލިކަރ


މި ލިޔުން؛

  ފޮނުވުން:    އަލްފާޟިލް އިބްރާހީމް ނަޢީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
  އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމު (އެޑިޓަރު)
  ޝާއިޢުކުރުން:    ''         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ