މިތުރުކަން ކެނޑިގެންދާ ސަބަބުތައް...
... އެކި މީހުންގެ ނަޒަރުން
މި ލިޔުމުގައި އަޅުގަނޑު މި ލިޔެލަނީ ދޭދޭ މިތުރުންގެ މެދުގައި އުފެދިފައި އޮންނަ އެކުވެރިކަމާއި ގާތް ރައްޓެހި، ރަޙުމަތްތެރިކަން ކެނޑިގެންދާ ސަބަބުތައް ކަމަށް އެކި މީހުން އެބައި މީހުންގެ އަމިއްލަ ތަޖުރިބާގެ އަލީގައި ކިޔައިދީފައިވާ ވާހަކަތަކެކެވެ. މިކަންކަމާމެދު ވިސްނައި ފިކުރު ކުރުމަށްފަހު މިފަދަ ސަބަބުތައް މެދުވެރި ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ބައްޓަންކޮށްލުމަށް ވިސްނިދާނެ އެވެ. އަދި މި ކަމާމެދު ތިޔަ ބޭފުޅުންގެ ޚިޔާލުފުޅުތައް މި ލިޔުމަށް ކޮމެންޓް ކުރެއްވުމުން ޙިއްޞާކޮށްލެއްވުމަށް އަޅުގަނޑު ދަޢުވަތު އަރުވަމެވެ. އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށްޓަކައި އެފަދަ ޚިޔާލުފުޅުތަކުން އެހީލިބިދާނެތީ އެވެ.
ދެން އެކި މީހުންގެ ޚިޔާލުތައް ލިޔެލާނަމެވެ.
• " [މިތުރުކަން ކެނޑިގެން ދިޔުމުގެ އެންމެ މުހިއްމު ސަބަބަކީ އެކަކު އަނެކަކަށް] ސަމާލުކަން ދޭމިންވަރު ކުޑަވުމެވެ. އަވަދި ނެތިވެ އުޅެން ދިމާވުމުގެ ސަބަބުން އެތައް ހަފުތާއަކަށް ގުޅައިނުލެވި ދިޔުމުގެ ސަބަބުން ދުރުކަމެއް އިހުސާސްކުރެވެނީ އެވެ. އެހެންކަމުން ތިބާއާ އޮންނަ ގާތްކަން އެހެން މީހެއްގެ މައްޗަށް އެނބުރިލަނީ އެވެ."
•
"އަހަރެންގެ ރަޙުމަތްތެރިކަން ކެނޑުމުގެ އެންމެ ބޮޑު ސަބަބަކީ ދެމީހުންގެ ތަފާތު ބޮޑުވުމެވެ. އެކަކު އަނެކަކު ދަށްކޮށްލެވޭތީ އެވެ. ރަހުމަތްތެރިކަން ނިމުނު އިރުވެސް އެކަކު އަނެކަކަށް އިޙުތިރާމް އޮތެވެ. އެކަމަކު އެ ރަޙުމަތްތެރިކަން ދެމިއެއް ނޯތެވެ. އެހެނަސް އެކުވެރިކަން ނިމިގެން ދިޔައީ ހަމަ ރަނގަޅަށެވެ."
• "[މިތުރުކަން ކެނޑިގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ] ގުޅުން (މުވާޞަލާތުކުރުން) މަދުވުމެވެ. އިތުބާޜުކުރުމާއި އިޙުތިރާމްކުރުން އުނިވުމެވެ. އަދި ދެ މީހެއްގެ ތެރޭގައި ވަކި ދުރުމިނެއް (އިންސަރަހައްދެއް) އޮތުމަކީވެސް ރަނގަޅު އެކުވެރިކަމެއް ނެތިގެން ހިނގައިދާނެ ސަބަބެކެވެ."
• "މިތުރުކަން ކެނޑިގެން ދިޔުމުގެ އެންމެ ބޮޑު ސަބަބުތަކަކީ މާފުނުކުރުމާއި އަމިއްލަ އެދުން ބޮޑުވުމާއި އިހުމާލުކުރުމެވެ."
• "ޤަބޫލުކުރާ އިޖުތިމާޢީ އަގުތަކާއި މީހުންގެ ދެޝައުޤުވެރިކަން ބަދަލުވުމަކީ އަމިއްލަ ތަޖްރިބާ އަށް ބަލާއިރު ރަޙުމަތްތެރިކަން ނެތިގެން ދިޔުމަށް މެދުވެރިވާ ދެ ސަބަބެވެ."
• "މުހިންމު ކަންކަމުގައި އެކަކު އަނެކަކަށް ކުރާ އިތުބާރު ގެއްލުމާއި އަނެކާއަށް ބަރޯސާވުމުގެ ގޮތް ނެތިގެން ދިޔުމަކީ ރަޙުމަތްތެރިކަން ނެތިގެން ދިޔުމަށް މެދުވެރިވާ ސަބަބުތަކެވެ."
• "ރަޙުމަތްތެރިކަމަށް ބުރޫއަރާ ެންމެ މުހިންމު ބަހާ އަކީ ކަންކަމުގައި އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ ގޮތް ކުޑަވުމެވެ. އެއީ ކޮންމެވެސް ސަބަބަކާ ހުރެ ރަޙުމަތްތެރިޔާ ތިމާއަށް ކުރާ އިޙުތިރާމް ނެތިގެންދިޔުން ނުވަތަ ހަމަ މިފަދަ ސަބަބަކާ ހުރެ ތިމާ، ތިމާގެ އެކުވެރިންނަށް ކުރާ އިޙުތިރާމް ނެތިގެން ދިޔުމެވެ."
• "ރަޙުމަތްތެރިޔާ އަށް ކުރެވޭ ކަމަކުން ނުވަތަ އޭނާޔަށް ބުނެވޭ ބަހަކުން ރުޅި އާދެވި، އެކަން ޙައްލުކުރުމަށް ޓަކައި ވާހަކަދެއްކުމެއްނެތި ހިމޭނުންތިބުމަކީ ރަޙުމަތްތެރިކަން ނެތިގެން ދިޔުމުގެ ވަރަށް ބޮޑު ސަބަބެކެވެ."
• "ތިމާއާއި ރަހޫމަތްތެރިޔާއަށް އިސކްނދެވޭ ކަންކަން ތަފާތުވުމާއި ރަޙުމަތްތެރިޔާއަށް ވަގުތު ނުދެވުމަކީ ރަޙުމަތްތެރިކަން ނެތިގެންގެންދާ ސަބަބެކެވެ. މިހެން ދިމާވަނީ ވަގުތު ހެޔޮ ގޮތުގައި ބޭނުންކުރަން ނެނގޭތީއެވެ. އެހެންވީމާ ވަގުރު ރާވައިލައިގެން ރަޙުމަތްތެރިކަން ބަދަހިކުރުމަށް ވަގުތުކޮޅެއް ޚާއްޞަކޮށްލުމަކީވެސް މުހިއްމު ކަމެއްކަން ކަށަވަރެވެ."
މި ދަންނަވައިލެވުނީ ރަޙުމަތްތެރިކަން ކެނޑިގެން ދިޔުމަށް މެދުވެރިވާ ސަބަބުތައް ކަމަށް އެކި ފަރާތްތަކުން ދެކޭ ސަބަބުތަކުގެތެރެއިން ކުޑަ މިންވަރެކެވެ. މިފަދަ އެތައް ބައިވަރު ސަބަބުތައް ހުންނާނެ އެވެ. އެހެންކަމުން މި ފަދަކަންކަމާ މެދު ވިސްނުން ހިންގައި އެ ފަދަ ސަބަބުތައް މެދުވެރި ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ބައްޓަންކޮށްލުމަކީ މިތުރުކަން ދެމި އޮތުމަށް ޓަކައި މުހިއްމުކަމެކެވެ. މި ހިސާބަށް މި ވާޙަކަ ދަންނމަވައިލުމަށް ފަހު ތިޔަ ބޭފުޅުންގެ ޚިޔާލުފުޅުތަކަށް ދޫކޮށްލަމެވެ.
-----------------
(ނިމުނީ)
(ނިމުނީ)
ޙަވާލާ: http://www.answerbag.com/
މި ލިޔުން؛
ފޮނުވުން: އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''