އަދުގެ ޚާއްސަ

Print

ނޫކަށި ކުދީން "ކިކުގައި"

ޝާޢިއުކުރީ ޙަސަން ޝާކިރު މުޙަންމަދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޙަސަން ޝާކިރު މުޙައްމަދު

ޒުވާނުން  އެބައުޅޭ "ގޮތަކަށް" ބޮލާ ގައިގައި  ލަމުންދޭ "ކަޑި"
               ޒުވާންކަން ޤައުމު  ބޭނުންއިރު،  އެތިބަގެން ޤައުމުކުރަނީ ހަޑި

ޚިޔާލުގެ  ފުށުއެރުންތަކުގައި  ނުހޯދާ   އެންމެ  ޙައްލެއްވެސް
               ޚިޔާލުގެ ތީރުގޮސް ގުޅަނީ، ދަމައިގެންފައި ނުހަނު ދިގު ކަނޑި

ރަޙުމު  ކުރުމެއްގެ ކަންފުޅުވެސް  ނުފެނި ހަރުކަށިކަމާ އެކުގައި
                         ފަޚުރުވެރިކަންމެ  އިސްކޮށްގެން ނުވީ ތާކަށް ލަނީއެ "ކޮކަޑި"

ހަނގާކޮށް އެއުޅެނީ އެޒުވާން ގުރޫޕްތަކުން "ސަމާ" އައިސްގެން
                         ހަގާ ދޮއްޓާ ބަލައި ނުމެލައި ތަޅަން ގެންގުޅެޔެ މުގުރާ ދަނޑި

ދުވާލާ   ރޭގަނޑާ  އޮޅުވައި  މުރާދެއް  ނެތިމެ ކަތިމަގުގައި
                         ހުވާކޮށް ދޮގުހަދައި އުޅުމަށް، ބަދަލުވާން އެދެޔެ  ވަގުތާ ގަޑި

މިއަދު  މިގޮތަށް  ޒަމާންދާތީ،   ދުރަށްކުޑަކޮށް   ބަލައިލީމާ
                        މިއަދު ހަމަ އެބަ ލޮލަށް ފެނެޔޭ  ދެތިން ދުވަހުން ޖަހާނޭ ބަޑި

ނިކަން ދެރަވެސްވެޔޭ ފެނުމުން، ޒުވާން ނޫކަށިކުދީން "ކިކުގައި"
                       ނިކަން  ވިސްނައިލަމާތޯއޭ  އެތިބަގެން ލައްވަނީ  ބަނޑިބަނޑި
                     -------------------
                         (ނިމުނީ)

މި ޅެން:
   ފޮނުވުން:    އަލްފާޟިލު ޙަސަން ޝާކިރު މުޙައްމަދު
   އަލުންބެލުން:  އަލްފާޟިލު ޙަސަން ޝާކިރު މުޙައްމަދު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ