އަދުގެ ޚާއްސަ

Print

فضيلة الشيخ حسين صلا ح الد ين

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ދިވެހި ރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު

އާދަމް ނަޞީރު އިބްރާހީމް

ދެނީ ނަމަ ޝައުޤުވެރި ނަޒަރެއް، ވަޒަން ކުރުމަށަ  ޞަލާޙުއްދީން
    ވަނީ ނިސްބަތްވެފައި ދަރިކޮޅަށެ   އަލްޤާޟީ އެ ޝަމްސުއްދީން

އެކުވެރީންނޭވެ،  އުސްތާޛުން ކުރެން   އިސްކޮށް ހިމެނިފައިވީ،
    ތަކުރުފާނޭ ފަޤީހިބުރާމް،     އަޚުލްޤާޟީ    އެ ބަދުރުއްދީން

އިތުރު ގިނަ ގުނަ ޢުލޫމުތަކަށް އަހުލުވެރިވީ ސަބަބުކަމުގައި
    މިތުރުނޭ ދެވަނަޔަށް   ފެނިގެންދެޔޭ     ޤާޟީ ޙުސާމުއްދީން

ތަރިރުހަނދުގައި އެވާ ފަދަ  އަލިކަމެއް ލިބިދޭ ބަހުގެ މުތްތައް  
    އަރިއަހުން  ނެންގެވިޔެ  ސާހިބުގެ ތުއްތޫ  ފަހެ، (ޖަމާލުއްދީން)


މި މާތް އެދުރުންގެ ޢިލްމީ ކޯރު  ތާރީޚުން  ފަށާތަނަކީ،
    ޒަމާނާ  ދިވެހި ފަސްގަނޑު ޤަދަރުދޭ މަޝްހޫރު  މަޖުދުއްދީން
            ----------------------------------

އަށާރަ އަހަރު ނުވެސް ފުރެނީސް، ދިވެހި އުންމަތުގެ ޙުރުމަތުގައި،
    ފަށައިފިޔެ   ޚިދުމަތަށް މާތް އަރިހުގައި     ޙާޖީ ޢިމާދުއްދީން  

ސުވޭހުގެ  ހަނދުވަރީ ޖާދޫ، ދިވެހި ތަޚުތަށް ގެނައި ފަޅުކަން،   
    ނުވޭ ލޮޅުމެއް ގެނައި ކަމަކަށް އަރިހު، ސުލްޠާނު ޝަމްސުއްދީން

ޖެހުނު ޠޫފާނަކުން ޝާހީ އިރެއްގެ ޝުޢާޢު ނެތި ދިޔަޔަސް،  
     އެހިނދު ވެސް އިސްކުރީ ފަނޑިޔާރަކަށް ސުލްޠާނު ނޫރައްދީން

ލިޔުއްވައި ސާފު ދިވެހިބަހުން އަލުން ފުރިހަމަ ކުރެއްވެވިއޭ  
    ލިޔުނު ތާރީޚު ޢަރަބި ބަހުން ޙަސަން  ފަނޑިޔާރު  ތާޖުއްދީން 

އަލަށް ދަސްތޫރު އެކުލެވުމާ، އަލަށް ސީރަތުގެ ވަސްލިބުމާ،
    ލޮލަށް ފެނިދާ ޅެމާ، ލިޔުމާ، ކޮބައި ވާހަކަ،    ކަރީމުއްދީނު 

ވިދާ އަދަބީ ކިތައް ތަރިތޯ ވަނީ މޮޅު ދަރިވަރުންކަމުގައި،
    ނިދާފައި އޮންނަ އިރުވެސް  އެބަ ފެނޭ  ޤާބިލް   ޖަލާލުއްދީން

ދިމާ އުދަރެސްތަކަށް  އަދަބީ އެތައް ކުލައެއް ގެނެސްދެއްވެވި،
    ޙިމާރުލްޤައުމަކީ ވެސް ދަރިވަރެއް،       ޤާޟީ ޢަފީފުއްދީން

ކޮބައިތޯ މީގެ އިތުރަށް އިސް މަޤާމުތަކެއް ފުރުއްވެވިމާތް،
        ނުބައި ކުށްތައް މަނާ ކުޅަ ޢަދުލުވެރި ނާއިބު ކަމާލުއްދީން

މިނެއްނެތި ދިގުކުރާނެކަމެއް ނެތޭ މި ޅެމެއް އެހެން ނޫންތޯ؟
      ދެނެއް ނެތް ހެޔޮ ދުޢާ ނޫނީ ފުރާނަ ފުޅަށް  ޞަލާޙުއްދީން
                  ----------------------------
                         (ނިމުނީ)

ނޯޓު:

   މި ލިޔުން އެކުލަވައިލުމަށްޓަކައި ހޯދަން ޖެހުނު ތާރީޚީ މަޢުލޫމާތުތައް ހޯއްދަވައިދެއްވީ އަލްއަޚް އިޔާޒު ނަސީމެވެ. އެކަމަށްޓަކައި އަލްއަޚް އިޔާޒު ނަސީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.



މި ލިޔުން:

      ލިޔުން:       އާދަމް ނަޞީރު އިބްރާހީމް
      އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް
      ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

ވާހަކަ