މައިކްރޯސޮފްޓް ވޯރޑް 2007 ގައި އޯގަނައިޒޭޝަން ޗާޓުކުރަހާނެގޮތް
ޝަމްސުލް ފަލާޙް
ދުނިޔެ ތަރައްޤީވެ، އިންސާނުން އެކިއެކި އާހޯދުންތަކުގެ އެހީގައި މެޝިނަރީއާއި އެކިއެކި އާލާތްތައްވަނީ، އުފައްދާފައެވެ. މިގޮތުން ކޮމްޕިޔުޓަރަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް މިހާރު ބޭނުންކުރެވޭ އެންމެ މުހިންމު ވަޞީލަތެވެ. އެންމެ އާދައިގެ ގޭގެޔާއި ފިހާރަފިހާރައިން ފެށިގެން، ބޮޑެތި ފެކްޓްރީތަކުގައިވެސް، ކޮޕްމިޔުޓަރު ބޭނުންކުރެވެއެވެ.
މިލިޔުމުގައި މިބަލާލަނީ، މު މުހިންމު ވަޞީލަތް، އާދެ، ކޮމްޕިޔުޓަރުގެ އެކިއެކި ފިލާވަޅުތައް ކިޔުންތެރިންނަށް ހުށައަޅާދެވޭތޯއެވެ.
މިގޮތުން އެންމެ ފުރަތަމަ، މިފިލާވަޅުގައި މިކިޔައިދެނީ، މައިކްރޮސޮފްޓް ވޯރޑު 2007 ގައި، އޯގަނައިޒޭޝަން ޗާރޓް ނުވަތަ އެނޫންވެސް ޑައިގުރާމެއް ކުރަހާނެގޮތެވެ. މިއީ، އޮފީސްތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި، މަދަރުސާތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނާއި އެކިއެކި ތަމްރީނުތަކުގައި ކިޔަވައިދެއްވާ މުދައްރިބުންނަށް ވަރަށް ބޭނުންތެރި ފީޗަރއެވެ.
މައިކްރޮސޮފްޓް ވޯރޑް 2007 ގައި އޯގަނައިޒޭޝަން ޗާރޓެއް ކުރައްސަވަން ބޭނުންފުޅުވާނަމަ، މެނޫބަރގައިވާ "އިންސަރޓް" އަށް ކޮއްޓަވާލައްވާށެވެ. އެއަށްފަހު އެ މެނޫބާރގެ ތިރިން ހުރަހަށްވާ ރިބަންގައިވާ "ސްމާރޓްއާރޓް" (SmartArt) އަށް ކޮއްޓަވާލައްވާށެވެ. އެހާހިސާބުން، ތިރީގައިވާ ފެނިވަޑައިގަންނަވާ ވިންޑޯ ފެނިވަޑައިގަންނަވާނެއެވެ.
ންޑޯއިން، ބޭނުންފުޅުވާ ވައްތަރެއްގެ ޑައިގްރާމެއް ޚިޔާރުކުރައްވާށެވެ. އެތަނުން، އޯގަނައިޒޭޝަން ޗާރޓަށް ކޮއްޓަވާލެއްވުމަށްފަހު، "އޯކޭ" އަށް ކޮއްޓަވާލައްވާށެވެ. އޭރުން ތިރީގައި ތިޔަ ފެނިވަޑައިގަންނަވާގޮތަށް ސްކްރީނަށްއަރާނެއެވެ.
އެއަށްފަހު، ގޮޅިތަކުގައި ބޭނުންފުޅުވާ ނަންތައް ޖައްސަވައިގެން ކުރިއަށް ގެންދަވާށެވެ. އެކިގޮތްގޮތަށް ނަންތަކާއި ތަރުތީބު ބަދަލުކުރެއްވިދާނެއެވެ. އަދި ގޮޅީގެ އަދަދުވެސް ބަދަލުކުރެއްވޭނެއެވެ.