އަދުގެ ޚާއްސަ

Print

އުފާވެރި އާ އަހަރުގެ ހިތާމަ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަންމަދު ޝާހިދު ޙަލީމް


އަލުން  ފެށުނީއެ   އާ  އަހަރެއް   އަނެއްކާ  ވެސް
    މަލުން  ދަސްތާ  ހަދާން  ލިބުނީއެ  ދަނޑިވަޅު ވެސް
ް
މެސެޖްތައް    ފޮނުވަމުން    ކާޑާއި    ފޯނުންނާ
    އެސެންސުން  މީރު ކުރަމުން  ފޮނި  އިބާރާތް  ވެސްް

ނެޓުން   މެއިލުން   ރިވެތި   ގިނަގުނަވި  އީކާޑުން
    ޗެޓުން  އަދި  ޓުވިޓަރުން އަދި ފޭސްބުކުން އަދި ވެސް

ނިދިން  މަޙްރޫމް  ވީމުނު؟  އަހަރެމެން   މި ކަމަށް
    މި  ދިޔަ  އަހަރާ،   ކުރީ  އަހަރާ   އައީމާ  ވެސް

ދަތަސް  ނުދަތަސް   ތަހާނީ  ފޮނުވަމުން  ގިނަގުނަ
    ކަތަކު  ނެތް  ހެޔޮ  އެދުން  ލޯތްބާ  ނުފޮނުވާ ވެސް

ލޮލުން  ދުށް  ކަންކަމުން  އަހަރުގެ  ތެރޭ ކުރިހައި
    ލޮލުން  އޮހިގެން  ދަނީ  ސައިލޭ   އެހެން ނަމަވެސް

ދިނީ   ކެއްސޭ   އަޚެއް   އުޚުތެއް  ބަލައިނުމެލައި
    ފިނީގައި   ހޫނުގައި   ނުމެ  ކޮށް  ތަފާތެއް  ވެސް

ކުރީ   ބަދުނާމު   ރޯމަރުދޮގު   ހަދައި   ފަތުރައި
    ފުރީ  ހިތްތައް   އުފާ އުފަލުން  މި  ޒާތުން  ވެސް

ކިތައް  މީހުން؟   ދުލާ  ގަލަމުން   ކަފައި ކަތިލީ
    ނިތަށް  އަރުވައިލުމެއް  ނެތި ހަމަ  ރުލެއް  ކުޑަވެސް

މަގާމާ    ޢިއްޒަތާ    ގަދަރާއި    ޖާހާ    ހެދި
    އަގާއި  އަބުރު  ކިހައި  ބަޔަކުގެ؟  ނަގައިލީ  ވެސް

ގެޔާ  ގޯއްޗާ   މުދާ   ހޯދާން   ކިތައް   މީހުން؟
    ލެޔާ  ރަޙިމުގެ  ގުޅުން  ނެތިކޮށް  ކަނޑައިލީ  ވެސް

ހިތަށް  އެއްޗެއް  ނުވެސް އަރުވައި  ތަޅައި ޗިސްކޮށް
    ކިތައް  މީހުން؟ ކަނޑިން  ކަޓަރުން  މަރައިލީ ވެސް

ހަނދާނެއް ނެތް  އެހެން ހެދި އިރު  އެއީ އެ  އަހަރު
    ހަނދާން ކޮށްގެން މެސެޖް ފޮނުވީ  ކަތުން ކަން ވެސް

މި  ކަންތައްތައް   ހަނދާންވީމާ   މިއަދު   ޝާހިދު
    ނިކަން  ދެރަވޭ  މެސެޖުތައް  ލިބި  ކިޔާ އިރު ވެސް
--------------------
   (ނިމުނީ)

މި ލިޔުން؛

    ފޮނުވުން؛   އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:   ''           ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ