Print

ދިވެހިރާއްޖެ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތިކިތިކިތަކެއްހެން ޗާޓުގައި ވަކިވަކި ގޮތެއްގައި ފެންނަނީ
           ހިކިފަސް ތަނެއްގައި ދިރިއުޅޭ، ދިވެހީންގެ ވާސައަކަށް  ވަނީ

ތިލަފަޅުތަކާ ނޫ ވިލުތަކާ  ބިލަކަޅުމަހާ މާ ކަނޑުތަކާ
           މިލަކުން ބަޔާންނުވެވޭނެހައި ގިނަ  ނިޢުމަތުން ފުރިފައި ވަނީ

ފެހިފެހި ޖަވާހިރު ރަމްޒަކުން ނޫ ސާލުގައި އަތުރައިލުމުން
           މެހިފައިވިހެން  ހުދު ވެއްޓަކުން،  ހުރިހާ ޖަޒީރާ   އެތުރުނީ

އަޑުބަޑު ހިމޭންވީ ވެއްޓަކުން މަޑު ރޯޅި ލިބިވާ ޖައްވަކުން
           ކަނޑުމަޑުވެފައި ނޫ ކުލަތަކުން،  އުދަރެސް ގުޅާލެވިފައި ވަނީ

ދުވަހާއި ރޭތައް އެއް ވަރަށް މުޅި އަހަރު ލިބިދޭ މިންވަރަށް
           ދުވަހަކު ދެ ގޮތް ނެތް ޓްރޮޕިކަލް މޫސުން މިތާ ދެމި އޮންނަނީ

މީ ރާއްޖެޔޭ ދިވެހީން އުޅޭ "މާލްދީފު" ނަމަކަށް ބުނެ އުޅޭ
           މީރާ  ލިބޭ ފަދަ  ރުއްތަކުން،  މަލަމަތި  ޖަރީވެވިފައި  ވަނީ

               -------------------------
                    (ނިމުނީ)

މި ޅެން:

  ފޮނުވުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
  އަލުން ބެލުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
  ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ