އަދުގެ ޚާއްސަ

Print

ރޯދަމަހާމެދު ކުރެވޭ މަތިވެރި އުއްމީދު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ރަޙުމަތާ ބަރަކާތް އޮހޭ މޫސުމް މިއަދު ކުރިމަތިވަނީ
      އަހުލުނަށް ގިނަގުނަ ޘަވާބުން ކުރިމަގޭ ރޯޝަންވަނީ
             ވަހުމުތައް ދޫކޮށް  ޞިރާޠުލްމުސްތަޤީމަށް  ވަންނަނީ

ހެޔޮ ޢަމަލުތައް ގިނަކުރުން އޭ އޮތް ތިބާއަށް ފުރުޞަތެއް
      ހެޔޮ ކަމާ ގިނަ ދަރުމައިން މަންފާ ލިބޭނޭ މޮޅު ގޮތެއް
             ހެޔޮ ބަހެއް ނޫނީ ނުބުނެ ހުރުމޭ އަބަދު ލާޒިމު ވަނީ

ފަސްވަގުތު ހަމަޔަށް އަދާކޮށް މުޅި ދުވާލުގެ ވަގުތުގައި-
                      ގަސްތުގައި ނިޔަތާ އެކީގައި ރޯދަޔަށް ހުރެ އެގޮތުގައި
                                       މަޞްލަޙަތު އިސްކޮށް މި މައްސަރު ހޭދަކުރުމޭ އޮންނަނީ

ރަޙުމަތުގެ ފުރަތަމަ ދިހައިގައި ލިބުނު އަޖުރާ ހެޔޮ ސަވާބު
                      އަޚުތަކުންނަށް ބަސްތަކުން ހެޔޮ ވިސްނުމަށް ގެނުވައި "ޖަވާބު"
                                     "ފަހު ދުވަސް" އަންނާނެކަން ދަނެގެން މިކަން ބޭނުން ވަނީ

ރުއްސެވުންވޭ މެދު ދިހައިގައި ރޯދަވެރިޔާ އަށްޓަކައި،
                      ފުއްސެވުން ދީލަތި އިލާހީ ދެއްވަޔޭ އަބަދަށް ޓަކައި
                                      ހުސްވުމެއް ޙައްދެއް ނުވާ ފަދަ މިންވަރަށް ދެއްވުން ވަނީ

ފަހު ދިހައިގައި އޮންނަނީ މަޣުފިރަތު އެދިގެން ދެންނެވުން
                       ފަހު ދުވަހު ބަރުވާނެހެން ތިލަފަތް "ކުނިން" ޠާހިރުވެލުން
                                       ރަޙުމަތޭ މުޅި ރޯދަމަހު މި ގޮތަށް  އުޅޭ ނަމަ  ދެއްވަނީ

މަރު އަމާންކޮށްދެއްވަވައިތޯ، ފާފަތައް ވެސް ފުއްސަވައި
                       ހަރުދަނާ އީމާންކަމާ އެކު މާތް އިލާހަށް ދަންނަވައި،
                                       ދަރުމައަށް އެދި ދިންނެވުން އެދި އަތްތަކޭ  އުފުލައިލަނީ!
                              ----------------------
                                   (ނިމުނީ)

މި ޅެން:
    ފޮނުވުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ