އަދުގެ ޚާއްސަ

Print

އާ ރިފިއްޔެއްގެ ބަދަލު ޢާރިފުސޭޓު ކޯޓަށް ގެންގޮހޮފި!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


ފާޠިމަތު އަމްނާ ޢަޒީޒު (މާވަށް)

ނޯޓް: މިއީ ތަފާތު ބަހުރުވައިގެ މުއްސަނދިކަން ދައްކައިލުމުގެ ގޮތުން ހައްދުންމަތީ ބަހުރުވައިން އަޅުގަނޑު ލިޔުނު ސަމާސާ އަދަބުގެ ލިޔުމެކެވެ. ހައްދުންމަތީ ކޮންމެ ރަށެއްގައިވެސް ބަހުރުވައިގެ ކުދިކުދި ތަފާތު ހުންނާތީ އެ ނުކުތާއަށް ވިސްނެވުން ހުއްޓެވެ. މި ލިޔުން ބިނާވެފައި ވަނީ މާވަށު މީހުން ވާހަކަދައްކާ ބަހުރުވައިގެ މައްޗަށެވެ.

ލ. ކުޑަފުއްޓު ކުނިކަހަންގޭ ތައްޚާނު ބެޔަކޫ އެންމެ ދޮހާވީ އެއް ޤާޟީ އެވެ. އެންމެ އިންސާފުވެރިކަމާއެކީ މައްސަލަތެއް ބަލަން ޤާޟީއަކޫ ވެސް އެޔޯ އެވެ. އުމުރުން ދޮހާވެފައި ހުއްޓަކަސް ކޮންމެ ދޮހާކު ހަތަރަދަމު މި ތައްޚާނުބެއިގެ މަސެއްކަތަކޫ ހަމަ މައްސަލަބެލުމެވެ.

އެއްދޮހާ ހެނދުނެވެ. އިރަވެސް އަރައިފިއެވެ. ސައިބޮން ގަޑި ނުޖެހެންދެކަށް، ސައިބޯންވެސް ނޯޅީ ދިޔައު ކޯޓަށެވެ. އަދުގެ މަސެއްކަތަކޫވެސް ހަމަ މައްސަލަ ބެލުމެވެ. މުޅި މޫނަށް ފެެތެންވަރަވަން ދެގަނޑަ ބޮޑަވަން ބިއްލޫރި، ދުނިގަނޑަކު ހަރަކޮށްގެން ނޭފަތު ބާއްވައިގެން މިހާރު އިނޫ ފޮތަކުތެރެ ބަލަމުން އެއްޗެއް ލިޔާށެވެ. ލިޔަމުން ގެންދަނޫ މައްސަލައެއްގެ ޙުކުމެވެ.

ކުއްލިޔަކަށް ކެރާން އިންކަންތެއް ހުއްޓައިލައިފި އެވެ. ވޫ ކޮންކަމެއް ކަމެއް ނެނއިގެ އެވެ. އަޅޭ ކަމަކުދާކަށް ނެތެވެ. ވީ ކަމަކޫ، އެސުރު ލިޔާން ގެންގޮޅުނު ގަލަމުގެ ދެލިހުސްވޫއެވެ. ލަހަ ނުކޮށް އަޑު ނެތް ތަނަށް "އޭތް! ޕިޔޯނާ" އޭ ކިޔައިފައި ހަޅޭއްލަވައިގަތެވެ. ހީވޫ އަޑަގަދަކެރަން މެގަފޯނަކުން ރައްޔިތުނަށް ގޮވައިލޫހެންނެވެ.

ތައްޚާނުބެއި ރުޅިގަދަވެފައި އިންކަމަށް ހީކޮށް، އަދި އެޔޯ ވަރަށް ރުޅިގަދަ މީހެއްކަން އެނގެންތިން، ޕިޔޯނު ދުއްވައިގަތޫއެވެ. ބޮޑަ ބިރެއް ފެނުނޫމާ އަންނަ ކަހަލަ ގޮތަކަށް އަހޯ މޭޒު ކައިރީ ހުއްޓިއްޖެ އެވެ. ތައްޚާނުބެއި ބޮނެފިއެވެ. "ކައިރީ ހުރީ ފިހާރައަކުން، އާ ރިފިއްޔެއް އަވަހަށް ގެނޮހޮބެލާށެވެ. މި އޮޅެނޫ ގަލަމު ދެލި ހުސްވެގެންނެވެ." މި ޕިޔޯނު ކަލޭގެޔަކޫ އަޑަ އިވުމުގެ މައްސަލަ ކުޑައިކޮށް ހުންނަ ގޮލައެކެވެ. އެހެންވެގެން ކެރަން ކަންތެއް ގިނަ ފަހަރަށް ވާނޫ ބޮނަން ގޮތާ ދިމާ އިދިކޮޅަށެވެ. އަދުވެސް ޤާޟީ "އާރިފިލެކޭ" ބޮނެ ނުނިމީގެން އޮޅެނިކޮށް، ދުއްވައިގެންފި އެވެ. އެޔޯ ބިޔަ ވަރަގަދަ އަދި އެހައި މުސަޅަކޮށް ހުންނަ ފަލަ ގޮލަޔަކަށް ވަންތިން، އެ ސުރު ދުއްވައިގަތޫމާ ވެލިގަނޑަ ދިޔައު ބުރައިގެންނެވެ. އެޔޯ އެ ސުރު ދުއްވއިގަތްލެއް ބާރަކަމުންނެވެ. ގޮހޮ ފިހާރަޔަށް ވަންއިރު ހުރޫ ދާހިއްލައި ފޯވެފައެވެ. އަރައިގެން ހުރި ފައިވާންގަނޑަ ވެސް ހީވަނޫ ހިރަފުސްބޮޅަލެއްހެންނެވެ. ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. ދިޔަ ގޮތަށް ގޮހޮ ސޭޓުކައިރީ ބޮނެފި އެވެ. "ޅޭއި އިނބަ އަވަހަށް ކޯޓަށް އަންނާށެވެ. އެހެން ބުނޫމާ ސޭޓުކަލޭގެ ހީވޫ ބިރުން ރޯމަހެއް ތެޅެންހެންނެވެ. ދެލޯ ހީވަނޫ ކުންޓި ކާއްޓެއްގެ ބޮޑަލޯ ހެންނެވެ. ނިއްކުރިޔަށް އެރީ ރުލުން ގޮށްޖެހިއްޖެ އެވެ. "ޅޭއި ސޭޓާ އަވަހަކެރާށެވެ." ޕިޔޯނަކަށް މަޑެއް ނުކެރުވުނެވެ. އަނެއްކާ ބޮނެފި އެވެ. " ޤާޟީ ބުނޫ ފިހާރަޔަށް ގޮހޮ އަވަހަށް އާރިފު ގެންނާށޭ އެވެ." އަދި ޢާރިފަކޫ އިނބައެއް ނޯންހޭ ސުވާލު ވެސް ކޮށްފި އެވެ.

ސޭޓު ޢާރިފު އިނޫ ހދާންވީ ގޮތެއް ނެއިގީގެން ހާސްވެފައެވެ. މިހެން އެ ސުރު ހިމޭނުން އިންދައި "އިނބަ ކޮން ހައިރާނެއް ވާންހޭ؟ ތިޔާހެން ދެލޯ ބޮޑަކެރޫމާ ތައްޚާނުބެއިގެ މައްސަލަތެއް ނިންމާނޫ ކިހިނެއްހޭ" ކިޔައިފައި، ޢާރިފު ސޭޓު ނަގައި ކޮނޑަށް ލައިގެން، ގެންގޮހޮ ތައްޚާނުބެއި ކުރިމަތީ ބަހައްޓައިފި އެވެ. ވެގެން އޮޅެން ގޮތެއް ތައްޚާނުބެޔަށް ވެސް ނެއިގީގެން ހިމޭނުން އިންދައި ޕިޔޯނު ބޮނެފި އެވެ. "ލަހަވޫ ޢާރިފު ނާންނާންވެގެން އޮޅުނޫމާ އެވެ. އެހެންވެގެން މި ގެނައު ވެސް ގަދަކަމުން ކޮނޑަށް ލައިގެންނެވެ. މާފުކެރާށެވެ!"

މި ވީ ގޮތް ޤާޟީއަށް ވެސް ރޭކައިލޫ ދެނެވެ. ރުޅިއަހޯ ފުފީގަނެފައި ބޮނެފި އެވެ. "އިނބަ ގައު އެސުރު ނުޖެހީކަން ރަނގަޅަތާ އެވެ. މަބުނޫ ގަލަމަށް ލައްވަން ރިފިއްޔެއް ގެނެހެށޭ ނޯންހޭ، ޢާރިފު ސޭޓްގެނޭށޭ އިނބަ ގާތަކު މަޔެއް ނުބޮނަމެވެ. އެހެން ބުނޫ ކޮން މީހެއް ހެވެ." މިހެން ކިޔައިފައި ޢާރިފު ގާތު މާފުކެރާށޭ، މި ކަހަލަ ބީރަ މީހަކު ލައިގެން މި ކަމެއް ނުވާޅޭ ބޮނެފައި ތެދުވެގެން ގެޔަށް ދާން ހިނގައިގެންފި އެވެ.
----------------
(ނިމުނޫ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ