އަދުގެ ޚާއްސަ

Print

އެ މީހުން އެ މަރުވަނީ.....

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


އެ މީހުން އެ މަރުވަނީ ހަމަ ކަލިޔާބިރިންޖީ ކޮޅެއް ވެސް ނުލިބިތާޔޭ


ފަޟީލަތުއްޝައިޚް އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

އިހުޒަމާނެއްގައި އެއްފަހަރަކު ރާއްޖެ ތަދުވެގެން، ރަށްރަށުން މީހުން މަރުވާ ވާހަކަ، އޭރު ހުރި ހަނދޭގިރި ތަކުރުފާނަކު، އައިސް ރަސްގެފާނުގެ އަރިހުގައި ދަންނަވައިފި އެވެ.

ރަސްގެފާނު: އެ މީހުން އެ މަރުވަނީ ހަމަ ކަލިޔާ ބިރިންޖީ ކޮޅެއް ވެސް ނުލިބިގެންހޭ؟

ހަނދޭގިރިން: ތިޔަ ބަސްފުޅާ ދަންނަވާނީ ކީކޭތޯޔޭ؟

ކޮންމެޔަކަސް ކާއެއްޗެއް ނުލިބިގެން މަރުވާ ވާހަކަޔޭ މި ދެންނެވީ. މިހިރީ ވެސް ބައެއް ޒަމާން ޒަމާނުގައި ރަސްކަމުގައި ތިއްބަވާ ބޭބޭފުޅުންގައި ހުންނަ ސިފަ އެވެ.

---------- 
(ނިމުނީ)

މި ލިޔުން: 

   ޓައިޕްކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   އަލުންބެލުން:    ''        ''
   ޝާއިޢުކުރުން:   ''        ''


ހަމަމިގަލަމުން

އިދާރާ