އަދުގެ ޚާއްސަ

Print

ބުއްދިވެރި ޖަވާބެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ގަރާޖެއްގައި މަސައްކަތްކުރާ މެކޭނިކަކު އިންޖީނެއް ރޫޅައިގެން އޭގެ ބައިބައި ވަކިކޮށްގެން މަރާމާތު ކުރަނިކޮށް އެތަނަށް ފަޅާ ޑަކްޓަރަކު އަތުވެއްޖެއެވެ. މެކޭނިކަށް ޑަކްޓަރު ފެނިގެން ގޮވައިލިއެވެ.

"ޑަކްޓަރު- ނިކަން މިކޮޅަށް ވަޑައިގެން ބައްލަވާ-!"

ޑަކްޓަރު މަޑު މަޑުން އައިސް އޭނާގެ ގާތަށް ހުއްޓިއްޖެއެވެ.

މެކޭނިކް ބުންޏެވެ.

"ނިކަން ބައްލަވާ-! އަޅުގަނޑު މިހާރު މިކުރާ މަސައްކަތަކީ މި އިންޖީނު އޮޕަރޭޝަން ކުރުމުގެ މަސައްކަތް- ބައިތައް ނުވަތަ ގުނަވަންތައް ވަކިކޮށްގެން މަރާމާތު ކުރަނީ- އަޅުގަނޑު މި އިންޖީނު ރާވައި ނިމޭއިރު ހުންނާނީ ހަމަ މުޅީން އާ އިންޖީނަކަށް ވެފައި-"

ޑަކްޓަރު ބުންޏެވެ.

"ތިޔައީ ތެދެއް- ތިޔަކަމާ އަހަރެން ދެކޮޅު ހެދީތަ-؟"

މެކޭނިކް ބުންޏެވެ.

"މިއީ ހަމަ ޑަކްޓަރުންވެސް ކުރާ ކަހަލަ މަސައްކަތެއް ނޫންތޯ-؟"

ޑަކްޓަރު ބުންޏެވެ.

"އާނ- ދެމީހުންގެ މަސައްކަތް ދާދި އެއްގޮތެއް ކަމުގައި ބުނެވިދާނެ-"

މެކޭނިކް ބުންޏެވެ.

"އެހެން ވެއްޖެއްޔާ ޑަކްޓަރުންނަށް އެހައި ބޮޑު އަގު ލިބިފައި އަޅުގަނޑުމެންނަށް މާކުޑަ އަގެއް ލިބެނީ ކީއްވެގެންތޯ-؟"

ޑަކްޓަރު މަޑު މަޑުން ގުދުވެލާފައި މެކޭނިކްގެ ކަންފަތްދޮށުގައި ބުނެލިއެވެ.

"އިންޖީނު ހިނގަހިނގާ ހުއްޓާ ނިކަން ރޫޅާލައިގެން ހަދާބަލަ-!"
----------------------
(ނިމުނީ)

މަޢުލޫމާތު: ރަޙްމަތްތެރިޔަކު ފޮނުވި އީމެއިލަކުން.

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ