އަދުގެ ޚާއްސަ

Print

މަވެތިކަން ދޫކޮށްލަން ވެއްޖެއެވެ.

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމް

މަވެތިކަން ހިތްތަކުން ފިލުވައި އަލުން އެއްހިތްވެ އެކުވެރިވޭ!
    މަވެސް ހިމެނޭގޮތުން އެންމެންމެ ގައުމަށް ހެޔޮއަދައި ތެދުވޭ!

ލިބޭހިތްދަތިކަމާ މޮޅިކަން  މިއަދު ހާލަތު ވަޒަން   ވެވުމުން
    ތިބޭއިރު ދެފުރަގަސްޖައްސާ   ދެކެން ލޯ ހާދަ އުނދަގޫވޭ

މަގޭފައިދާ  މަގޭއުފަލާ  މަށޭ ހަމަ  އެންމެ    މޮޅުވާންވީ
    އަގޭ މީހޯދުމަށް މައެދޭ ބަހާއަމަލުން ނުބުނެ      މަޑުވޭ

ކޮބައިހޭ؟ ހިތުގެ ތެދުވެރިކަން  ހުރުން މަޖުބޫރު އީމާންކަން
    ނުބައިމީހުން ތެރޭ ހިމެނެން  ރުހެވެނީބާއެ!     ހިތްދަތިވޭ

ތެދެކެ އާ މޫސުމެއް ފެށުމާ  މިހާގިނަ  ބަދަލުތައް އައުމާ
    އެދެމެދަށްވަދެ ނުބައި އިބިލީހުވަސްވާސް ދޭނެ ކަން އެނގިވޭ

މިއަދު ދުނިޔޭގެ ފަހުބުރުގައި މިތާ ކުލަތަކުގެ ހެއްލުމުގައި
    ހެއަށްގޮތްނުވެ ސަލާމަތުގައި ތިބެން އެބަޖެހެއެ  ދަންނަންވޭ

ޒުވާބާ އަދި  ތަޅާފޮޅުމާ  ގަދަހަދައި  މަ މޮޅުވާ  އިރުގައި
    ހުވާ ނޭނގޭނެޔޭ މާދަން އޮތީ ކިހިނެއްހެ      ވިސްނަންވޭ

ހިނގާއަދު ވިސްނަމާ އެއްމެން ދިވެހިރާއްޖޭގެ  ޚިދުމަތުގައި
    ހިނގާ ގޮތްދޫކުރަން އަދި   އެކުވެ  އެއްބައި ވާށަ  ބޭނުންވޭ

               -----------------
                  (ނިމުނީ)

އިދާރާ

ވާހަކަ