އަދުގެ ޚާއްސަ

Print

މުށެއްވަރު މަސްކޮޅު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

     
   ކަނީރު ޢަބުދުއްރަޙީމް

 ހިތޭ މިކިޔާ ދެ އަކުރުން ނަން މިކިޔަނީ  ނޭނގިއެއް ނޫން ހޭ
       ހިތޭ ލޯތްބޭ މަ ދީފީމޭ ހަރޭ ވެސް ކިޔައެ އަޅެ  ނޫން ހޭ

  ތަޅާ ފިސްކޮށް ޒަޚަމް ވެސް  ކޮށް  ނިކަން އަނިޔާކުރާ ކަމުގައި
        އަޅާ ނެތިދާކަމަށް "ތިހިތުގެ އުފާނެތިގެން" ބުނޭ   ނޫން ހޭ

  ހިތާ ހިތް ބަދަހިކޮށް ގުޅުވާ   އެއަށް  އޯގާވެގެން  ފިރުމާ
        މިތާ ހަދަމޭ ބުނާ ބުނުމީ އެއީ ހަމަ ބޮޑުދޮގެއް   ނޫން ހޭ

  އެއިން މެސެޖާ ރުހުން ފޮނުވާ އެޔަށް އަނެކާގެ ސޫރަ ނަގައި
        ލެއިންފެވި ފޯވެ ދާކަމުގައި އެބުނަނީ ގުދުބަހެއް   ނޫން ހޭ

  މަށަށް ހަމަ ނޭނގުނޭ އެކިޔާ ހިތެއް  ދީ އަތުލެވޭނެ ގޮތެއް
        މަށަށްނުދިނަސް ދެނީބާއޭ  ނިކަން ހީވެސް ވެވޭ   ނޫން ހޭ

  އެތެރެހަށި ދުށް ބައެއްމީހުން މަށަށް ބުނެދިންގޮތުން  ހިތަކީ
        އެތެރެއިންނެރެ ނުކުޅެވޭހާ "މުށެއްވަރުމަސްކޮޅެއް"  ނޫން ހޭ

   ބުނާތީ އަޑުއިވޭ މި ކަހަލަ ކިތައް މަރުދޮގު އަހައިފިން   ހޭ
        ބުނާށޭ! ހުސްދޮގޭ ރޯދޮގު ޔަގީން ބުހުތާން އެހެން   ނޫން ހޭ

   ހިތެއް ނުދެވޭނެޔޭ ނުމެދެއެ ދެވޭތޯއެއް ނުވެސް  އުޅެއޭ
        ހިތެއް އަތްފޯރު ކުރެވޭފަދަ ހިސާބެއްގައި ނެތެއް   ނޫން ހޭ    
                                                    
                   ----------------------
                        (ނިމުނީ)
މި ލިޔުން؛

  ފޮނުވުން:     އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
  އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
  ޝާއިޢުކުރުން:     ''      ''


އިދާރާ

އެނގޭތަ؟

ވާހަކަ