އަދުގެ ޚާއްސަ

Print

ދިވެހި ރައިވަރުގެ އަސްލުރާގު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޑު: ޤާސިމް މުޙަންމަދު/ހއ. ފިއްލަދޫ
  
މިއީ ދިވެހި ރާއްޖޭގެ 22ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ފަންވަތުގެ ފަރާތުން ރެކޯޑުކޮށް ޝާއިޢުކުރި ރައިވަރުތަކެކެވެ. 
 
މި ރައިވަރުތައް ކިޔައިދެއްވާފައިވަނީ، ހއ. ފިއްލަދޫ ވީސަންގޭ އަލްފާޟިލް ޤާސިމް މުޙަންމަދު (65އ) އެވެ. އޭނާއަކީ، ޅެން ފަރިހި ރައިވަރު ކިޔުމުގައި ދިވެހިންގެތެރޭގައި ނަންހިނގައި މަޝްހޫރުވެފައިވާ ބޭކަލެކެވެ. ތިޔަ ބޭފުޅުން ރޭޑިޔޯ އިން އައްސަވާ، ''ޖެހި މި ތާރައިގެ ކުޅިބަލަންދާން/ ކީފަހު މަށަށްރަން'' މި ފަދަ ފަރިހިތައް ތިޔަ އަޑު އައްސަވަނީ ޤާސިމް މުޙަންމަދުގެ އަޑުންނެވެ. އޭނާ ބުނުއްވާ ގޮތުގައި ދިވެހިން ރައިވަރު ކިޔައި އުޅުނީ ވަރަށް ފަންނީ ތަފާތު ރާގުތަކަކަށެވެ. އެ ރާގުތަކަށް ތަފާތު ނަންތައް ދެވިފައިވެ އެވެ. މި ރައިވަރުތައް އޭނާ ކިޔުއްވާފައި މި ވަނީ ''އިރުވައިތޮށީރާގު'' އަށެވެ.

މިއީ މަޝްހޫރު ''ބޮޑުވިއްސާރަ ރައިވަރު''ން ހޮވާލެވިފައިވާ ބައެއް ރައިވަރާއި، ނަސޭހަތުގެ ރައިވަރުތަކެކެވެ. ނަސޭހަތުގެ ރައިވަރުތައް ހައްދަވާފައިވަނީ، ކުޅަދާނަ ޅެންވެރިޔާ، ބ. ދަރަވަންދޫ ދޭލިޔާގޭ އަލްފާޟިލް ޔޫސުފު އަލިފުޅު (79އ) އެވެ.

ރައިވަރު ކިޔުމުގެ މައިދާނަށް އަލަށް ނިކުންނަ ދަރިވަރުންނާ ހަމަޔަށް ދިވެހިންގެ ދުވަސްވީ ފަންނީ ރާގުތައް ނުފޯރާތީ، ރައިވަރުގެ އަސްލުރާގު ގެއްލެމުންދާކަމުގެ އިޙްސާސްތައް އެބަ ކުރެވެ އެވެ. ފަންވަތުގެ ފަރާތުން ތިޔަބޭފުޅުންނާ ހަމައަށް ފޯރުކޮށްލެވުނު ލުއި ހަދިޔާއަކީ، މި ކަމަށް އޮތް ފަރުވާއެއްކަމުގައި ހިތްތެވުން އެދެމެވެ.



މި މަސައްކަތުގައި  އެހީތެރިވެދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.  އިރާދަކުރެއްވިއްޔާ ފަންވަތް އަބަދުވެސް ދެމި އޮންނާނީ ދިވެހި އަދަބިއްޔާތާއި، ދިވެހި ސަގާފަތުގެތެރޭން ހޮވާލެވޭ މި ފަދަ އަގުހުރި މުތްތައް  ހަދިޔާކުރާ، ތިޔަ ބޭފުޅުންގެ މަޢުލޫމާތުގެ ޚަޒާނާއެއްގެ ގޮތުގަ އެވެ.
--------------
15ޖަނަވަރީ 2011
                                           

މި ލިޔުން:
 
      ލިޔެޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)

     

ހަމަމިގަލަމުން

އިދާރާ

ވާހަކަ