އަދުގެ ޚާއްސަ

Print

ނަމާދު ނޭނގި ނަމާދަކަށް ނުވެ އެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމު

ނަމާދު ނަމާދަކަށްވާނީ ނަމާދު ނިކަން އުނގެނި އެނގިގެން
               ނަމާދެއްރަނގަޅު، ކުރެވޭނީ ނަމާދުގެ ގޮތް ވަރަށްދަނެގެން

ނަމާދެއް ޞައްޙަވާނެ ޝަރުތު  ނުބައިވާ ކަމުނުދާނެ ގޮތާ
               ނަމާދުކުރާގޮތާ އެކުގައި އެނގެންޖެހެއޭ   ނިކަންފުދިގެން

ނަމާދުގެ ފަރުޟު ނުވަތަރުކުން މޮޅަށްދަސްކޮށްސަމާލުވެގެން
               ނަމާދުގެ ސުންނަތަށް ފަރުވާބަހައްޓަން ވާނެއޭ އެނގިގެން

ނަމާދުގެ އެއްމެހާ ތަކުބީރު      ޒިކުރާ މާތްވި ޤުރުއާނާ
               ނަމާދުގެވަގުތު ކިޔަވާއިރު އެނގެންވެއެ މާނަވެސްވެވިގެން

ނަމާދުކުރަން މިކަންކަން  ދަސްނުކޮށް ތިބެގެން ނުވާނޭކަން
              ނަމާދުގެ ޢިލްމު ސާބިތުކޮށްދެއޭ  ވާޖިބުވެފާ    އޮވެގެން

ނަމާދު ނަމާދަކަށްނުވުމުގެ  ބިރު  އޮތީތީ  މިކަންކަމުގައި
              ނަމާދަށް ކޮންމެހެންޖެހިގެން ނިކަންދަސްކޮށްލަމާ ކެރިގެން
   =========000=======000========000=======

ހިތާމައެކޭ މިވަރުވެސް ނޭނގި އާދަވެމިސްކިތަށްވެސްގޮސް
              ހިތާ ހަމަރަނގަޅުވާނެކަމަށް އޮޅުންފިލުވަން ނުއުޅެވޭކަން

މަށަށްމިވަރުންފުދެއެ ބުނަމުން ޔަގީންކުރެވޭނެގޮތް އޮއްވާ
              މަށަށް އައުގޮތްގޮތެއް ނުހެދޭނެއޭ ބުނެ ފޫހި  ވެލެވޭކަން

މި އިސްލާންދީނުގައި އަޅުކަން މިހާރީއްޗަށްއެނގެންއޮއްވާ
             މިއިސްލާންކަން މަށަށް، ކަލެއަށް ކަލޭގެގޮތޭ ބުނެއުޅޭކަން

އުނގެނި ހޯދާ އޮޅުންފިލުވާ ނިކަން ވިސްނާ ބަލައިފިއްޔާ
           އުނގެނެވުނުފޮތްތަކުންވެސް ހަމަ މިހެން ބުނެދީ ކިޔާދޭކަން

ހިނގާ!އެންމެންސަމާލުވަމާ ނަމާދުމޮޅަށްއުނގެނި އެނގެމާ
           ހިނގާ!އެއްބަސްވަމާ ރަނގަޅަށްނަމާދުކުރަން އެނގެންވާކަން
            ----------------------------
                    (ނިމުނީ)

މި ލިޔުން؛

ފޮނުވުން:   އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން:  ''        ''



އިދާރާ

ވާހަކަ