އަދުގެ ޚާއްސަ

Print

ރާޒުވާގޮނޑި މަތީގައި ކުޅި ހިނގާގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ކުޅިވަރު


ޢަބްދުލްމުޢީދު ޙަސަން

މަނާ
މަނާ ކުރިޔަށް ދާނީ، ފަހަރަކު ގެއަކަށެވެ. އެކަމަކު، ކުޅުންތެރިޔާ ބޭނުންނަމަ، ފުރަތަމަ ފަހަރު ދެ ގެ އަށް ކުރިޔަށް ގެންދެވިދާނެއެވެ. އަދި މަނާ މަންތިރިވުމުގެ ކުރިން ޚާއްޞަ ޙާލަތެއްގައި ގޮޅިތަކުގެ ކަނުންކަނަށް ދާނެއެވެ. މިގޮތަށް ދާއިރު ދާނީ މަނާ އިންގެއާ ޖެހިގެން ކަނުން ގުޅިފައިވާ ގެއަށެވެ.


ރިޔާ

ރިޔާ ދާނީ، ރާޒުވާ ގޮނޑީގައި ތިރިން މައްޗަށާއި މަތިން ތިރިއަށެވެ. އަދި ކަނާތުން ވާތަށާއި ވާތުން ކަނާތަށެވެ.


އަސް
އަސް ދާނީ، ހަތަރު ގޮޅިން ހެދިފައިވާ އެލް އަކުރެއްގެ އެއް ކޮޅުން އަނެއް ކޮޅަށެވެ.

ބޮޑުބޯ
ބޮޑުބޯ ދާނީ، ގޮޅިތަކުގެ ކަނުންކަނަށެވެ.

މަންތިރި
ރިޔާ ދާ ގޮތަށާއި ބޮޑުބޯ ދާ ގޮތަށް މަންތިރި ދާނެއެވެ. އެކަމަކު، އަސް ދާގޮތަށް ނުދާނެއެވެ.

ބޮނދު
ބޮނދު ދާނީ ފަހަރަކު ގެއަކަށެވެ. ހުރިހާ ފަރާތަކަށް ދާނެއެވެ. މިއާ ޚިލާފުވާނީ ކައްތިރި ކުރާއިރުގައެވެ. ކައްތިރި ކުރާއިރު، ވާތްފަރާތަށް ނުވަތަ ކަނާތް ފަރާތަށް، އެއްފަހަރާ ދެގެއަށް ދާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ