އަދުގެ ޚާއްސަ

Print

ކިހިނެއް މިވަނީ ވިސްނީމާ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް (2006)

ފައިދިގު މަކުނާ، ބިޗުލާ، ނަގުލަންދާށިން،    ރެކެވޭ ފެނުނީމާ
     ގައިގާ ފިރުމާ ޖާނީ ދުޝްމަން އެނގެނީ،  ކެހިދީ   ނިމުނީމާ 
     * * * * * * * * * * * * * * *

ސިންގާ، ޗީޓާ، މިނިކާވަގު، ދޭ ދިރިތިއްބާ  ކައިލަން މީހުން،
     އިންސާނާ އޭނާގެ  އަޚާގައިން ''މަސްކައި އުޅެނީ    މުޅަވީމާ''  

ބާޒާ،  ކާޅާ، ސުރުމުތި، އަތުލައި ގަނެޔޭ ޅަފިޔޮށް ހޭޅިމަތިން،
        ބޭޒާރު އަވަށްޓެރިޔާވީ   ގޭ އަލަމާރި     އެގޭން  ނެރުނީމާ

ގާވިޔަމަސް، ގާރޮނޑު، ފަންހާމަސް، ކެހިދޭ ގޯނާކުރި   ގޮތަކުން،
        ސާހިބު މީހާ  ޗާބޫކު ނަގާ،    ޚާދިމު     ޚާދިމަކަށްވީމާ

ވޮށިމަސް މިޔަރާ، ފެމުނާ، ކިނބުލާ، އޮޅުވޭ  ކައިބަނޑުބޮޑުވީމާ، 
         ހަށިހެޔޮ ކޮއިފުޅު ވާރުތަވެރިޔާ ދަށުލައި      ލޯބޯ ކޮށިވީމާ 
       
ގައިކެހެނބުޅިޔާ، އޮށަނި، އަފިހުނުން، ވޭންލިބެނީ މެކެވޭ ޒާތުން،
        ގާތްނުވެ ކުށަކާ ހުއްޓާ ބެދެޔޭ ބާރުގެ ހިތް  ނުރުހުން  ވީމާ

        * * * * * * * * * * * * *

އިންސާނާހޭ، އިންސާނުންނޫން،  މަޚުލޫޤުންހޭ   ދުނިޔޭގާ،  
         ހިންގާ އަނިޔާ ކުރިޔަށް ނެރެނީ، ކިހިނެއް މިވަނީ   ވިސްނީމާ
              -----------------------------  
                  24ޖޫން 2006  

މި ލިޔުން:

    ލިޔުން:      އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އެޑިޓަރު/ދިރާރީ ލިޔުންތެރިއެއް)
    އަލުންބެލުން:    ''            ''
    ޝާއިޢުކުރުން:   ''            ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ