އަދުގެ ޚާއްސަ

Print

ވާރޭފެން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކުޑަކުދިންގެ ޅެން


ބޭނުމޭ  ހަމަ އަހަރެމެންނާ  ބިންގަނޑަށް ވެސް  ވާރެފެން،            


އާދަމް ނަޞީރު އިބްރާހީމް (2006)

ހޫނު މޫސުމުގާ ހިނގާލީ، މޫނުގާ ދާތިކި ޖަހާލީ، ހޫނުއަވި އެވަގުތު ނިވާލީ،
     ބޭނުމޭ   ހަމަ އަހަރެމެންނާ   ބިންގަނޑަށް ވެސް   ވާރެ ފެން،

މަޑުމަޑުން ވައިބާރުކޮށްލީ،އުޑުމަތީގާ ކަޅުވިލާލީ، ގަދައަޑުން ގުގުރާވިދާލީ،       
      ބޭނުމޭ   ހަމަ އަހަރެމެންނާ   ބިންގަނޑަށް ވެސް   ވާރެ ފެން،
 



ލަސްނުކޮށް ބާރަށް މިދުވެލީ، ގަސްގަހުން ގޮފިތައް އެހެލިލީ، ގޮސްގެޔަށް އަވަހަށް މިވަދެލީ
                             ބޭނުމޭ    ހަމަ  އަހަރެމެންނާ    ބިންގަނޑަށް ވެސް  ވާރެފެން،

ޓޮއްކިޔާފާ އަޑުކިޔާލީ،  އޮށްތަކެއްހެން ތިކި ޖަހާލީ،  އަސްތައަސްތާ ވާރެވެހިލީ
                             ބޭނުމޭ    ހަމަ އަހަރެމެންނާ   ބިންގަނޑަށް ވެސް   ވާރެފެން،

ތާނގިތައް އެންމެން ފުރާލީ، ސާފުވާރޭފެން މި ބޯލީ، އާވެ ޞިއްޙަތު ބާރުޖެހިލީ،
                             ބޭނުމޭ    ހަމަ އަހަރެމެންނާ   ބިންގަނޑަށް ވެސް   ވާރެފެން،

ރީތި ގަސްތައް ރޯވެހެދިލީ، ރީތި މާތައް ފަރިވެފޮޅިލީ، މީރު މޭވާ ދޮންވެ ބިނދެލީ،
                             ބޭނުމޭ    ހަމަ އަހަރެމެންނާ   ބިންގަނޑަށް ވެސް   ވާރެފެން،
            -------------
            19 ޖޫން 2006


މި ލިޔުން:

   ލިޔުން:     އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އެޑިޓަރު/ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:    ''         ''
   ޝާއިޢުކުރުން:   ''         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ