ކާކުގެ އިނގިލީގެ ނިޝާނެއް!
މުހައްމަދު ޢަބުދުއްޞަމަދު ، ފެހިވިލާގެ/އިހަވަންދޫ
ކުރީ ޒަމާނުގައި އިންސާނާގެ އިނގިލީގެ ނިޝާންތަކާމެދު މާބޮޑު އެއްޗެއް އިންސާނުންނަށް އެނގިފައެއް ނުވެއެވެ. މާބޮޑު ހޯދުންތަކެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް 1856 ވަނަ އަހަރުން ފެށިގެން އިންސާނާގެ އިނގިލީގެ ނިޝާންތަކާމެދު ހޯދުންތަކެއް ވަނީ ހޯދާފައެވެ. މި ހޯދުންތައް ހޯދީ، ގެން ގިންސެން ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެ ޢިލްމުވެރިއެކެވެ. އޭނާ ހޯދީ ކޮންމެ އިންސާނެއްގެ އިނގިލިތަކުގެ ކުރީގައި ޚާއްޞަ ރޮނގުތަކެއް ވާކަކެމެވެ. މިރޮނގުތައް ދެމީހަކު އެއްގޮތް ނުވާކަމެވެ. މި ހޯދުންތަކުގެ އަލީގައި މިކަންތައްތައް ވަނީ އިތުރަށް ދިރާސާކޮށް ހޯދައިފައެވެ.
މިހޯދުމަކީ އިންސާނާ އަށް އޭނާއަކީ ކާކުކަން އަންގައިދޭ ފުރިހަމަ އައިޑެންޓިޓީ ކާޑެކެވެ. ކުށްވެރިން ހޯދުމުގައި ފުލުހުން ގެންދަނީ އިނގިލީގެ ނިޝާން ބޭނުން ކުރަމުންނެވެ. ފޮރެންސިކް ސައިންސްގެ އެހީގައި ކުށްވެރިން ދެނެގަތުމަށެވެ. އެތައް ބިލިއަން އިންސާނުން ދުނިޔޭގައި އުޅޭއިރުވެސް އެއްވެސް ދެ އިންސާނެއްގެ އިނގިލީގެ ނިޝާން އެއްގޮތެއް ނޫނެވެ. ނިބޫ މީހުންގެ ސޫރަ ކޮންވެސް ވަރަކަށް ވައްތަރަސް އިނގިލީގެ ނިޝާން ތަފާތެވެ. ހަމަ މުޅިން ތަފާތެވެ.
އިންސާނާގެ ހަށިގަނޑުގައި ފެންނަން ހުންނަ ސިފަތައް ބަދަލުވެއެވެ. އުމުރުން ދުވަސްވުމާއި ޖިސްމާނީ އަދި ނަފުސާނީ ގޮތުން ލިބޭ އަނިޔާއާއި ގެއްލުމުގެ ސަބަބުންނެވެ. ނަމަވެސް އިނގިލީގެ ނިޝާނެއް މިއިން ސަބަބަކުން ބަދަލެއް ނާދެ އެވެ. މިއައިޑެންޓިޓީ ކާޑެއް ބަދަލެއް ނުކުރެވޭނެ އެވެ. އަތްލާކޮންމެ ތަނެއްގައި މިނިޝާންތަކުން އިންސާނާގެ އޭނާގެ އިނގިލިތަކުގެ ސޮއި އެޅެއެވެ. އެކަމުން އޭނާއަށް އިންކާރު ނުކުރެވޭ ބީދައަކުންނެވެ. އިންސާނާ އޭނާ އެންމެ ފަހު ދުވަހާ ހަމަޔަށް މިނިޝާންތައް ބަދަލުނުވެ ދެމިހުރެއެވެ. މުސްކުޅިވުމަކުން، ހަންގަނޑު އެނދުމަކުން، އަދި އެހެންގޮތަކުންވެސް މިނިޝާންތަކެއް ބަދަލެއް ނުވެ އެވެ.
މިނިޝާންތައް އިންސާނާގެ ހަށިގަނޑުގައި އުފެދެންފަށާނީ، މައިމީހާގެ ބަނޑުގައި އިންސާނާ ގަރުބަގަންނަތާ އެންމެ 3 މަސް ދުވަހުގެ ތެރޭގައެވެ. ކުރީޒަމާނުގައި އިނގިލީގެ ނިޝާނަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނެތަސް ، ނެތުމުގެ ތެރެއިން އިންސާނާ އުފައްދަވައި، އެއިންސާނާ މަރުވުމަށްފަހ، އަލުން ދިރުއްވާ މަހުޝަރުކުރައްވާ ކަށަކުޅަދުންވަންތަ މާތްﷲ ސުބުހާނަހޫ ވަތަޢާލާވަނީ ކީރިތި ގުރުއާނުގައި އިނގިލީގެ ނިޝާނުގެ ވާހަކަ ބަޔާންކުރައްވައިފައެވެ.
ސޫރަތުލް ޤިޔާމާގެ 3ވަނަ އާޔާތާއި 4 ވަނަ އާޔަތުގެ މާނާގައި ވެއެވެ. " އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ. " (أَيَحْسَبُ الْإِنسَانُ أَلَّن نَجْمَعَ عِظَامَهُ، بَلَى قَادِرِينَ عَلَى أَن نُّسَوِّيَ بَنَانَهُ)
ޤިޔާމަތްދުވަހަށް އީމާންނުވާ މީހުން، އަލުން އިންސާނާ އުފެއްދުމާއި ދިރުއްމުމާއި މެދު ސުވާލުކޮށް ޖަދަލުކޮށް ހަދައެވެ. މިފަދަ މީހުން ގަބޫލުކުރާގޮތުގައި އިންސާނާ މަރުވުމަށްފަހު އޭނާގެ ކަށިތައްފީވެ، ބިމުގެ ވެއްޔަށް ބަދަލުވެގެން ދިއުމަށްފަހު އަލުން އެކަށިތަކަށް ދިރުމެއްއައުމަކީ މުސްތަހީލް ކަމެކެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އިންސާނާ ހަލްގުކުރެއްވުމާއި މެދު ފިސްނާލައިފިނަމަ، ދެވަނަ ފަހަރަށް އަލުން ދިރުއްވުމަކީ މާފަސޭހަކަމެއް ކަން ގަބޫލުކުރެވެއެވެ.
ޔާސީން ސޫރަތުގެ 78 ވަނަ އާޔަތާއި 79 ވަނަ އާޔަތުގެ މާނާގައި ވެއެވެ. '' އަދިއެ އިންސާނާ ތިމަންރަސްކަލާނގެއަށް މިސާލެއް ޖެއްސެވެ. އަދި އޭނާހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ،ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ކަލޭގެފާނުވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަމަ ފަހަރު އެ ކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ މަޚުލޫޤުން ގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ، قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيمٌ)
މިއާޔަތްތަކާ މެދު ފުންކޮށް ވިސްނައިލައިފިނަމަ، ދޭހަވާނީ އިންސާނާގެ އިނގިލިތަކުގެ ކުރިތަކުގައި އަދި އިންސާގެ ހަށިތަކުގައި ޚާއްޞަ ސިފަތަކެއް ލައްވާފައިވާކަމެވެ. އަދުގެ ކުރިއަރައިފައިވާ ސައިންސްގެ އަލީގައި ކީރިތި ޤުރުއާނުގެ މި ޢިލްމީ މުޢުޖިޒާތްވަނީ ސާބިތުވެފަ އެވެ. ވިސްނައި ފިކުރުކުރާ ބަޔަކަށް މިކަމުގައި ހެކިތަކެއްވެއެވެ.

------------
(ނިމުނީ)
މި ލިޔުން:(ނިމުނީ)
ފޮނުވުން: އަލްފާޟިލު މުހައްމަދު ޢަބުދުއްޞަމަދު ، ފެހިވިލާގެ/އިހަވަންދޫ
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)