އަދުގެ ޚާއްސަ

Print

ދުނިޔޭގެ އެންމެ ބޮޑު 10 ކުތުބުޚާނާ

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ފޮތަކީ ޢިލްމު އުނގެނުމަށާއި، އެހެންމީހުންގެ ތަޖްރިބާތައް ދަސްކުރުމަށްޓަކައި ލިބިފައިވާ އެންމެ ރަނގަޅު އެއްވަސީލަތެވެ. ޢިލްމުވެރިންގެ މިފަދަޢިލްމީ މަސައްކަތްތައް ހޯދުމަށްޓަކައި ދާންއޮތް އެންމެ ރަނގަޅު އެއްތަނަކީ ކުތުބުޚާނާ އެވެ. އަޅުގަނޑުމެންގެ ތެރޭގައިކުތުބުޚާނާތައް އަދިވެސް ވަރަަަށް މަދެވެ. އަދި މި ލައިބްރަރީތައް ވެސް ވަރަށް ފަގީރެވެ. މުސްލިމުންގެ ތެރޭގައި ވެސް މިއީ ނިސްބަތުން ވަރަށް މަދު އަދި ވަރަށް ފެންވަރު ދެރަކޮށް ހުރި ކުތުބުޚާނާ ތަކެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު 10ކުތުބުޚާނާ ގެ ތެރޭގައި އިސްލާމީޤައުމެއްގެ ލައިބްރަރީއެއް ނުހިމެނެއެވެ. ނަމަވެސް އިސްލާމީ ޙަޟާރަތުގެ ރަންޒަމާނުގައި ބަޣްދާދު ފަދަ ސަހަރުތަކުގައި ހުރި ލައިބްރަރީތަކަކީ އޭރުގެ ދުނިިޔޭގައި މަޝްހޫރު އަދި މުއްސަނދިި ލައިބްރަރީތަކެކެވެ.


1-    އެމެރިކާގެ ކޮންގްރެސް ލައިބްރަރީ

 

 
އެމެރިކާގެ ކޮންގްރެސް ލައިބްރަރީއަކީ މީލާދީން 1800 ވަނައަހަރު ޤާއިމުކުރެވުނު ކުތުބުޚާނާއެކެވެ. މިއީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ ބޮޑު ލައިބްރަރީ އެވެ. މި   ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ 30 މިލިއަނެވެ.


2-     ސީނުކަރައިގެ ޤައުމީ ލައިބްރަރީ
(National Library of China)
 

ވެރިރަށް ބޭޖިންގ ގައި 1909 ވަނައަހަރު ޤާއިމުކުރެވުނު މި ކުތުބުޚާނާ އަކީ އެ ސަހަރުގެ މުހިއްމު މަލަތަކުގެ ތެރެއިން މަލައެކެވެ. މި ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ 22 މިލިއަނެވެ.


3-  ރަޝިއަން އެކެޑަމީ އޮފް ސައެންސަސް  ލައިބްރަރީ
  (Library of the Russian Academy of Sciences)  

 
ރަޝިއަން އެކަޑަމީ އޮފް ސައެންސަސް ލައިބްރަރީ ހުންނަނީ ސޭން ޕީޓަރސްބަރގް ގަ އެވެ. މި ކުތުބުޚާނާ ބިނާކުރެވުނީ 1714 ވަނަ އަހަރު އެވެ. މި ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ 20މިލިއަނެވެ.


4- ކެނެޑާގެ ޤައުމީ ލައިބްރަރީ
(National Library of Canada)



 
ކެނެޑާ ގެ ވެރިރަށް އޮޓާވާ ގައި ހުންނަ މި ކުތުބުޚާނާ ބިނާކުރެވުނީ 1953 ވަނައަހަރުގަ އެވެ. މި ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ 18.8 މިލިއަނެވެ.


5-  ޖަރުމަނުގެ ޤައުމީ ލައިބްރަރީ
 (German National Library)



ސަރުކާރުގެ މިލްކެއްކަމުގައިވާ މި ކުތުބުޚާނާ ބިނާކޮށްފައިވަނީ  1990 ވަނައަހަރު ފްރޭންކްފަރޓް ސަހަރުގަ އެވެ. މި ލައިބްރަރީގައި ހުރި ފޮތުގެ ޢަދަދަކީ  18.5 މިލިޔަނެވެ.

6- އިނގިރޭސިވިލާތުގެ ލައިބްރަރީ  
 
(British Library)

 

އިނގިރޭސިވިލާތުގެ ލައިބްރަރީ ހުންނަ ޢިމާރަތަކީ ލަންޑަނުގެ އެންމެ ޤާދީމީ ޢިމާރާތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މި ލައިބްރަރީ ބިނާކުރެވުނީ 1753 ވަނައަހަރުގަ އެވެ. މި ކުތުބުޚާނާ ގައި ހުރި ފޮތުގެ ޢަދަދަކީ 16 މިލިއަނެވެ.


7- ރަޝާގެ އިންސްޓިޓިއުޓް ފޮރ ސައެންޓިފިކް އިންފޮރމޭޝަންގެ ލައިބްރަރީ
(Institute for Scientific Information)
 

ވެރިރަށް މޮސްކޯގެ މެދުތެރޭގައި ހުންނަ މި ކުތުބުޚާނާ ބިނާކުރެވުނީ  1969 ވަނައަހަރު އެވެ. މި ކުތުބުޚާނާ ގައި ހުރި ފޮތުގެ ޢަދަދަކީ  13.5 މިލިއަނެވެ.


8- ހާވަރޑް ޔުނިވަރސިޓީ ލައިބްރަރީ
(Harvard University Library)

 

ހާވަރޑް ޔުނިވަރސިޓީ ލައިބްރަރީ ގައި ހުރި ފޮތްތަކަކީ 1638 ވަނައަހަރުން ފެށިގެން އެއްކުރެވިފައިވާ ފޮތްތަކެކެވެ. އެމެރިކާގެ މެސަޗޯސެޓްސް ސްޓޭޓްގައި ހުންނަ ހާވަރޑް ޔުނިވަރސިޓީ ކުތުބުޚާނާ ގައި ހުރި ފޮތުގެ ޢަދަދަކީ  13.1 މިލިއަނެވެ.


9- ޔުކްރޭން ގެ ވަރނަޑްސްކީ ނޭޝްނަލް ސައެންޓިފިކް ލައިބްރަރީ 
 (Vernadsky National Scientific Library of Ukraine)

 

ވެރިރަށް ކިޔީފް ގައި ހުންނަ މި ކުތުބުޚާނާ  ބިނާކުރެވުނީ 1919  ގައެވެ. މި ކުތުބުޚާނާ ގައި ހުރި ފޮތުގެ ޢަދަދަކީ 13މިލިއަނެވެ.



10-  ނިވްޔޯރކް ޢާއްމު ލައިބްރަރީ
(Public Library of New York )
 


ނިވްޔޯރކް ގައި ހުންނަ މި ކުތުބުޚާނާ ބިނާކުރެވުނީ 1895 ވަނައަހަރުއެވެ. މި ލައިބްރަރީ ގައި ހުރި ފޮތުގެ ޢަދަދަކީ  11 މިލިއަނެވެ.

---------------
(ނިމުނީ)

މި ލިޔުން:

    ފޮނުވުން؛ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: ''         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ