އަދުގެ ޚާއްސަ

Print

ތިރިތިރި ޖަޒީރާ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ނާހިދާ ޢަބްދުއްރަޙްމާން

ތިރިތި   ޖަޒީރާ  ރަށްތަކޭ  ކިރިޔާ މެ  ޗާޓުން ފެންނަނީ            
        ގިރިގެން ނުދާ އަލިތުނޑި ތަކުން ދޮންވެލިތަކޭ   ފުނިޖެހި  ވަނީ

ދަޅަ އަޅައަޅައި ހުރި ނޫ އުޑުން ބޯ ކަފަ ވިލާތައް ފެނިލުމުން                               
        ފަޅަކުން އެވާ ގުޅި ނޫ ކަނޑުން މޫރިތި  ވިދުން  ފެނިގެން ދަނީ

ސައިބޯނި ބޮތްކެއްހެން ވިދާ ކުލަތައް އެވާ މޫދުގެ  ތެރޭ                                    
                           ބައިބައި ވުމެއްނެތި  ވާލިތައް އެކި  ކޮޅުކޮޅަށް  ދުވެދުވެ   ވަނީ
 ފުއްޓަރު ފަރާތުން ހަމަފޮޅާ އަތޮޅުގެ ހިސާބުން މަސްވެރިން                                
                           ހުއްޓައިލުމެއްނެތި އައިންތަކުގެ  ފަހަތުން  ކުރަނގިއެޅި  ދުއްވަނީ
ނަލަ ވިދުވަރެއް އުޑުގައި އެވާ ޖައްވުން އެ ފޮނުވާ ކުލަތަކުން                           
                           މަލަމަތިމެ  އޮފުގަދަ  ވިދުވަރެއް  ކަނޑު ނީލަމެއްފަދަ  ފެންނަނީ
އުތުރުން ޖެހޭ ނަލަ ރޯޅިވައިން އަތިރީ މަތީ ވާ ރުއްތަކޭ                                 
                           އުތުރާއި ދެކުނަށް  ނަށަނަށާ  ފެހި  ފަންތަކޭ   ހެލެމުން ދަނީ
ބަބުރާއި ލޯފިނދުތައް އެކީ އެއް ހަމައަކުން ދޭ އުދުހެމުން                                 
                           އެނބުރޭ ކޮކާ ބަޅިނދުގެ ދިހުން އެކިކުލަކުލައިން އަރަމުން ދަނީ
 ވަލު ކުކުޅުތައް 'ކުއްކުއް' ޖަހާ ވަލު ކަނބިލިތައް ' ކުވަކުވަ ' ގޮވާ                    
                           ވަލުވަލު ތެރެއިން  "ހުއިބުރު" ގޮވާ ސުންސުންއަޑޭ އިވެމުން ދަނީ
                           --------------------
                              (ނިމުނީ)

މި ޅެން:

ފޮނުވުން:    ނާހިދާ ޢަބްދުއްރަޙުމާން
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ