އަދުގެ ޚާއްސަ

Print

... ކާކު؟

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

ހަށިގަނޑުން ޤުރްބާންވެގެން ކުރެވުނު އެ ގިނަގުނަ ޚިދުމަތަށް
    ވަށިގަނޑަށް ލާން ނުލިބުނޭ ހަމަ އެންމެ ކުޑަވެސް މިންވަރެއް

ކަރުނަ އަޅަމުން  ރޯލަރޯލާ   ރޭގަނޑަށް  އެބަ  ހުންނަމޭ،
    ބަރުހިތެއް  ނެތި  ޔާރުނަށް  އެކި  ކޮށްދެވޭތޯ  ޚިދުމަތެއް

ވާ އެ އައްޔަށް  ހީމަޖާކޮށް  ލަވަކިޔާ  ނަށަމުން  ދިޔަސް،
    ވާ މިއީ  ކޮން ފަދަ  އެހީއެއްކަން  ނެތޭ  ވިސްނާ ގޮތެއް

ކަރުނަ އަޅަމުން  ރޮއިހަދާ  އިރުގައި  ފަތިސްވަންދެން މިތާ
    މަރުވެދާނެ  ކަމަށް  މަށާ މެދު  ނެތް  ފިކުރުކޮށްލާ ގޮތެއް

މީހުނަށް ޓަކައޭ  އަނދާ އަހަރެން  މިހެން ހުރެ  ހުލިވަނީ،
    ބީހުމަށް  އަހަރެންގެ  ގައިގާ  ނުކެރެޔޭ  އެކަމަކު،  ތެދެއް

ހާދަ  ބޮޑު  ޤުރްބާނެކޭ  ވެވެނީ  މަށަށް،  ހީވާ  ގޮތުން،
     ހާދަ  އެކަމަކު  މީހަކަށް  އެނގުމެއް  ނެތޭ މި ކުރާވަރެއް

ހިތް މަގޭ  ފަޅިފަޅިވެގެން  ކުދިކުދިވިޔަސް  މި ކަމުގެ ތެރޭ
    ހިތް ނެތޭ ހަމަ  އެކަކުވެސް  އަހުރެންނަކަށް  ހެޔޮވާ ގޮތެއް

ކުރުމުގައި  ޝަކުވާ  މަގޭ  އަޑު  އުފުލަމުންދާ ދިއުމުގައި،
    ނުރުހުމާއެކު  އެ  ބުނަނީ  ތީ ޚިދުމަތެއް ނޫން،  ވާޖިބެއް

މޮޔަޔަކަށް  އަހުރެން ވިޔަސް އަހުރެން އެދިން އަލިކަން އެއީ
    މޮޔަވެފައިވީ    ހިތްތަކަށް    ފަރުވާއަކަށްވީ   ޚިދުމަތެއް

ކާކުތޯ    އަހުރެންނަކީ   ވިސްނާލުމަށްފަހު،   ބުނެބަލާ!
    މާރކްކޮށް  ދައްކާލަދީބަލަ،  ދެން މި ނޫން ލޮބުވެތި އަޚެއް

                    --------------
                      (ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ