އަދުގެ ޚާއްސަ

Print

އިބިލީހުގެ ލިބާސްލެއްވުން: ޝައިޠާނުން އިންސާނުންގެ މައްޗަށް ވެރިވެގަތުން

ޝާޢިއުކުރީ އިސްމާޢީލު މުބާރިކު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


އިސްމާޢީލް މުބާރަކް

1) 1960 ގެ އަހަރުތަކުއްސުރެ ޖިންނި ޝައިޠާނުން (ނުވަތަ ހުޅަނގުގެ މީހުން ބޭނުން ކުރާ ބަހުން ނަމަ " އޭލިއަން") ގެ ޓެކްނޮލޮޖީ އެވެރިން އަތުން ލިބިގަނެގެން  އޭގެ ބޭނުން ކޮށްގެން އެމީހުންނާ އެއްސަފެއްގައި އިންސާނުންގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް އެމެރިކާގައި ކުރެވެމުން ދެއެވެ. އަދި ޖިންނި ޝައިޠާނުންނާ މުޢާމަލާތު ކުރަމުން ގެންދެއެވެ. މި ލިންކުން  މިކަމާ ބެހޭ އިތުރު ބައެއް ޚަބަރު ސާފުވެ ވަޑައިގަންނަވާނެއެވެ.
ފައިބަރް އޮޕްޓިކާއި ލޭޒަރު ފަދަ ކުރި އަރައިފައިވާ ފަންނީ ކުރިއެރުންތައް ހޯދިފަވަނީ 1960 ގެ އަހަރު ތަކުގެ ތެރޭގައި އެމެރިކާގެ ނިއުމެކްސިކޯގެ ރޯޒްވެލް އޭ ކިޔާ ސަރަޙައްދަށް އެމެރިކާއިން އޮޅުމަކުން ޕްލާސްމާ ބަޑި ބޭނުން ކޮށްގެން ވައްޓާލެވުނު ޝައިޠާނީ އެއްޗަކުން ފެނުނު މަޢުލޫމާތަށްފަހު އެވެރިންނާ ކުރެވުނު މުޢާމަލާތުތަކުންކަމުގައި ވެއެވެ.

އިންޓަރނެޓްގައި އަޅުގަނޑުމެން  މި ބޭނުން ކުރާ ތަކެތި މިހާރު އިލެކްޓްރިކް ސިގްނަލްތަކަކަށް ބަދަލުކުރުމަށްފަހު އެއް ގައުމުން އަނެއް ގައުމަށް ފައިބަރ އޮޕްޓިކް ކޭބަލް ބޭނުން ކޮށްގެން މި ފޮނުވައިލަނީ އަލީގެ ހަލުވި މިނުގައެވެ. މީ އެ ރޯޒްވެލް ޙާދިސާޔަށްފަހު އެ ވެރިންގެ ޓެކްނޮލޮޖީ އިންސާނުންނަށް ލިބުނު ފަހުން ފަހިވިމަގެކެވެ.

2 ) އެމެރިކާގެ ބިމުގެ އަޑީގާ ޝައިޠާނުންނާ އިންސާނުންނާ ގުޅިގެން މަސައްކަތް ކުރެވޭގޮތަށް ލުއިފަސޭހަކަންދޭ ވަސީލަތްތައް ހަރުކުރެވިފައިވާ ސަރަޙައްދުތަކެއް ބަލަހައްޓަމުންގެންދެއެވެ. އެތަންތަން ވަނީ އެތައް ހިސާބެއްގެ ދުރުންފެށިގެން ކަށިނަރާއި ކަރަންޓް އާލާތްތަކާއި މި ނޫންވެސް ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ގާޑް ކުރެވިފައެވެ. އެމެރިކާގެ އޭރިޔާ 51 އެއީ މީގެ ސަރަޙައްދެކެވެ.

3) ތަފާތުވައްތަރުގެ ޖިންނި ޝައިޠާނުން އިންސާނުންނާ ލައިމެހިގެން އެބައުޅެއެވެ. މީގެ ތެރެއިން ބައެއް ވައްތަރު މި ބުނާ ބިމު އަޑީގެ ވަސީލަތްތައް އިންސާނުންނަށް ދަނީ ދަސްކޮށްދެމުންނެވެ. ސިކުނޑި، ހަމައިން ނެއްޓުވުމާއި ސިކުނޑީގެ ހުރި ހަނދާންތައް ފޮހެލުންފަދަ ކަންކަން ކުރުން މީގެ ތެރޭގައި ހިމެނެއެވެ.

4) އިންސާނުންގެ މައްޗަށް ވެރިވެގަތުމަށް ކުރާ މި މަސައްކަތުގެ އަސަރު ވަރަށް ފުނަށް ފެތުރިފައިވެއެވެ. މީގެ ތެރޭގައި އިންސާނީ ނަސްލަށް ބަދަލުގެނައުމާއި، އިންސާނުންގެ އަސްލު ވާރުތަކުރަމުން އަންނަ  ޖީނަށް ބަދަލު ގެނައުމާއި، ފަލަކީ ބޮޑެތި ޕްލެނެޓްތަކުން އިންސާނުންނަށް ކުރުވާ އަސަރުތަކަށް ބަދަލު ގެނައުން ހިމެނެއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކަށް މި ޝައިޠާނީ ބައިގަނޑުތައް ފެތުރިފައިވެއެވެ.

މިކަމުގެ ތެރޭގައި ބެކްޓީރިޔާގެ ސަބަބުން ޖަނަވާރަށް ޖެހޭ ބަލި އިންސާނުން ނަށް ޖެހޭގޮތަށް ބަދަލުކުރުމާއި ޤައުމުތަކުގައި އެ ބަލިތައް ފެތުރެންފެށުމުން އެކަމަށް އެހީވުމުގެ ނަމުގައި ގިނަ ދުވަހުން އިންސާނީ ނަސްލު ވާރުތަކުރާ ޖީން އުނިކޮށްލާ ގޮތަށް ތައްޔާރު ކުރެވިފައިވާ ވެކްސިން އެ ޤައުމަކަށް ހަދިޔާކޮށް އިންސާނުންގެ ނަސްލު ޢައިބު ކުރުން ވެސް ހިމެނެއެވެ.

އިންސާނީ ނަސްލާއި  އިންސާނީނުންގެ ޖީނަށް ބަދަލު ގެނުވާކަމުގެ ހެތްކެއްގެ ގޮތުން  ރާއްޖޭގައި ވެސް  އިންސާނުންގެ ބަނޑުން ބޯވަ ފަދަ އެއްޗިހި ފެނުމާއި  ކޯއްޗެއްކަން ވަކިނުވާ ކަހަލަ މަސްގަނޑުގަނޑު ނެގިފައިވާކަން ފާހަގަކުރެވެއެވެ.

5) ފަލަކުގެ އެއްވެސް ތަރިޔަކަށް ނިސްބަތްނުވާ ބައެއް ވައްތަރުގެ ޝައިޠާނުން އިންސާނުންގެ ސިފައިގަ އަޅުގަނޑުމެންގެ ތެރޭގައި ހިނގައިބިނގައިވެ އެބައުޅެއެވެ. މިފަދަ ޝައިތޯނުންނަކީ " މަލްޓި ޑައިމެންޝަނަލް " ނުވަތަ އެއް ޢާލަމަށް ވުރެ ގިނަ ޢާލަމުގައި އެއް ފަހަރާ އުޅުމުގެ ޤާބިލްކަން ލިބިފާ ވާ މަޚްލޫޤުން ކަމުގައި ވާތީ ފެނުމާއެކު ހިޔަންޏެއް ފަދައިން އަނެއް ޢާލަމަށް ދެމިގަނެއެވެ.

6) އެމް ޖޭ 12 ،  ޕީ އައި 40 ، ފަދަ ޖަމާޢަތްތަކަކީ  ކުރިންވެސް މިހާރުވެސް މިފަދަ ކަންކަމުގައި އެމެރިކާ ސަރުކާރުގެ  އެންމެ ބޮޑު ޖާސޫސީ ޖަމާޢަތް ކަމުގައިވާ ސީ އައި އޭ އާއި  އަދި އެމެރިކާގެ ދާޚިލީ ސަލާމަތާ ބެހޭ ތަޙްޤީޤީ އިދާރާ  އެފްބީ އައި އާ ގުޅިގެން އެހީ ލިބިގެން ޙަރަކާތްތެރިވާ ސިއްރު ޖަމާޢަތްތަކެވެ.

7) ޖަނަވާރުންނާއި އިންސާނުންގެ ގުނަވަންތައް ވަކިކޮށްގެން ޝައިތޯނުން ގެ ބޭނުންތަކަށް ގެންދިއުމާ އަދި ޖަނަވާރުންނާ އިންސާނުންގެ ގައިން ލޭ ދަމައިގަތުމަކީ  ޝައިޠާނުން ކުރަމުންދާ ކަމެކެވެ. ރާއްޖޭގެ ވަލުތެރޭންނާ އަތިރިއަތިރިމަތިން  ބައިބައި ނެތިފަ ، ލޯ ބޮއެފަ ، ލޯވަޅު ލޯވަޅު އެޅި އަނދާފަ ހުއްޓާ ފެންނަ ކުކުޅު ހާ ބަކަރި  މަސް ކަހަލަ އެއްޗިއްސަކީ މިވެރިންގެ ޙަމަލާ ކަމުގައި ބެލެވެއެވެ.

މިކަމުގެ ސާބިތު ހެކި ޔޫ ޓިއުބުން ވެސް ފެނިވަޑައިގަންނަވާނެއެވެ.  "ހިޔުމަން މިއުޓިލޭޝަން"  މިހެން ޔޫޓިއުބްގެ ސާރޗް ކުރާ ބައިގައި ޖައްސަވައިފައި ސާރޗް ކުރެއްވުމުން އިންސާނުންގެ ގައިން ލޭ ދަމައިގަނެފައި ވާ ވީ ޑިއޯތައް ފެނިވަޑައިގަންނަވާނެއެވެ. "އެނިމަލް މިއުޓިލޭޝަން" މިހެން ޖައްސަވައިފިނަމަ  ޖަނަވާރުންގެ ގައިން ލޭ ދަމައިގަނެފާވާ ވީޑިއޯ ފެނިވަޑައިގަންނަވާނެއެވެ.

8) މަދުވެގެން  ޖިންނީންގެ ތެރެއިން 70 ވައްތަރެއް ބިމަށް ފައިބައިއުޅޭ ކަން  ސީ އައިއޭ އަށް ހޯދިފައިވެއެވެ.

9)  ޢަރަބީންގެ ޤަދީމީ  ފަންޑިތަ ފޮތްތަކުގައިވެސް ހަމަ މި ގޮތަށް ނަންގަނެވިފާވެއެވެ. "ޝުމޫސުލް އަންވާރް" އޭ ކިޔުނު މަޝްހޫރު  ޖިންނި ފަންޑިތަ ފޮތުގައި  ވެއެވެ. ޖިންނީންގެ ތެރޭގައި ވަނީ 7 ރަސްކަލުންނެއެވެ. އަދި 70 ޤަބީލާއެކެވެ.

10) އިންސާނުން ހޭނައްތައިގެން އެބައިމީހުންގެ މަޤާމްތަކަށް ކޮންމެ ދުވަހަކުމެ އުފުލަމުންގެންދެއެވެ. މިކަމަކީ ނުވާނެ ކަމެއް ކަމުގައި ބައެއް ބޭފުޅުން ހީފުޅުކުރައްވާއިރު މާތް ﷲ އަޅުގަނޑުމެން ނަށް އަންގަވާފައިވަނީ  އިބިލީހާ އޭނާގެ ޤަބީލާގެ މީހުންނަށް ތިޔަބައިމީހުން ފެނެއެވެ. ތިޔަބައިމީހުންނަކަށް އެމީހުންނެއް ނުފެނެއެވެ.

11) އެމެރިކާގައި ހިންގުނު ތަރި ހަނގުރާމައިގެ މަޝްރޫޢު އަކީ އޭގެ ބޭރުފުށް ޢާއްމުންނަށް އެނގިގެން އެތެރެފުށް ޢާއްމުންނަށް ނޭނގި މިފަދަ ކަޅު އަނދިރި މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ކުރިމައްޗަށް ނެރެފަވާ މޮޑެލްތަކެވެ. ނުވަތަ ޢާއްމުންގެ ލޮލުގައި އަޅުވައިފައިވާ އަނދުނެކެވެ.

12) ބިމަށް އިންސާނުން އައީއްސުރެ ޖިންނި ޝައިޠާނުން، އިންސާނުންގެ ދީންދީނުގެ ނިޒާމްގެ މައްޗަށް ބާރު ފޯރުވައިފައިވެއެވެ.

13) ޔޫ އެފް އޯ ގެ ނުވަތަ ކޯއްޗެއްކަން ނޭނގި ޖައްވުން އަންނަ އެއްޗިހި (ފާހަގަ ނުކުރެވޭ އުދުހޭ ތަކެތި) ދިރާސާކުރާ މީހުން އެމެރިކާ ސަރުކާރުން ގެންގޮސް އެމީހުންނާ އެކު މަސައްކަތް ކުރުމަށް ސިއްރު އެއްބަސްވުންތައް އެއްބަސް ކުރުވައިފައިވެއެވެ.

14) މުޅި ދުނިޔެ ޝައިޠާނުން ކޮންޓްރޯލްކުރުމުގެ އުސޫލްގެ ދަށުން ހުރިހާ ވިސްނުމެއް އެއް ވިސްނުމަކަށް ހެދުމާއި އަނިޔާވެރިކަން ނައްތައިލުމުގެ ނަމުގައި މިވެރިންނާ އިދިކޮޅުވާ ބަޔަކާ ހނަގުރާމަކޮށް "ވަން ވޯލްޑް އޯޑަރ" ގެ ނިޒާމް މުޅި ދުނިޔެއަށް ތަޢާރަފް ކުރަމުން އެބަދެއެވެ.

15)  އެމެރިކާގައި ދުނިޔޭގެ މައްޗަށް ބާރު ފޯރުވަން އުފައްދައިފައިވާ ގްރޫޕްތަކާއި  ޖިންނި ޝައިތޯނުންގެ ގްރޫޕްތަކާ ވަނީ ލާމެހިފައެވެ. މީގެ ތެރޭގައި  "ދަ އިލޫމިނަޓީ"  "ބިލްޑަރ ބާޖަސް" "ކައުންސިލް ފޯރ ފޮރިން ރިލޭޝަންސް" "ޓްރީލިޓެރަލް ކަމިޝަންސް" "ސީ އައި އޭ" "އެފް ބީ އައި"   "އެން އެސް އޭ" "އެސް އާރް އޯ" ހިމެނެއެވެ.

1960 ގެ އަހަރުތަކުގެ ތެރޭގައި އުފެދުނު (ސްކަލް އެން ބޯން) މި ސިއްރު ޖަމާޢަތަކީ ތި ހުރިހާ ބޭފުޅުންނަށްވެސް އޭގެ ޚަބަރު އެނގިވަޑައިގެންވާނެ ޖަމާޢަތެކެވެ. އެމެރިކާގެ ބޮޑެތި ވެރިންނާއި ޔޫރަޕްގެ ބައެއް ވެރިން ހިމެނޭ މި ޖަމާޢަތުގައި ޖޯޖް ޑަބްލިޔު ބުޝްއާއި އޭނާގެ ބައްޕަ ބުޝްވެސް ހިމެނެއެވެ.

އެމެރީކާގެ ޔޭލް ޔުނިވަސިޓީގެ ކޭމްޕަސް ގެ ވަކި ހިސާބެއްގައި އާދައިގެ މީހުންނަށް ނުވަދެވޭ ސަރަޙައްދެއް އޮވެއެވެ. މިތަނުގައި  ވަރަށް ބޮޑު ބުދެއް ޝައިޠާނެއްގެ ސިފައިގާ ހަދާފަހުރެއެވެ. މިތަނުގާ ހަނދު މަހުގެ ވަކި ރެއެއްގާ މިހާރުވެސް އެ ބުދުގެ ވަށައިގެން އުއްބައްތި ތަކެއް ރޯކޮށް ބަރަހަނާ ޙާލުގާ އެންމެން އެތަނަށް އެއްވެ ތިބެ އެއްޗިހި ތަކެއް ކިޔުމަށް ފަހު ބަރަހަނާ ޙާލުގާ އަތްފައި ބަނދެ އަނގަ ބަނދު ކޮށްފާ ވާ އިންސާނަކު ހަތަރު މީހަކު ވެގެން ދަމާގެނެސް އޭގެ ކައިރީ ބާއްވާ ކަތިލާފަ އެ ބުދަށް ޤުރްބާން ކުރެއެވެ. މި ޔޭލް ޔުނިވަރސިޓީ އަކީ އެމެރިކާގެ އިސްވެރިއެއްގެ ހުއްދަލިބިގެން ނޫނީ އެތަނަށް ތަޢުލީމް އުނގެނެން ޚުދު އެމެރިކާގެ ރައްޔިތުންނަށްވެސް ވަދެވޭ ތަނެއް ނޫނެވެ.

މި މީހުން ދުނިޔެއަށް ފަތުރަން މަސައްކަތް ކުރާ ނިޒާމު ބިނާވެގެންވަނީ ފިރިހެނުންނާއި ފިރިހެނުން ކައިވެނިކުރުން ހުއްދަ ކުރުވުމާއި ފިރިހެނުންގެ ފިރިހެންވަންތަ ކަމާއި އިންސާނީ ވަންތަކަން ނެތިކޮށްލުމަށް ފަހު ޝައިޠާނުން ދުނިޔޭގެމައްޗަށް ވެރިވެ "ވަން ވޯލްޑް އޯޑަރ" މުޅި ދުނިޔެއަށް ތަންފީޒްކުރުމެވެ.

މިއަހަރު 2011 ގެ ޖޫން މަހު  އ.ދ. މަޖްލިސް އިން ވަނީ 23 ގައުމެއް، 19 ގައުމެއްގެ މައްޗަށް އަޣުލަބިއްޔަތު ހޯދައިގެން ފިރިހެނުންނާއި ފިރިހެނުންނާ ކައިވެނިކުރުމުގެ ޙައްޤު އެއީ އިންސާނީ ޙައްޤެއްކަމުގައި ފާސްކޮށްފައެވެ. މިއީ މި ނިޒާމް ހަލުވިކަމާއެކު މީސްތަކުންނަށް ވާނުވާ ނޭނގި ތިއްބައި ފެތުރެމުންދާ ކަމުގެ ހެތްކެކެވެ. މާތް ކަލާންގެ ރަޙަމަތްފުޅުން ކޮންމެސް ކަމެއް ވެގެން މެނުވީ މި ނިޒާމް ހުއްޓުވޭނެ އެއްވެސް ގޮތެއް ފެންނާކަށްނެތެވެ.

އެންމެ ފަހުން ސްވިޓްޒަލޭންޑްގާ މި އަހަރު 2011 ވަނަ މެއި މަހު ވަރަށް ސިއްރުން ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އިލެކްޓްރޯނިކް އާލަތްތަކަށް ވެސް ނާރާކަހަލަ ވަސީލަތްތައް މެދުވެރިކޮށްގެން މިވެރިން ބޭއްވި ސިއްރު ބައްދަލުވުން ވަނީ ލީކްވެފައެވެ.  މިވެރިން ރާވައި ހިންގަމުން ގެންދާ ކަންތައްތަކުގެ ތެރެއިން މަދު ކަމެއް މި ލީކްވި ޚަބަރުން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ . ތިރީގައި މިވާ ލިންކުން  ނެޓަށް ވަދެ ވަޑައިގެން  ސާޗް ކޮށްލައްވާށެވެ.
 http://www.rumormillnews.com/cgi-bin/forum.cgi?read=209029

ޝައިޠާނުންނަށް އިންސާނުންނާ ކުޅެން އެންމެ ފަސޭހަވަނީ އެކަނިވެރިކަމުގެ އިޙްސާސް ކުރެވޭ ވަގުތުގައެވެ. މިޒަމާނުގެ ސައިންޓިފިކް ބަހުން ދަންނަވާ ނަމަ މިވެރިން މިކަން ދެނެގަންނަނީ (ރިޒޮނެންސް ޓިއުނިން) އޭ ކިޔާ ޓެކްނިކް އެކެއް ބޭނުން ކޮއްގެންނެވެ . އަޅުގަނޑުމެންގެ ހަށިގަނޑަކީ ހިތް ޖަހާ ކޮންމެ ހިތުވިންދަކާއެކު އަޅުގަނޑުމެންނަށް ހަށިގަނޑަށް އިޙްސާސް ނުވިޔަސް ފެން ގަނޑަކަށް ގާ ކޮޅެއް އެއްލުމާއެކު ބާނި އުފެދޭހެން ބާނި އުފެދިގެންދާ  އެއްޗެކެވެ.

 އެހެންކަމުން  ހަމަ މި ގޮތަށް ޝައިތޯނުން އެމީހުން ނުފެނިތިބެ ފޮނުވާ ބާނި އައިސް އަޅުގަނޑުމެންގެ ހަށިގަނޑުން އުފެދޭ ބާނީގެ ތެރެއަށް ވަދެ އަޅުގަނޑުމެންގެ ހިތުގާ ޖަހާ ވިންދާ އެ މީހުން ފޮނުވާ ބާންޏާ ގުޅުވައިލައެވެ.

 ދެ ބާނި އެއް ފްރީކުއެންސީއަކަށް ދިމާވެ މިގޮތަށް ގުޅުވާލުމުން އަޅުގަނޑުމެންގެ އިޙްސާސްތަކާ މިވެރިންނަށް ކުޅެވެއެވެ.  

ވުމާއެކު އިންސާނުން އެކަނިވެރިވެ ހިތާމަވެރިވެފާ ހުންނަ ހުރުމުން މި ބާނިތަކުން ޝައިތޯނާ އެކަން ދެނެގަނެ އަވަސް އަވަހަށް ރިސޮނެންސް ޓިއުނިން ބޭނުން ކޮއްގެން އިންސާނާ އަތުލައިގަނެ އިންސާނާ ހަށިގަނޑުގެ ތަބީޢީ ނިޒާމްގެ މައްޗަށް ވެރިވެގަނެއެވެ.

މަޔަކު އޭނާގެ ތުއްތު ދަރިފުޅުގެ ފުރަތަމަ ފިޔަވަޅު ބިމުގާ އަޅާނެ ދުވަހަކަށް އިންތިޒާރް ކޮށް ކޮށް ހުންނަ ފަދައިން ، ޝައިތޯނާ އިންސާނާ މާޔޫސްވާނެ ދުވަހަކަށް އިންތިޒާރް ކޮށްކޮށް ހުރެއެވެ.

މަލާއިކަތް ބޭކަލުން އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގަންނަވާނެ ވާހަކައިން އުފާވެރި ޚަބަރު ދެއްވި ބަސް ފުޅު ނިކަން ބައްލަވާށެވެ.

 قَالُواْ بَشَّرْنَاكَ بِالْحَقِّ فَلاَ تَكُن مِّنَ الْقَانِطِينَ  (الحجر 55 )  
"އެ މެހުމާނުން ދެންނެވޫއެވެ. ތިމަންމެން ކަލޭގެފާނަށް އުފާވެރިކަމުގެ خبر މިދިނީ، حق ތެދުބަހުންނެވެ. ފަހެ، އުންމީދުކަނޑައިލާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ"!

قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلاَّ الضَّآلُّونَ (الحجر 56 )  
"އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ رحمة އާމެދު، އުންމީދުކަނޑައިލާނީ ފަހެ، ކާކުހެއްޔެވެ؟"
-------------
(ނުނިމޭ)

މި ލިޔުން:
    ފޮނުވުން:    އަލްފާޟިލް އިސްމާޢީލް މުބާރަކް
    އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ