އަދުގެ ޚާއްސަ

Print

ހާދަހައި ދައްޗޭ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަންމަދު ޝާހިދު ޙަލީމް


ހިތަށް  ތަދުކޮށް  އެ ހިތް ކުދިކުދި ކުރާން  އަދު  ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  އެ ހިތް މަސަލަސް ކުރާން އަދި މާ ބޮޑަށް ދައްޗޭ

ނުފެންނަ ކަމަށް  އެ މަންޒަރުތައް ހަދާން  އަދު  ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  އެ ފެންނަ ގޮތުން  ބަލާން އަދި މާ ބޮޑަށް ދައްޗޭ

ދުވާލަށް  ރޭގަނޑޭ  ބަލަ  މީ  ބުނާން  އަދު   ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  ދުވާލޭ  މީ  ބުނާން  އަދި  މާ  ބޮޑަށް  ދައްޗޭ

ނުވާ  ކަމެކޭ  އެއީ  ގައިމޭ   ހިތާން  އަދު   ހާދަހައި   ދައްޗޭ
    އެހެންނަމަވެސް  އެ  ކަން  ވެއްޖޭ  ބުނާން އަދި މާ ބޮޑަށް ދައްޗޭ

އެއީ  ހަމަ  ރަން  ކަމަށް  ބަބުޅާ  ބަލާން  އަދު ހާދަހައި ދައްޗޭ
    އެހެންނަމަވެސް  ރަނޭ  ރިއްސަށް  ބުނާން  އަދި މާ ބޮޑަށް ދައްޗޭ

ހިތަށް  ކެކުޅުންތަކެއް  ލިބުނަސް  ރުއިން  އަދު ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  އެ ކަން ފޮރުވާން  ހުނުން  އަދި މާ ބޮޑަށް ދައްޗޭ

އަރާމުގެ  ތަންމަތީގައި   އޮވެ  ނިދާން  އަދު  ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  މިހެން  ހޭލައި  ހުރުން  އަދި  މާ ބޮޑަށް ދައްޗޭ

ނުކައި  ނުމެ ބޮއި  މި ހައިކަމުގައި  ހުރުން އަދު  ހާދަހައި ދައްޗޭ
    އެހެންނަމަވެސް  ހަނާވެ  ދިޔަސް  ކެއުން  އަދި  މާ ބޮޑަށް ދައްޗޭ

ކުދީން  ހުރިހައި  އަބަދު  ރޯތަން  ދެކޭން  އަދު  ހާދަހައި ދައްޗޭ
    އެހެންނަމަވެސް  ކުދީން  ލޮއްސާން  އުޅޭން އަދި މާ ބޮޑަށް ދައްޗޭ

ކޮޓަރި  ނިއްވައި  އަނދިރިކޮށްގެން  އުޅޭން އަދު  ހާދަހައި ދައްޗޭ
    އެހެންނަމަވެސް  ގެދޮރު  ހުޅުދާން  ކުރާން އަދި  މާ ބޮޑަށް ދައްޗޭ

ވަޒަން ނުމެކޮށް  ގުޅުންތައް  ދިރިއުޅޭން  އަދު  ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  ވަޒަން ހަމަކޮށް  ކިރާން  އަދި  މާ ބޮޑަށް ދައްޗޭ

ދަތުރު  އޮޅުވައިލުމުން  ހެޔޮބަސް ބުނާން  އަދު  ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  ނުރުހި  ޝަކުވާ ކުރާން  އަދި މާ ބޮޑަށް  ދައްޗޭ

ކުރީން ހިނގިޔަސް މިހެން މި މަގުން ހިނގާން އަދު ޝާހިދަށް ދައްޗޭ
    އެހެންނަމަވެސް  އެހެން މަގަކަށް  އަޅާން  އަދި މާ ބޮޑަށް ދައްޗޭ
----------------
(ނިމުނީ)


މި ލިޔުން؛

   ފޮނުވުން:   އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  ''             ''
   ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ