އަދުގެ ޚާއްސަ

Print

ދުނިޔޭގެ އެންމެ ކުރުމީހާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ

ސަތާރަ އަހަރު ފުރުނު އިރު، އިސްކޮޅުގައި އެއް ފޫޓު، ދިހަ އިންޗި.


އާދަމް ނަޞީރު އިބްރާހީމް

ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގައި މިހާރު ބެލެވިފައިވަނީ ފިލިޕީންސްގެ ރައްޔިތެކެވެ. އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ނަމަކީ، ޖުންރޭ ބަލަވިންގެވެ.

ޖުންރޭ އުފަންވީ، ފިލިޕީންސްގެ ވެރިކަންކުރާ ރަށްކަމުގައިވާ،  މެނީލާއާ 570 ކިލޯ މީޓަރު ދުރުގައި އޮންނަ އަވަށެއްގަ އެވެ. އޭނާގެ ބައްޕަގެ މަސައްކަތް ހުންނަ ގޮތުން، ގޭގައި މަޑުކޮށްލެވެނީ ހަމަ އެކަނި ހަފުތާގެ ބަންދު ދެދުވަހު އެވެ. ޖުންރޭއަށް ހޭހަންކޮށް އަޅައިލުމުގައި އޭނާ އުފަންވީއްސުރެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ އޭނާގެ މަންމަ އެވެ.  އުމުރުން 17 އަހަރު ފުރުނު އިރު ވެސް އިސްކޮޅަސް  ބަލާއިރު، ޖުންރޭއެކޭ 1 އަހަރުގެ ތުއްތު ކުއްޖެކޭ އެއްވަރެވެ.

ޖުންރޭއާ  ބެހޭ ގޮތުން މިހިސާބަށް މި މަޢުލޫމާތުކޮޅު ކިޔައިލެއްވުނު އިރު، މި މަޢުލޫމާތުކޮޅުގެ ސަބަބުން މުނިފޫހި ފިލުމެއް ލިބިވަޑައިގެންފި ދޮގެއްތޯ އެވެ؟ ފޮޓޯތަކުން ތިބާގެ ޠަބީޢަތު ''މަޖާ'' ކޮށްލައިދީފި ދޮގެއްތޯ އެވެ؟ ނަމަވެސް އަޅުގަނޑުމެންކުރާ އެ އިޙްސާސާއި ޖުންރޭގެ އިޙްސާސްތައް ވަރަށް ތަފާތު އިނގޭތޯ އެވެ؟




''ދުނިޔެއަށް ފުރަތަމަ ލީ ނޭވާއިން ފެށިގެން އަޅުގަނޑު މި އުޅެނީ ވަރަށް ބަލިޙާލުގާ. ވަރަށް ހިތްދަތިކަމާއި ވޭނުގާ. ހެދި ބޮޑުވުން އެހައިލަސް. އަހަރު ނުފުރޭ ކުއްޖަކު ފަދައިން، މަންމަމެން ޖެހެނީ އަޅުގަނޑު ކިހިލިލައިގެން ގެންގުޅެން. އެތައް ރިހުމަކާއި ވޭނަކާއެކު ނޫނީ އަޅުގަނޑަށް ގަދަކަމުން ވެސް ހިންދެމިއެއް ނުލެވޭ.  އަބަދު އަބަދު ޑަކުޓަރަށް ދައްކަންޖެހޭ. އެކަމަކު ކޮންމެ ދުވަހަކު ޑަކްޓަރު އަރިހުން އެނބުރި އަންނީ އިތުރު މާޔޫސްކަމަކާއެކު''

މިހާރު އުމުރުން 18 އަހަރު ފުރެން ކައިރިވެފައިވާމ ޖުންރޭގެ އިސްކޮޅުގައިވަނީ 56 ސ.މ. އެވެ. އާދެ!  1 ފޫޓު، 10 އިންޗި އެވެ.
----------------
(ނިމުނީ)


މަޢުލޫމާތު:

http://society.ezinemark.com
   

މި ލިޔުން:

   ދިވެހިބަހުންއެކުލަވައިލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   އަލުންބެލުން:           އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:          އާދަމް ނަޞީރު އިބްރާހީމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ