އަދުގެ ޚާއްސަ

Print

އެނގިދާނެ ވިސްނެވީމާ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާން /ހއ. އުތީމު

ވިސްނުން   ކޮޅުންލަނީއޭ   ވިސްނާ  ފިކުރުކުރީމާ،
    ޖިސްމާއި  ރޫޙު ފެށުމާ    ނިމިދާ ގޮތަށް   ބެލީމާ

ބޭކާރު    މައުވަނީއޭ   ކުލަވެއްޓި  ވަސްދިޔައިމާ
    އޭގައި އެހުންނަ  އަސަރާ  ފަރިކަން  މަލުން ފިލީމާ

މަލަކުން އަދާ އެކޮށްދޭ އެނގިދާނެ ދައުރު ފިޠްރީ
    މަލަކުން އުފެއްދި އޮށަކުން  ބިމުގައި  ގަހެއް ފެޅީމާ

ދެއްވާ ދަރެސް  ބަލާށޭ  މިލެކުން  މި  ބިންމަތީގައި
    ދެއްޔާއި  އަޅި އުފެދެނީ   އަލިފާންގަނޑެއް  ނިވީމާ

ބިހަކަށް  ވުޖޫދު ލިބެނީ  އެ ބިހެއްގެ އަސްލަކުންނޭ،
    ބިހަކުން  އެއަސްލު  އުފެދޭ  އެ ބިހެއް  ހަލާކުވީމާ

ތަރިތަކުގެ ރީތި ވިދުމާ  ހަނދުވަރުގެ  އަލި  އުޖާލާ
    ފަރިކަންފިލާ  ދަނީއޭ   އިރު   އުދަރެހުން  އެރީމާ

އިރުގައި  އެ ހުންނަ  ބާރާ  ބޭނުން ހިފޭ   އެނގޭނީ
    އިރު ދައުރުކޮށް އެހެންގޮސް  އިރުއޮއްސި އަނދިރިވީމާ

ތަންތަން   ފަނާވެދާގޮތް  ނަންތައް  އަރާ  ނިމޭގޮތް
    ކަންތައް މިތާ  ހިނގާގޮތް  އެނގިދާނެ  ވިސްނެވީމާ

                -------------
                  (ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ